Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ޖަޕާން

ޖަޕާނުގެ ޑިޕްލޮމެޓުންނަށް މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތު ޗައިނާގެ ނޫހެއްގެ ކުރީގެ އެޑިޓަރެއްގެ މައްޗަށް

ޖަޕާން ސަރުކާރަށް ޖާސޫސުކޮށްދޭ ކަމަށް ތުހުމަތުކޮށް، އެގައުމުގައި ހުރި ޖަޕާންގެ ފަރމަސޫޓިކަލް ކުންފުންޏެއްގެ މުވައްޒަފަކުވެސް ޗައިނާއިން ވަނީ ހައްޔަރުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 އެޕްރީލު 2023 | ހޮނިހިރު 12:05
ޖަޕާނުގެ ޑިޕްލޮމެޓުންނަށް މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތު ޗައިނާގެ ނޫހެއްގެ ކުރީގެ އެޑިޓަރެއްގެ މައްޗަށް

ޖަޕާނުގެ ޑިޕްލޮމެޓުންނަށް މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތު ޗައިނާގެ ނޫހެއްގެ ކުރީގެ އެޑިޓަރެއްގެ މައްޗަށް

ޖަޕާންގެ ޑިޕްލޮމެޓުން ތަކަކަށް ޗައިނާގެ މައުލޫމާތުތަކެއް ހިއްސާކުރިކަމުގެ ތުހުމަތު އެގައުމުގެ މަޝްހޫރު ނޫހެއްގެ ކުރީގެ އެޑިޓަރެއްގެ މައްޗަށް ކޮށްފިއެވެ.

އުމުރުން 61 އަހަރުގެ ޑޮންގް ޔުޔޫ އަކީ ގުއަންގމިން ޑެއިލީ ނޫހުގެ އެޑިޓޯރިއަލް ޑިޕަރޓްމަންޓްގެ ޑެޕއިޓީ ހެޑްއެވެ. އޭނާ ވަނީ ޗައިނާގައި ހަރަކާތްތެރިވަމުންދިޔަ ޖަޕާންގެ ޑިޕްލޮމެޓުންނަށް އެގައުމުގެ މައުލޫމާތުތައް ހިއްސާކޮށްފައިކަމަށް ޗައިނާގެ މީޑިއާތަކުުން ރިޕޯޓުކުރެއެވެ.

އެގޮތުން، ޗައިނާގައި ހުންނަ ޖަޕާން އެމްބަސީގެ އޮފިޝަލަކާ މިއަހަރުގެ ފެބްރުއަރީ މަހު ބައްދަލުކުރެއްވުމަށްފަހު، އޭނާ ފިލާފައިވާ ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފެބްރުއަރީ 21 ވަނަ ދުވަހު، ޑޮންގް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޑޮންގް ބައްދަލުކުރި ޑިޕްލޮމެޓްވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޑޮންގް ޔުޔޫގެ މައްޗަށް މިކަމުގެ ދައުވާ ކޮށްފައިވަނީ މަރޗް މަހުއެވެ.

ޗައިނާއިން ދަނީ އެގައުމުގެ ސިއްރު މައުލޫމާތުތައް ޖަޕާނާ ހިއްސާކުރާ ކަމުގެ ތުހުމަތު ކުރެވޭ ހުރިހާ އެންމެނަށް އަދަބު ދެމުންނެވެ.

ޖަޕާނާ ޗައިނާ އާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި، ޖަޕާން ސަރުކާރަށް ޖާސޫސުކޮށްދޭ ކަމަށް ތުހުމަތުކޮށް، އެގައުމުގައި ހުރި ޖަޕާންގެ ފަރމަސޫޓިކަލް ކުންފުންޏެއްގެ މުވައްޒަފަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ

06 އޮކްޓޯބަރު 2017
ޖަޕާނުގެ އިރުމައްޗަށް 6.3 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ
25 ސެޕްޓެމްބަރު 2017

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި

25 ސެޕްޓެމްބަރު 2017
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު