Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަޝްމީރުގެ ބްލަޑްމޭން

ކަޝްމީރުގެ "ބްލަޑް މޭން"، 42 އަހަރު ތެރޭގައި 182 ޕައިންޓް ލޭ ހަދިޔާކޮށްފައިވޭ

29 އެޕްރީލު 2023 | ހޮނިހިރު 09:39

މިހާ ގިނައިން ލޭ ހަދިޔާކޮށްފައި ވީނަމަވެސް އޭނާއަށް އަދިވެސް ސަރުކާރުގެ އެވޯޑެއް ލިބިފައެއްނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 އެޕްރީލު 2023 | ހޮނިހިރު 09:39
ކަޝްމީރު

ކަޝްމީރު

ކަޝްމީރަކީ އެތަނަކުން މީހުން ހައިރާންކޮށްލުވައި، އަދި ހިތްވަރު ލިބޭފަދަ ތަފާތު ވާހަކަތައް އަޑުއިވޭ ތަނެއްގެގޮތުގައި އޮންނަނީ މަޝްހޫރުވެފައެވެ. މިފަދަ އެއް ވާހަކައަކީ، ލޭ ހަދިޔާކުރުމުގައި ގިނަ އަހަރުތަކެއް ވަންދެން ދެމިހުރި ޝަބީރު ހުސައިން ޚާންގެ ވާހަކައެވެ. އޭނާ ވަނީ 42 އަހަރު ތެރޭގައި 182 ޕައިޓް ލޭ ހަދިޔާކޮށް، ކަޝްމީރު ވެލީއޭ ކިއުނު ސަރަހައްދުގައި އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކޮށްދީފައެވެ.

ޝަބީރު ހުސައިން ޚާންގެ ވާހަކަ ފެށެނީ 1980 ވަނަ އަހަރު ޖަންމޫ އެންޑް ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި އޭނާގެ ރަހުމަތްތެރިއަކަށް އެކްސިޑެންޓެއް ދިމާވެ، އޭނާއަށް ލޭ ދޭން ހޮސްޕިޓަލަށް ދިޔަ ހިސާބުންނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް މިވީ ސާޅީހަކަށް އަހަރުތެރޭގައި އޭނާ ވަނީ 182 ޕައިންޓް ލޭ ހަދިޔާކޮށްފައެވެ. އޭނާ އަމިއްލަ ގައިން ލޭ ދީފައި ހުއްޓާލީއެއް ނޫނެވެ. ލޭ ދިނުމުގެ އިތުރުން އޭނާވަނީ އެތައް ސަތޭކަ ބްލަޑް ޑޮނޭޝަން ކޭމްޕްތައްވެސް އިންތިޒާމްކޮށްފައެވެ. މިގޮތުން އޭނާ ވަނީ 1200އެއްހާ ބްލަޑް ޑޮނޭޝަން ކޭމްޕް އިންތިޒާމްކޮށްފައެވެ.

ޝަބީރު ބުނިގޮތުގައި މީގެ 43 އަހަރު ކުރިން އޭނާގެ ރަހުމަތްތެރިޔާއަށް ލޭދިނުމަށް ސްރީނަގަރު މެޑިކަލް ހޮސްޕިޓަލްލަށް ދިޔަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އޭނާ އަންނަނީ ލޭ ހަދިޔާކުރަމުންނެވެ. އޭނާ ބުނިގޮތުގައި ލޭ ހަދިޔާކުރުމަކީ އޭނާގެ ހިތަށް ޚާއްސަ ހަމަޖެހުމެއް ލިއްބައިދޭ ކަމަށް ވިއެވެ. އޭނާއަކީވެސް ފަގީރު އާއިލާއަކަށް ނިސްބަތްވީ މީހެއްކަމަށާއި އޭނާފަދަ ފަގީރު ނިކަމެތިން ހޮސްޕިޓަލްތަކުގައި ލޭ ނުލިބިގެން އުޅޭ ހާލު ފެނި ހިތަށް ވަރަށް އަސަރު ކުރަން ފެށިކަމަށް އޭނާބުންޏެވެ. އަދި އެވަގުތު ކުރަން އެންމެ މުނާސަބު ކަމަކަށް ފެނުނީ އަމިއްލައަށް ލޭ ހަދިޔާކުރަން ފެށުންކަމަށް ބުނެފައިވެއެވެ. އިސްލާމް ދީންވެސް ބާރުއަޅަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުން ކަމަށް ވާތީ، އެކަން އެގޮތަށް ކުރަންފެށީ ކަމަށް ޝަބީރު އޭނާ ބުނެފައިވެއެވެ.

އޭނާގެ ޚިދުމަތް ބަލައިގަނެ، ސަރުކާރުން ދޭ އެވޯޑެއް އަދި އޭނާއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އަމިއްލަ އެތައް ފަރާތަކުން ވަނީ އެތައް އެވޯޑްތަކެއް ދީފައެވެ. އަދި އޭނާއަކީ ޔޫނިއަން ޓެރިޓަރީގަ ހުރި، އެންމެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކޮށްދިން މީހާގެ ލަގަބްވެސް ވަނީ ދީފައެވެ. އޭނާ ބުނިގޮތުގައި އޭނާ މިކަން ކުރަމުންދަނީ ހަމައެކަނި ﷲގެ ހަޒުރަތުން ދަރުމައަށް އެދިގެންނެވެ. އޭނާއަށް ވަރަށް ގިނަ ބައެއްގެ ހެޔޮ ދުއާލިބޭ ކަމަށާއި ލޭދޭ އެންމެންވެސް އޭނާއަށް ހެޔޮ ދުއާ ކުރާކަމަށް ބުނެފައިވެއެވެ.

ލޭ ދިނުމުގެ މުހިންމުކަމާއި އެކަމުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދެވޭނެކަން ބުނެދީ، އަންގައިދިނުމަކީ މިހާރު އޭނާ ދާއިމީގޮތެއްގައި ކުރަމުންދާ މަސައްކަތެކެވެ. އަދި ޒުވާނުން މިކަމުގެ ތެރެޔަށް ވައްދައި، ލޭ ބޭނުންވެފައިވާ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންވެސް ހަރަކާތްތަކެއް ހިންގާފައިވެއެވެ. ޝަބީރުގެ މިއަދުގެ އެދުމަކީ އޭނާކުރާ މަސައްކަތް ބަލައިގަނެ އިންޑިޔާ ސަރުކާރުން އޭނާއަށް ކޮންމެވެސް އެވޯޑެއް ދިނުމެވެ. އޭނާ ބުނިގޮތުގައި އެފަދަ އެވޯޑްތަކަށް އޭނާގެ ނަން 10 ފަހަރު ފޮނުވައިގެންވެސް އަދިވެސް އެކަން ވާގޮތެއް ނުވެއެވެ.

ސަރުކާރުގެ އެވޯޑެއް ނުލިބުނުނަމަވެސް، ބަދަލުގައި އެއްވެސް އެއްޗެއް ލިބުމުގެ އުންމީދަކާނުލައި ޝަބީރު ހުރީ، އޭނާ ދިރިހުރިހައި ދުވަހަކު ލޭހަދިޔާ ކުރަމުން ގެންދާގޮތަށެވެ.   

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް