Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބޮކުމްއާ އެއްވަރުވެ ލީޑު ނަގަން ލިބުނު ފުރުސަތު ޑޯޓްމަންޑުން ނަގާލައިފި

މެޗު އެއްވަރުވުމުން ޑޯޓްމަންޑު އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2023 | ހޮނިހިރު 06:43
ޑޯޓްމަންޑު އަދި ބޮކުމް ކުޅުނު މެޗުގެ ތެރެއިން

ޑޯޓްމަންޑު އަދި ބޮކުމް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބޮކުމްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަނައިގައި ލީޑު ނެގުމަށް ލިބުނު ފުރުސަތު ބޮރޫޝިއާ ޑޯޓްމަންޑުން ނަގާލައިފި އެވެ.

ބޮކުމްގެ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ނިކުތްއިރު އެއް ވަނައިގައި ޑޯޓްމަންޑު އޮތީ ޕޮއިންޓެއްގެ ލީޑަކާ އެކު އެވެ. ނަމަވެސް އެ މެޗުން މޮޅުވެ ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ޑޯޓްމަންޑުން ވަނީ ނަގާލައިފަ އެވެ. އެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. އެއާއެކު ލީގުގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅޭ މެެޗުން މޮޅުވެ، އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް އޮންނާނެ އެވެ.

ބޮކުމްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ޑޯޓްމަންޑުގެ އޭރިޔާ ބޭރުން އެންތޮނީ ލޮސިލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެއާއެކު ޑޯޓްމަންޑުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ އޭގެ ދެ މިނެޓު ފަހުންނެވެ. ސަބަސްޓިއެން ހާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިރިތިރިން ބޯޅަ ގޯލަށް ވައްދާލައިގެން ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރިމް އަޑަޔޭމީ އެވެ. މެޗުގައި ޑޯޓްމަންޑަށް ވަނީ ލީޑު ނެގުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.

މެޗު އެއްވަރުވުމުން ޑޯޓްމަންޑު އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ ކުޅުނު 30 މެޗުން 61 ޕޮއިންޓާއެކު އެވެ. ޑޯޓްމަންޑަށް ވުރެ މެޗެއް މަދުން ކުޅެގެން ދެ ވަނައިގައި ބަޔާން އޮތީ 59 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު