Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންވަކިކުރުމުގެ މައްސަލަ

"މޮރިޝަސް އަށް ކާމިޔާބުވިނަމަ ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދެއް ގެއްލުމުގެ ފުރުސަތު އޮންނާނެ"

ކަންބޮޑުވީ މޮރިޝަސްއަށް އެ ދައުވާ "އެޓްރެކްޓިވް" ގޮތެއްގައި ހުށަހަޅަން ކާމިޔާބު ކުރެވިފައިވާތީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2023 | ހުކުރު 16:44
އިޓްލޮސްގައި ކުރިއަށްދިޔަ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއަށް ވަނީ ކާމިޔާބު ލިބިފައި

އިޓްލޮސްގައި ކުރިއަށްދިޔަ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއަށް ވަނީ ކާމިޔާބު ލިބިފައި

އުތުރު ޗަގޯސް އާކިޕެލަގޯ ރީޖަންގެ 200 ނޯޓިކަލް މޭލުން ބޭރުގައި ކޮންޓިނެންޓަލް ޝެލްފް އަށް މޮރިޝަސް އަށް ހައްގު ލިބިގެން މޮރިޝަސް އަށް މައްސަލަ ކާމިޔާބު ކުރެވުނު ނަމަ ވަރަށް ބޮޑު ސަރަހައްދެއް ރާއްޖެއިން ނަގައި މޮރިޝަސް އަށް ދިނުމުގެ ފުރުސަތު އޮތް ކަމަށް ރާއްޖޭގެ ލީޑް ކައުންސެލް އޮން ދަ ޑެލިމިޓޭޝަން ޕްރޮފެސަރ ޕަޔަމް އަޚަވަން ވިދާޅުވެއްޖެއެވެ.

އިންޑިއާ ކަނޑުގައި މޮރިޝަސް އާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭ މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހުކުރު ދުވަހު ވަނީ ހުކުމްކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ ކަނޑު (މޮރިޝަސް ވ ދިވެހިރާއްޖެ) މައްސަލައިގައި ރާއްޖޭގެ ލީޑް ކައުންސެލް އޮން ދަ ޑެލިމިޓޭޝަން އޮފް ދަ މެރިޓައިމް ބައުންޑަރީ ޕްރޮފެސަރު ޕަޔަމް އަޚަވާން އާއި ޕްރޮފެސަރު ޖީން މާކް ތޯވެނިން ވަނީ މި މައްސަލައާ ގުޅިގެން މީޑިއާއާ ވާހަކަ ދައްކަވާފައެވެ.

އުތުރު ޗަގޯސް އާކިޕެލަގޯ ރީޖަންގެ 200 ނޯޓިކަލް މޭލުން ބޭރުގައި މޮރިޝަސް އަށް ކޮންޓިނެންޓަލް ޝެލްފް އަށް ހައްގު ދިނުމުގެ މައްސަލަ މޮރިޝަސް އިން ކާމިޔާބު ކުރިނަމަ ރާއްޖެއަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯ ރާއްޖެޓީވީން ކުރި ސުވާލުގެ ޖަވާބުގައި ޕްރޮފެސަރު ޕަޔަމް ވިދާޅުވީ އެއީ އެމީހުންގެ "އެންމެ ބޮޑު" ކަންބޮޑުވުން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އެ ނިންމުމަކީ މޮރިޝަސްގެ ފައިދާއަށް ނިންމި ނިންމުމެއް ނަމަ މޮރިޝަސްއަށް 11000 އަކަކިލޯމީޓަރުގެ ޕޮޓެންޝަލް ކްލޭމްއެއް ރާއްޖެއަށް ގެއްލުންވާނެ ކަމަށާއި އޭގެ މާނައަކީ ރާއްޖެއަށް ވަރަށް ބޮޑު ސަރަހައްދެއް ގެއްލިގެންދާނެ ކަމަށެވެ.

ޕްރޮފެސަރު ވިދާޅުވީ ނަސީބަކުން އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން އިއްތިފާގުން ނިންމީ މޮރިޝަސްގެ ދައުވާގެ އެއްވެސް އަސާސެއް ފަންނީ ނުވަތަ ސައިންޓިފިކް ހެކިތަކެއް ނެތް ކަމަށާއި ޗެމްބަރުގެ ބަހުން ބުނާނަމަ "މޮރިޝަސްގެ އެފަދަ ހައްގެއް އޮތްތޯ ބޮޑު ޔަގީންކަމެއް ނެތް" ކަމަށެވެ.

ޕްރޮފެސަރު އިތުރަށް ވިދާޅުވީ، މޮރިޝަސް އިން ހުށަހެޅި ދައުވާއާއި ހިލާފަށް، ރާއްޖެއާ ގުޅޭގޮތުން ކަނޑުގެ ބިންގަލާއި، ސިފަތަކާއި، ބޭރު ޝެލްފް ކައިރިވެފައި ހުރުމަށް ބަލާއިރު، ރާއްޖޭގެ ހައްގުގައި އެކަންކަން ނުހިނގާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރު ތޯވެނިން ވިދާޅުވީ އެކަމާ ގުޅިގެން އެމީހުން އެހާ ކަންބޮޑުވަނީ 200 ނޯޓިކަލް މޭލުން ބޭރުގެ ހައްގެއް ހޯދުމަށް މޮރިޝަސްއިން ދައުވާކޮށް، އެ ލިމިޓޭޝަނަށް ދައުވާ "އެޓްރެކްޓިވް" ގޮތެއްގެ ގޮތުގައި ހުށަހަޅަން ކާމިޔާބު ވުމުން ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެމީހުން އެކަން ސިފަކުރުމަށް ގެންނަން މަސައްކަތް ކުރީ، ބޭރު ބައްރާ ގުޅޭ ދައުވާތަކުގެ ކޮންމެވެސް ވަރަކަށް ހަމަހަމަ ހިއްސާއެއް ކުރަންވީ ވަގުތު ޖެހިއްޖެ ކަމުގެ ޚިޔާލު ހޯދުމަށެވެ.

ޕްރޮފެސަރު އިތުރަށް ވިދާޅުވީ އެމީހުން "ފުދޭވަރަކަށް" ރަނގަޅު މަސައްކަތެއް ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއީ "ބޮޑު" ކާމިޔާބީއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މޮރިޝަސްއަށް ކާމިޔާބުވި ނަމަ އެމީހުން ހޯދާ ބައިގެ ގޮތުން ރާއްޖެއަށް ލިބޭނީ ކިހާވަރެއްކަމެއްވެސް ނޭނގޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު