Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު

ދޮގު ޚަބަރު ފަތުރައިގެން މަސީހުގެ އިތުބާރުގެ މައްސަލައިން ރައީސް ޔާމީނަށް ރެކިވަޑައެއް ނުގެންނެވޭނެ: ރައީސް ނަޝީދު

ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ކުރިއަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 18:25
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ދޮގު ޚަބަރު ފަތުރައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައިން ރައީސް އަބްދުﷲ ޔާމީނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިން މެންބަރެއް އެ ޕާޓީން ވަކިވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮގު ޚަބަރު ފަތުރުގައިގެން މަސީހުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައިން ރައީސް ޔާމީނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެއްވެސް މެންބަރަކު އެ އިއްތިހާދާ ވަކިވެފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްކުގައި ބުނަނީ، ވައިކަަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގް އެމްޑީޕީގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށެވެ. ނަމަވެސް، އެ މެންބަރުން ވެސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ މިފަދަ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ ދައްކަވާނެ ވާހަކައެއް ނޭނގިގެން އުޅޭ ބައެއް ކަމަށާއި މިއީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޕީޕިީއެމްއިން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން މިދަނީ އެ މީހުން ބަލި ގަބޫލުކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަހްމަދު މަރުޒޫގު ވިދާޅުވީ އެއީ ބަޔަކު މީހުން ގޮތް ހުސްވެ ކުރާނެ ކަމެއް ނޭނގުމުން ފަތުރަމުންދާ ދޮގު ޚަބަރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ.

އިބްރާހިމް ނަސީރު ވެސް ވިދާޅުވީ ޕާޓީ ބަދަލުކުރި ކަމަށް ބުނެ އޭނާއާ ބެހޭ ގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާއަކީ އެއްވެސް ގޮތަކަށް ވިކޭނެ މީހެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނިކޮށް، 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހު ވަނީ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 11 މެންބަރަކު ހިމެނެއެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވައި، މިމަހުގެ 24 ވަނަ ދުވަހަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު