Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނިހޫނުމިނަށް ސަމާލުވުން

މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި

އާއްމު ދުވަހެއްގައިވެސް ޖަލުތައް ހޫނު ގަދަކަން ފާހަގަކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2023 | ބުރާސްފަތި 16:44
ޖަލުގެ އޮފިސަރަކު ޑިއުޓީގައި

ޖަލުގެ އޮފިސަރަކު ޑިއުޓީގައި

މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ސަބަބުން މިއަހަރު ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގެ ހޫނުމިން އެހެން އަހަރުތަކަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ހުޅުލެއާ ކ އަތޮޅުގެ ރަށްރަށުގެ ހޫނުމިން އިހުސާސްކުރެވޭ މިންވަރު 43 ޑިގްރީ ސެލްސިއަސްއާ ހަމައަށް ހުރިކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން އާއްމު ކުރަމުން ގެންދާ މައުލޫމާތުން ފާހަގަކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ހިންގާ، މީހުން ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ މީހުން އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުންނާއި އެ ކޮމިޝަނުގެ ފަރާތުން އެފަދަ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި، ގިނަ ފެސިލިޓީތަކުގައި އާއްމު ދުވަހެއްގައިވެސް ހޫނު ގަދަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ހުރިކަންވެސް ފާހަގަކުރެވިފައިވާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ މިވަގުތު ރާއްޖޭގެ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތްކޮށް، ކަރެކްޝަންސްގެ ބެލުމުގެދަށުން ހިންގާ ޖަލުތަކާއި ޖުވެއިނަލް ޑިޓެންޝަން ސެންޓަރާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރާއި، އަދި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރާއި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ޚާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މުއައްސަސާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ގޮޅިތައް އިތުރަށް ހޫނު ވިޔަ ނުދިނުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެޗްއާރްސީއެމުން އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު