Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

އިތުރު ވަގުތުގައި ޒުވާން ކުޅުންތެރިޔާ ޒައިން ޖެހި ލަނޑާއެކު އީގަލްސް ފައިނަލަށް

27 އެޕްރީލު 2023 | ބުރާސްފަތި 14:20

އީގަލްސް މޮޅުކޮށްދިން ލަނޑު ޒައިން ޖެހީ، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2023 | ބުރާސްފަތި 14:20
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި އީގަލްސްއާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި އީގަލްސްއާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިތުރު ވަގުތު ކުޅެގެން ބުރު ސްޕޯޓްސް ކުލަބް ބަލިކޮށް، ކުލަބް އީގަލްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1ންނެވެ. ގްރޫޕް ސްޓޭޖުގެ ދެ މެޗާ ޚިލާފަށް މި މެޗަށް އީގަލްސްއިން ނުކުތީ މުހިންމު ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) ފުރަތަމަ 11ގައި ހިމަނައިގެންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އީގަލްސްގެ އިވާން ކާލޮސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބުރުގެ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އަނެއްކޮޅުން، ބުރުގެ މުހައްމަދު ސާމިރު ފޮނުވާލި ބާރު ބޯޅައެއް އީގަލްސްގެ ގޯލް ކީޕަރު މުހައްމަދު ޝަފީއު ވަނީ މަތަކޮށްފައެވެ. މެޗުގައި އީގަލްސްއިން ލަނޑު ޖަހައި ކުރިހޯދީ 26 ވަނަ މިނެޓުގައެވެ. އެއީ އިވާން ކާލޮސް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، ރިޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެކުރިން ބުރުން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް، އީގަލްސްއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު އީގަލްސްގެ އިވާން ކޮލޮސް ބުރު ގޯލް ކުރި މައްޗަށް ހުރަސްކުރި ބޯޅައަށް ކުޅޭނެ ކުޅުންތެރިޔަކު ނުވެ ބޯޅަ ވަނީ ބޭކާރުވެފައެވެ. އޭގެ ފަހުން ބުރުގެ މުހައްމަދު ނާއިމަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައިީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އީގަލްސްގެ އިވާން ކާލޮސްއަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވީއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބުރުގެ މުހައްމަދު ތަޝްނީމް ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފައެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަތުން ޖަހައި ބޭރުކޮށްލީ އީގަލްސްގެ ކީޕަރު ޝަފީއުއެވެ. އޭގެ ފަހުން އީގަލްސްގެ އޭރިޔާ ތެރެއިން 80 ވަނަ މިނެޓުގައި ބުރުގެ އަހުމަދު ރަޝީދަށް ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ބުރަށް ނަތީޖާ ހަމަހަމަކޮށްދިނީ ތަޝްނީމްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އީގަލްސްގެ ރިޒޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ބުރުގެ ކީޕަރު ޝައިހާން އަލީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި، ޒުވާން ކުޅުންތެރިޔާ ޒައިން ޒަފަރު ވަނީ އީގަލްސްއަށް ލަނޑު ޖަހައިދީ ކުރި ހޯދައިދީފައެވެ. މެޗުގައި ޒައިން ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މުބާރާތުގެ ފައިނަލުން އީގަލްސް ޖާގަ ހޯދިއިރު، ފައިނަލްގައި ވާދަކުރާނެ އަަނެއް ޓީމު ޔަގީންވާނީ ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ކުޅޭ މެޗުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް