Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުލޫމާތު ހާމަކުރުން

އައިކޮމް އޮފީހުން ނިންމި ނިންމުމުގެ ލިޔެކިޔުންތައް އަދިވެސް ނުލިބޭ – ފޮރިން މިނިސްޓްރީ

27 އެޕްރީލު 2023 | ބުރާސްފަތި 11:41

މިނިސްޓްރީގެ މި ނިންމުމަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2023 | ބުރާސްފަތި 11:41
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ކޮވިޑްއިން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންކުރެއްވި އިގްތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ފަސް ދުވަހުގެތެރޭގައި ހާމަކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން، 25 އޭޕްރީލް ވީ އަންގާރަ ދުވަހު ބޭއްވުނު ހުޅުވާލެވިފައިވާ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް، މިމައްސަލައާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި މި ނިންމުމުގެ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒަށް ނުލިބޭކަމަށް އެމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ށްފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި ރައީސް ސާލިހު ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅުއްވާކަމަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، މިދިޔަ ޖަނަވަރީ މަހު އައްޑޫ ސިޓީގައި ބޭއްވުނު ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން، އެގައުމުތަކަކީ ކޮބައިކަމާއި އެގައުމުތަކުގެ ވެރިންގެ ނަންފުޅުތައް ހޯދުމަށް ”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އެދިފައިވެއެވެ.

Advertisement - newsAdvertisement

ނަމަވެސް އެމިނިސްޓްރީން ވަނީ އެ މައުލޫމާތަކީ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މައުލޫމާތެއް ކަމަށާއި، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963)ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ލިޔެކިޔުން ކަމުގައިވާތީ، ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އުސޫލުތަކާއި، ގާނޫނު ނަންބަރު 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު)ގެ 22 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކުރާއިރު، ހިއްސާކުރެވެން ނެތް މައުލޫމާތެއްކަން ނޫސްވެރިޔާ އަހުމަދު އަޒާންއަށް ލިޔުމުން އަންގަވާފައިއެވެ. އަދި މިނިސްޓްރީގެ މި ނިންމުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ފޮރިން އެފެއަރޒްގެ އޮފިޝަލް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 25 އޭޕްރީލް ވީ އަންގާރަ ދުވަހު ބޭއްވުނު ހުޅުވާލެވިފައިވާ ބައްދަލުވުމުގައި، ފޮރިން މިނިސްޓްރީއަށް މައުލޫމާތު ހާމަކުރުމަށް ދީފައިވާ މުހުލަތު 5 ދުވަހުގެ ތެރޭގައި ހަމަވާއިރު، މިއަދާ ހަމައަށްވެސް، އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ލިޔެކިޔުންތައް އެއޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައި ނުވާކަމަށް އެމިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

13 މެއި 2017
މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި
13 އެޕްރީލު 2017

ގާސިމްގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދަންޖެހޭ: ޝަމީމް

13 އެޕްރީލު 2017
ގާސިމްގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދަންޖެހޭ: ޝަމީމް
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
28 ފެބުރުއަރީ 2017

ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި

28 ފެބުރުއަރީ 2017
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް