Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ މަހު

27 އެޕްރީލު 2023 | ބުރާސްފަތި 10:42

ފިންޓެކްއާއި އޭއައިގެ އެހީގައި މާލީ ޚިދުމަތްތައް ތަރައްގީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2023 | ބުރާސްފަތި 10:42
މީގެ ކުރިން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން

މީގެ ކުރިން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން

ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންނަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ދިހަވަނަ އެޑިޝަން, އަންނަ މޭ މަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ މިއަހަރުގެ ފޯރަމްގެ ތީމަކީ "The Future of Finance: Exploring the Intersection of Fintech and AI" އެވެ. މިފޯރަމްގައި ފައިނޭންޝަލް ޓެކްނޮލޮޖީސް (ފިންޓެކް) އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި, އެއާ ގުޅިގެން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ފިންޓެކްއާއި އޭއައިގެ އެހީގައި މާލީ ޚިދުމަތްތައް ތަރައްގީކޮށް, ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ބަދަލުކޮށް މަޝްވަރާކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގައި ފިންޓެކް އަދި އޭއައިއާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ތަޖުރިބާ ހިއްސާކުރުމާއި އީޖާދުތައް ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ފައިނޭންސް ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން މާލީ ދާއިރާގެ އިސް ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ބައްދަލުވެ, ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމަށްޓަކައި ޕެންޝަން އޮފީހުން ކުރިޔަށްގެންދާ ފޯރަމެކެވެ. މިފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިތުރުން ބައިނަލްއަގްވާމީ މާލީ މަސްރަަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ޚާއްސަ ތީމްތަކަށް، ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތަކާއި ތީމާގުޅޭ ޚިދުމަތްތަކާއި ވަސީލަތްތައް ދައްކާލުންފަދަ ތަފާތު ބައިތައް އެކުލެވޭ ގޮތަށް ފަރުމާކޮށް އަހަރަކު އެއްފަހަަރު ކުރިޔަށް ގެންދާ ފޯރަމެކެވެ. ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ޚާއްސަކުރެވިގެން ފެށި މިފަދަ ފުރަތަމަ އަދި މެދުނުކެނޑި ކުރިޔަށްގެންދާތާ އެންމެ ދުވަސްވީ އެެއް ފޯރަމެވެ.

ޕެންޝަން އޮފީހުން މިފަދަ ފޯރަމެއް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގެ މަގުސަދަކީ، ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިޔަތުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، ޕެންޝަން ފަންޑް އެންމެ އެކަށޭނަ ގޮތުގައި ކުރިޔަށް ގެންދިއުމަށް ފަހި މާހުލެއް ގާއިމުކޮށް ވަސީލަތްތައް އިތުރުކުރުމާއި, ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް