Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ރަނގަޅު ޑިސިޕްލިނަކާއެކު ރަނގަޅު ގޭމަކަށް ތައްޔާރުވެއްޖެ ނަމަ، ނަތީޖާ ނެރެވޭނެ: އިންމަ

މާޒިޔާ މެޗުގައި ދަގަނޑޭ ބޭނުން ނުކުރާނެ، ސަބަބަކީ އެއްވެސް ކަހަލަ ރިސްކެއް ނަގަން ބޭނުން ނުވުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 02:28
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ރަނގަޅު ޑިސިޕްލިނަކާއެކު ރަނގަޅު ގޭމަކަށް ތައްޔާރުވެއްޖެ ނަމަ، ކޮންމެ ވެސް ނަތީޖާއެއް ނެރެވޭނެ ކަމަށް ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

އިންމަ މިހެން ބުނީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އިންމަ ބުނީ، ކޮންމެ ގޮތެއްވީ ނަމަވެސް މާޒިޔާ އަކީ ސަސް އަށް ވުރެ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް ފުޓުބޯޅައިގައި އޭނާ ޤަބޫލު ކުރާ ޤަބޫލު ކުރުމެއް އޮންނާނެ ކަމަށެވެ. އެއީ ރަނގަޅު ޑިސިޕްލިނަކާއެކު ރަނގަޅު ގޭމަކަށް ތައްޔާރުވެގެން ސަސް އިން ކުޅެފި ނަމަ، ކޮންމެ ވެސް ނަތީޖާއެއް ހާސިލްވުމުގެ ފުރުސަތު އޮތުން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިހާރު ކުރަން ޖެހޭނެ ސުވާލަކީ ސަސް އޮތީ އެ ހާލަަތށް ތައްޔާރުވެފައިތޯ ނުވަތަ ނޫންތޯ ކަމަށް އިންމަ ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން އިންމަ ބުނީ، އަބަދު ވެސް އެންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، އަނެއް ޓީމަށް ވެސް ކޮންމެ ވެސް ފުރުސަތުތަކެއް އޮންނާނެ ކަމަށެވެ. އެހެންކަމުން ސަސް ސެމީ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

ލީގުގައި މާޒިޔާ އިން އެންމެ ފަހުން ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި އޮތުމުން އެކަމުގެ ޕްރެޝަރު އެ ޓީމަށް އޮންނާނެ ކަމަށް ފެނޭތޯ ސުވާލު ކުރުމުން އިންމަ ބުނީ، މާޒިޔާ އަށް ޕްރެޝަރު އޮންނާނެ ކަމެއް ނުވަތަ ނޫން ކަމަށް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް އިންމަ ދިން ޔަޤީން ކަމަކީ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު، ސަސް އަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ ކަމުގެ ޔަޤީންކަމެވެ. އިންމަ ބުނީ ސަަސް އިން ދަނޑަށް އަރާނީ ރަނގަޅު ކުޅުމެއް ދައްކައި، ކުޅުންތެރިން ހިތްހަމަ ޖެހިގެން ދަނޑުން ފޭބުމުގެ މަޤުސަދުގައި ކަމަށެވެ. މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ނޮކްއައުޓް މެޗަކަށްވާތީ، މެޗުގައި ދައްކާ ރަނގަޅު ކުޅުމާއެކު ނަތީޖާ ނެރެން ވެސް ބޭނުންވާ ކަމަށް އިންމަ ބުންޏެވެ.

މީގެ އިތުރުން އިންމަ ބުނީ މާޒިޔާ އަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ތަރުތީބުން، ރަނގަޅު މެނޭޖުމަންޓަކާއެކު ހިންގަމުން އަންނަ ކުލަބެއް ކަމަށެވެ. އެގޮތުން މާޒިޔާގައި ތިބީ ވެސް ވަރަށް މޮޅެތި ކުޅުންތެރިން ކަމަށާއި، އެހެންކަމުން ކުލަބުގެ އުންމީދުތައް ވެސް ހުންނާނީ ވަރަށް މަތީގައި ކަމަށް އިންމަ ބުންޏެވެ. އޭނާ ބުނީ މާޒިޔާގެ ކޯޗުކަމުގައި ކޮންމެ މީހަކު ހުރި ނަމަވެސް ނަތީޖާ ނެރެން މަޖުބޫރު ވާނެ ކަމަށެވެ. ޚާއްސަކޮށް އެހާ ބޮޑު ހޭދައެއް ކުރަމުން އަންނައިރު، އެކަން އޮންނާނީ އެގޮތުގައި ކަމަށެވެ.

ސަސްގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ކުރިން މެޗުގައި ލިބުނު އަނިޔާއާ ގުޅޭ ގޮތުން އިންމަ ބުނީ، ދަގަނޑޭ އަދި ވެސް ހުރީ އަނިޔާގައި ކަމަށެވެ. އެހެންކަމުން މާޒިޔާ މެޗުގައި ދަގަނޑޭ ބޭނުން ނުކުރާނެ ކަމަށާއި، ސަބަބަކީ އެއްވެސް ކަހަލަ ރިސްކެއް ނަގަން ބޭނުން ނުވުން ކަމަށް ވެސް އޭނާ ބުންޏެވެ. އިންމަ ބުނީ އުންމީދު ކުރަނީ ޕްރެޒިޑެންޓްސް ކަޕަށްފަހު، ދިވެހި ލީގަށް ނިކުންނައިރު ދަގަނޑޭ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭ ވަރުވާނެ ކަމަށެވެ. އެހެންކަމުން ޓީމުގައި މިވަގުތު ދަގަނޑޭ ނެތުމަކީ ސަސް އަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް އަދި ގެއްލުމެއް ކަމަށެވެ. ނަމަވެސް ސަސްގައި ތިބި ޒުވާން ކުޅުންތެރިންނާމެދު އޭނާގެ އުންމީދު އޮތް ކަމަށާއި، އެ ކުޅުންތެރިން އަންނަނީ ދުވަހުން ދުވަހަށް ކަންކަން ރަނގަޅު ކުރަމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސަސް އިން މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު