Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮންލައިން ޓީޗިން ކޯސް

އޮންލައިންކޮށް ޓީޗިން ކޯސް ކުރިއަށްގެންދެވޭ ގޮތަށް ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަނީ

އެމްކިޔުއޭގެ ގަވާއިދަށް އަމަލު ކުރުން ފަސް ކުރުމަށް ވަނީ އަމުރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 09:20
ކޮލެޖު ދަރިވަރުންތަކެއް

ކޮލެޖު ދަރިވަރުންތަކެއް

ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފިއެވެ.

ހައިކޯޓުން މި އަމަރު ނެރެފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކޮލިފިކޭޝަން އޮތޯރިޓީން ހަދާފައިވާ ގައިޑްލައިނެއް ކަމަށް ބުނެ، އެ ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

މި ދައުވާގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ މަންދު ކޮލެޖުގެ ވަރޗުއަލް ކެމްޕަހަކީ ފޭސްޓުފޭސް ލަރނިން މޯޑަލިޓީގައި ޓީޗަރުން ތަމްރީން ކުރުމުގެ ކޯސްތަކުގައި އެންރޯލްކޮށް ކިޔަވައިދެމުން ގެންދިއުމަށް ހުރަސް ނޭޅުމަށް އެމްކިޔުއޭގެ މައްޗަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދޭން ވެސް ވަނީ އެދިފައެވެ.

މަންދު ކޮލެޖުން ދައުވާގައި ބުނެފައިވަނީ ގައިޑްލައިން ބާތިލް ނުކޮށްފިނަމަ ކުރިއަށް އޮތް އަހަރު އެ ކޮލެޖަށް ޓީޗަރ ޓްރެއިނިންއަށް ދަރިވަރުން އެންރޯލް ކުރުމަށް އިއުލާނުކޮށް، އެކަން ނުހިންގޭނެ ކަމަށެވެ. އަދި މީގެ ކުރިން އެމްކިޔުއޭއިން މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަހަކީ ފޭސް ޓު ފޭސްކޮށް ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެގޮތަށް ކިޔަވައިދިނުމުގެ ހުއްދަ ސިޓީއަކުން ދީފައިވާ ކަމަށާއި އެހެންވެ އެކަން މިހާރު ހުއްޓުވައިފި ނަމަ ކޮލެޖްގައި ކިޔަވައިދިނުން ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މަންދު ކޮލެޖްގެ ދަރިވަރުންގެ 40 އިންސައްތައަކީ ޓީޗިން ދާއިރާގެ ކޯސްތަކުގައި އުޅޭ ދަރިވަރުން ކަން ފާހަގަކޮށް މާލެ ހައި އިން ބުނެފައިވަނީ އީ-ލަރނިންގެ ތެރެއިން މި ކޯސްތަކަށް ގިނަ ދަރިވަރުން ނުލިބޭ ނަމަ ކޮލްޖްގެ އެންރޯލްމަންޓް ދަށްވެ، ވިޔަފާރީގައި ގެއްލުންވާނެ ކަމަށެވެ. އަދި ބާކީ 60 އިންސައްތަ ދަރިވަރުންގެ ކިޔެވުންވެސް ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާއެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި، އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު ގޮތަށް ވަަގުތީ އަމުރެއް ނެރެފައިވަނީ ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމްކިޔުއޭއިން ނެރުނު ގައިޑްލައިންގައިވާ ގޮތުން ޓީޗިންގެ އިތުރުން ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯސް، މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސްތަކާއި، ނާސިން ކޯހާއި، ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު ވިދާޅުވީ، އެމްކިއުއޭއިން އެ މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު