Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ

ޗެމްޕިއަންސް ލީގުގެ ފައިނަލް އެމެރިކާގައި ކުޅެފާނެކަމުގެ އިޝާރާތެއް

އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށް، ނަމަވެސް އެކަމުގެ ތެރެއަށް ވޯލްޑް ކަޕް ވަދޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 02:21
ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އެމެރިކާގައި ކުޅެފާނެ ކަމުގެ އިޝާރާތެއް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ ރައީސް އަލެކްސަންޑަ ޗެފެރިން ދެއްވައިފި އެވެ.

ޗެފެރިން މިހެން ވިދާޅުވީ އެމެރިކާގެ ނޫހަކަށް އޭނާ ދެއްކި އިންޓަވިޔުއެއްގަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ޔުއެފާގެ ކޮންމެ ވެސް ޙަރަކާތެއް އެމެރިކާގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ޗެފެރިން ފާހަގަ ކުރެއްވި ގޮތުގައި އެއީ ފުޓުބޯޅައިގެ މުސްތަޤުބަލަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލް އެމެރިކާގައި ކުޅުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ޗެފެރިން ވިދާޅުވީ، އެކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. މީގެ އިތުރުން އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، ނަމަވެސް އެކަމުގެ ތެރެއަށް ވޯލްޑް ކަޕް ވަންނަ ކަމަށެވެ. ޗެފެރިން ވިދާޅުވީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެވެނީ އިސްތަމްބޫލުގައި ކަމަށާއި، 2024 ގައި ކުޅެވޭނީ ލަންޑަނުގައި ކަމަށާއި، އަދި 2025 ގައި ކުޅެވޭނީ ޖަރުމަނުގައި ކަމަށެވެ. އެއަށްފަހު، 2026 ގައި ކުޅޭނެ ތަނެއް ކުރިއަށް އޮތް ތަނުގައި ކަނޑައެޅޭނެ ކަމަށާއި، ވާނެ ގޮތެއް ބަލަން ތިބުން މުހިންމު ކަމަށެވެ.

މީގެ އިތުރުން ޗެފެރިން ވިދާޅުވީ އޭނާ އަށް ފެންނަ ތަނުގައި، މިހާރު އެމެރިކާގައި ފުޓުބޯޅަ ވަރަށް މަޝްހޫރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާ އިން އޮތީ ފުޓުބޯޅައިގެ މުސްތަޤުބަލަށްޓަކައި ކޮންމެ ހޭދައެއް ވެސް ކުރަން ތައްޔާރަށް ކަމަށާއި، އެ ޤައުމުގައި ފުޓުބޯޅަ ކުރިއެރުވޭނެ ކަމަށެވެ. އެހެންކަމުން ޔޫރަޕުގެ ބާސްކެޓު ކުޅުންތެރިން އެންބީއޭ އަށް ލޯބި ކުރާ ބީދައިން، އެމެރިކާ އިން ޔޫރަޕުގެ ފުޓުބޯޅަ އަށް ލޯބި ކުރާނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ފުޓުބޯޅައިގެ ކަންކަން އަބަދު ވެސް ކުރަން ޖެހޭނީ މުސްތަޤުބަލަށް ވިސްނާފައި ކަމަށެވެ. ޗެފެރިން ފާހަގަ ކުރެއްވި ގޮތުގައި ފުޓުބޯޅަ ކުރިއެރުވުމަށް އެ ކުޅިވަރު ވިއްކަމުން ދާނީ އެންމެން ހަމަހަމަވާ އުސޫލެއްގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ފުޓުބޯޅަ އަށް ކުރާ މަސައްކަތުގައި ޔުއެފާގެ އެއްބާރުލުން އެންމެ ފުރިހަމަ އަށް ލިބޭނެ ކަމަށެވެ.

ޔުއެފާގެ ރައީސްކަމުގެ ތިން ވަނަ ދައުރަށް އިންތިޚާބުވެ، ޗެފެރިން ވަނީ މިހާތަނަށް ވެސް ފުޓުބޯޅައިގެ ކުރިމަގަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު