Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ކަސްޓެލާނޯސްގެ މޮޅު ކުޅުމާއެކު ޖިރޯނާ އިން ރެއާލް ލަދުގަންނަވާލައިފި

މެޗުގައި ޖިރޯނާގެ ހަތަރު ލަނޑު ވެސް ޖެހީ ކަސްޓެލާނޯސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 20:39
ރެއާލަށް ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ޖިރޯނާގެ ކަސްޓެލާނޯސް އުފާ ފާޅުކުރަނީ

ރެއާލަށް ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ޖިރޯނާގެ ކަސްޓެލާނޯސް އުފާ ފާޅުކުރަނީ

ވެލެންޓިން ކަސްޓެލާނޯސްގެ މޮޅު ކުޅުމާއެކު ޖިރޯނާ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ވަރަށް ބޮޑަށް ލަދުގަންނަވާލައިފި އެވެ.

ޖިރޯނާގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ޖިރޯނާގެ ހަތަރު ލަނޑު ވެސް ޖެހީ ކަސްޓެލާނޯސް އެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ މިހުއޭލް ގުޓިއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސްޓެލާނޯސް ޖެހި ލަނޑުންނެވެ. އޭގެ ބާރަ މިނެޓު ފަހުން ކަސްޓެލާނޯސް، ޖިރޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާނައު މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލަނޑު ޖަހައިދިނީ ވިނީޝިއަސް ޖޫނިއާ އެވެ. ދެ ވަނަ ހާފަށް ނުކުމެ ފުރަތަމަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ކަސްޓެލާނޯސް ޖެހީ ޔާން ކުޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ޖިރޯނާގެ ހަތަރު ވަނަ ލަނޑު ކަސްޓެލާނޯސް ޖެހީ 62 ވަނަ މިނެޓުގަ އެވެ. މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖެހީ ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. 

ޖިރޯނާއާ ދެކޮޅަށް ރެއާލުން ނުކުތީ މުހިންމު ބައެއް ކުޅުންތެރިން ނުހިމަނަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ކަރީމް ބެންޒެމާ، އެއް ވަނަ ގޯލް ކީޕަރު ތިބައޫ ކޯޓުއާ، ފާލަންޑް މެންޑީ، ޑޭވިޑް އަލަބާ އަދި އެޑެން ހަޒާޑް ހިމެނެ އެވެ. މީގެ ތެރެއިން ކެޕްޓަން ބެންޒެމާ އަށް ރެސްޓު ދީފައި ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް އުޅުމުގެ ސަބަބުންނެވެ. ޖިރޯނާ މެޗަށްވުރެ ރެއާލުން އިސްކަން ދެނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ޖިރޯނާ އަތުން ލިބުނު ބައްޔާއެކު، މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމާ ރެއާލުން ވަނީ ދުރަށް ޖެހިލައިފަ އެވެ. ކުޅުނު 31 މެޗުން ރެއާލަށް ލިބެނީ 65 ޕޮއިންޓެވެ. ރެއާލަށް ވުރެ މެޗެއް މަދުން ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އަށް ލިބެނީ 76 ޕޮއިންޓެވެ. ދެ ޓީމުގެ ދެމެދު 11 ޕޮއިންޓުގެ ފަރަގު އޮތްއިރު، މެޗުގެ އަދަދުން އެެއްވަރުކޮށްގެން އެ ފަރަގު 14 ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް މިހާރު އޮންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު