Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ކޮވިޑުގެ މަތިން ހަނދާން ނައްތާނުލާ، ކޭސްތައް ދަނީ ދުވަހަކަށްފަހު ދުވަހެއް އިތުރުވަމުން!

25 އެޕްރީލު 2023 | އަންގާރަ 02:42

މިދިޔަ ހަފުތާގައި ކޮވިޑު ޖެހިގެން ދެ މީހަކު މަރުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އެޕްރީލު 2023 | އަންގާރަ 02:42
ކޮވިޑު ޖެހިގެން މަރުވި މީހަކު ވަޅުލަން ގެންދަނީ

ކޮވިޑު ޖެހިގެން މަރުވި މީހަކު ވަޅުލަން ގެންދަނީ

2020 ވަނަ އަހަރު މުޅި ދުނިޔެ ހުއްޓުވާލި ބަލިމަޑުކަމުން އަދިވެސް މިއުޅެނީ އަރައިނުގެނެވިގެންނެވެ. ބަލީގެ ހާލަތު ބަދަލުވި ނަމަވެސް އަދިވެސް މިއީ ކުރިއެކޭ އެއްގޮތަށް ނުރައްކާތެރި ބައްޔެކެވެ. ތަފާތަކީ ގިނަ ބަޔަކު މިހާރު މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ތިބުމެވެ. ރާއްޖޭގައި ވެސް މި ބައްޔާ ދެކޮޅަށް ވެކްސިން ޖެހޭ އާބާދީގެ 85.06 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އެއީ 385،158 މީހުންނެވެ.

ކޮވިޑާ ގުޅިގެން ކޮންމެ ޤައުމަކުން ވެސް ތަފާތު، ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ހާލަތައް އައި ބަދަލާއެކު އެ ފިޔަވަޅުތައް ހުރިހާ ޤައުމަކުން ވެސް ވަނީ އުވާލައިފައެވެ. ރާއްޖޭން ވެސް މިދިޔަ އަހަރު ހުރިހާ ފިޔަވަޅެއް ވަނީ އުވާލާފައެވެ.

ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލީ އެ ބަލި އެއްކޮށް ކޮންޓްރޯލް ކުރެވިގެންނެއް ނޫނެވެ. އެ ބައްޔަށް މިއަދު ވެސް ކޮންމެ ދުވަހަކު މީހުން ޕޮޒިޓިވް ވެއެވެ. އަދި ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ޕޮޒިޓިވްވާ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ނިމުނު ހަފުތާގައިވެސް ކޮވިޑު ޖެހިގެން ދެ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 313 އަށް އަރައިފައެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލެ ސަރަހައްދުން އެކަނި 137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެނިހެން ރަށްތަކުން 17 މީހުން ޕޮޒިޓިވްވިއިރު ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތައް ފަދަ ތަންތަނުން ޕޮޒިޓިވްވެފައިވަނީ 45 މީހުންނެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 24ގެ ފަހުން އެ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފުތާއެވެ.

މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު 24 ޖުލައި 2022 ގެ ފަހުން ކޮވިޑު ޖެހިގެން އެންމެ ގިނަ ބަޔަކު އެޑްމިޓު ކޮށްގެން ފަރުވާ ދީފައިވަނީ ވެސް ނިމުނު ހަފުތާއެވެ. އެގޮތުން ނިމުނު ހަފުތާގައި ކޮވިޑު ޖެހިގެން 35 މީހަކު އެޑްމިޓް ކުރި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑުގެ ހާލަތު ގޯސްވި ދުވަސްވަރު އުޅުނު ހާލަތު ހަނދާން ނެތޭނެ މީހަކު ހުންނާނެހެނެއް ހިއެއް ނުވެއެވެ. އެ ހާލަތައް އަނބުރާ ދާން ބޭނުންނުވާނަމަ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ނަގަން ޖެހެއެވެ. އެގޮތުން، އެޗްޕީއޭއިން އިރުޝާދު ދޭ ގޮތަށް އަމަލު ކުރުމާއި ވެކްސިން ފުރިހަމަ ކުރުމަކީ މުހިންމު ކަމެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްވެ އުޅޭ ތަންތަަނަށް ގޮސް އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ސެނިޓައިޒަރު ބޭނުން ކުރުމާއި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ސިއްހީ މާހިރެއްގެ ލަފާ ހޯދުން ހިމެނެއެވެ. އަދި އެއްވެސް އަލާމާތެއް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރުނަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ.

މިކަންކަމަކީ މީގެ ކުރިން މަޖުބޫރުކަމަކަށްވި ނަމަވެސް މިހާރު މިއީ މަޖުބޫރު ކަމެއް ނޫނެވެ. މަޖުބޫރު ނޫނަސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާގޮތަށް ފިޔަވަޅުތައް އެޅުމަކީ ތިމާ އާއި އަނެކާގެ ރައްކާތެރިކަން ކަށަވަރު ކުރެވިދާނެ ކަންކަމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2018

ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

03 ޖެނުއަރީ 2018
ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
29 ޑިސެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!

29 ޑިސެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!
26 ޑިސެމްބަރު 2017

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
03 ނޮވެމްބަރު 2017

ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

03 ނޮވެމްބަރު 2017
ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް
01 ސެޕްޓެމްބަރު 2017

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!
20 އޯގަސްޓު 2017

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް