Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށް، އީގަލްސް ސެމީ އަށް

އީގަލްސް އިން ސެމީ އަށް ދަތުރު ކުރީ މި ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 19:49
އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެެލެންސިއާ ބަލިކޮށް، ގްރޫޕް އޭގެ އެއް ވަނައިގައި ކުލަބު އީގަލްސް އިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އީގަލްސް އިން ސެމީ އަށް ދަތުރު ކުރީ މި ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. މި ގްރޫޕްގެ ދެ ވަނަ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އަށް ލިބެނީ ތިން ޕޮއިންޓާއެކު އެވެ. ޕޮއިންޓެއް ނުލިބި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި އީގަލްސްގެ ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފު ފަށައިގެން ވެލެންސިއާގެ ޒުވާން ޓީމުގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ،. އެ ޓީމުން ވެސް ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރުމަށް ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް މެެޗުގައި އީގަލްސް އިން ވަނީ 11 ވަނަ މިނެޓުގައި ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެއީ ވެލެންސިއާގެ ގޯލް ކީޕަރު އާދަމް އިމްއާންގެ އަތުގައި ޖެހިފައި ރީ ބައުންސަށް ނިކުތް ބޯޅަ ގޯލަށް ވައްދާލައިގެން އިސްމާއީލް އީސަ (މެސީ) ޖަހައިދިން ލަނޑެކެވެ. އޭގެ ފަހުން 37 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ފުޅާކޮށްދިނީ ވެސް މެސީ އެވެ.

އީގަލްސްގެ އަނެއް ދެ ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ65 ވަނަ މިނެޓުގައި އީގަލްސްގެ ތިން ވަނަ ލަނޑު ޖަހައި، އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އަޙުމަދު ރިޒުވާން (ރިޒޭ) އެވެ. ކުރިން މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގައި ވެސް ރިޒޭ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އީގަލްސްގެ ފަހު ލަނޑު 74 ވަނަ މިނެޓުގައި ޖެހީ އަޙުމަދު ޙަސަން އެވެ. އޭނާ ވެސް މެޗުގައި ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އާއި ރޭގަނޑު އެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭ ސެމީ ގައި އީގަލްސް ނިކުންނާނީ އަނެއް ގްރޫޕްގެ ދެ ވަނަ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެރޭގެ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނިކުންނާނީ ސަސްއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު