Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ބަދަލުތައް

ދުނިޔެ ހޫނުވުން، ސަމާސާ ވާހަކައެއް ނޫން!

ފާއިތުވި 8 އަހަރަކީ ތާރީޚް ރިކޯޑް ކުރަން ފެށީއްސުރެ އައި އެންމެ ހޫނުގަދަ 8 އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 02:38
ދުނިޔެ ހޫނުވެ އޭގެ ނޭދެވޭ އަސަރު ދުނިޔެއަށް އަންނަނީ ކުރަމުން

ދުނިޔެ ހޫނުވެ އޭގެ ނޭދެވޭ އަސަރު ދުނިޔެއަށް އަންނަނީ ކުރަމުން

ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ގިނަ ބަޔަކު ގަބޫލުކުރާ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގެ ދެ ތަނޑީގައި ހުރި ގަނޑުފެންތައް ވިރޭ ވާހަކައާއި އޯޒޯން ފަށަލައިގައި ލޯވަޅެއް އުފެދި އެލޯވަޅު ބޮޑުވަމުން އަންނަ ވާހަކައާއި ކަނޑުތަކުގެ ލޮނުގަނޑު އުފުލޭ ވާހަކަ ސައިންސްވެރިން ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. ދުނިޔެ އަންނަނީ ދުވަކަށްވުރެ ދުވަހެއް ހޫނުވަމުން ކަމަށާއި މޫސުމީ ބޮޑެތި ބަދަލުތަކަކާއި ދުނިޔެ ކުރިމަތިލަމުން އަންނަކަމުގެ އިންޒާރު ސައިންސްވެރިން ދިޔައީ މީގެ އަހަރުތަކެއްކުރިއްސުރެ ދެމުންނެވެ. ނަމަވެސް އެއް ބަޔަކު އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެކަން މިއަދުގެ ދުނިޔޭގައިވެސް ބޮޑަށް ބަލަނީ ސިޔާސީ ވާހަކައެއްގެ ގޮތުގައެވެ.

ނަމަވެސް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަމިއްލަ އަށް ތަޖުރިބާ ކުރަންޖެހޭ ކަންކަމާއެކު ސައިންސްވެރިން ދެމުން އައި އިންޒާރުގެ ތެދުކަން އަންނަނީ ހާމަވަމުންނެވެ. އެއް އަހަރަށްވުރެ އަނެއް އަހަރު އަންނަނީ ހޫނުވެ ހަނަފަސްކަން އަންނަނީ ކުރިމަތިވަމުންނެވެ. ބޮޑެތި ގެއްލުންދެނިވި ތޫފާންތައް އަންނަނީ އާންމުވަމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލި ކުދި ޖަޒީރާ ގައުމުތައް މީގެކުރިން ދުވަހަކުވެސް ތަޖުރިބާ ކުރަންނުޖެހޭ މިންވަރަށް އުދައެރުން ފަދަ ކަންކަމާއި އަންނަނީ ކުރިމަތިލަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރުވެސް ފެންނަން އޮތް ހަގީގަތަކީ ދުނިޔެ ހޫނުވުމުގެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫންކަމެވެ.

ރާއްޖެއަށް ބަލާލާއިރު އަހަރުން އަހަރަށް ހޫނުމިން އަންނަނީ މަތިވަމުންނެވެ. އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މިދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވެއެވެ. މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް މިދުވަސްވަރު ހޫނުކަން އިހުސާސްކުރަންޖެހޭ މިންވަރު އެހެން މަސްތަކާއި ތަފާތެވެ.

މިއަހަރަށް ބަލާލާއިރު އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ވަނީ ހޫނުމިން އިހުސާސްކުރެވޭ މިންވަރު 40 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ. އޭޕްރީލް 23 ވަނަ ދުވަހު އިހުސާސްކުރެވޭ ހޫނުމިން ވަނީ 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެފައި ކަމަށް މެޓް އޮފީހުން ހާމަކުރި ރިކޯޑްތަކުން އެނގެއެވެ. އޭޕްރީލް 24 ވަނަ ދުވަހުވެސް އިހުސާސްކުރެވޭ ހޫނުމިން ބައެއް ހިސާބުތަކުގައި ހުރީ 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައެވެ. ހޫނުމިން މައްޗަށް ދިޔުމަކީ އޭގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަކަށްވުމާއެކު އެކަމަށް ސަމާލުކަން ދީ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން މީހުން މަރުވުމަކީ ދިވެހިން އަދި މިހާތަނަށް ތަޖުރިބާކޮށްފައި ނުވިނަމަވެސް ދުނިޔެއަށް ބަލާއިރު އެއީ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކުވެސް ހިނގަމުންދާ ކަމެކެވެ.

ވަރލްޑް އަރތް ޑޭ އާ ދިމާކޮށް ވަރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އިން ނެރުނު ރިޕޯޓްގައި ބުނެފައިވާގޮތުގައި ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެތެރޭގައި މުޅި ޔޫރަޕްގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި ކުރިމަތިވި ހީޓްވޭވްތަކުން ޔޫރަޕުން މިދިޔަ އަހަރު އެކަނިވެސް 15،700 މީހުން މަރުވެފައި ވެއެވެ.

ވަރލްޑް އަރތު ޑޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި 8 އަހަރަކީ ތާރީޚް ރިކޯޑް ކުރަން ފެށީއްސުރެ އައި އެންމެ ހޫނުގަދަ 8 އަހަރެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ބަޔޯ ޑައިވަރސިޓީއަށް ނުރައްކާވެފައިވާކަމަށާއި، ދުނިޔޭގައިވާ ދިރޭ ބާވަތްތަކުގެ ތެރެއިން 1 މިލިއަން ދިރޭތަކެތި ނެތި ހިނގައިދާނެ ކަމުގެ ބިރުވަނީ އުފެދިފައެވެ.

ދުނިޔޭގެ އުތުރު ތަނޑީގައިވާ ގްލޭސިއަރސް (ގަނޑު އައިސް) ވިރެމުންދަނީ އާދަޔާ ޚިލާފް ބާރު ސްޕީޑެއްގައިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2021ގެ އޮކްޓޯބަރު މަހުން ފެށިގެން 2022ގެ އޮކްޓޯބަރާ ހަމައަށް، ގްލޭސިއަރތަކުގެ ބޯމިނުން 1.3 މީޓަރު ވިރިފައިވާކަމަށެވެ. އޭގެކުރިން 1970އިން ފެށިގެން މިވީ ފަންސާހަކަށް އަހަރުގެ ތެރޭގައިވެސް ވިރިފައިވަނީ ތިރީހަކަށް މީޓަރުކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރުވެސް ވަރަށް އަވަސްކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2013 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް، އަހަރަކު އެވްރެޖްކޮށް 4.62 މިލިމީޓަރު އުފުލިފައި ވާކަމަށެވެ. މިއީ 1993ން 2002ށް ހިނގި މުއްދަތުގައި ލޮނުގަނޑު އުފުލުނު މިންވަރުގެ ދެގުނަ އަވަސް މިންވަރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

2022 ވަނަ އަހަރަކީ، ގަނޑުފެނުގެ ކޯރުތައް ވިރި، ކަނޑުގެ ލޮނުގަނޑުތައް އުފުލުން ރެކޯޑް މިންވަރަކަށް އުފުލިގެން ދިޔަ އަހަރަކަށް ވާ އިރު، އެތައް ހާސް އަހަރަކަށް އެކަން ދެމިގެން ދާނެ ކަމަށްވެސް ޑަބްލިއުއެމްއޯގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ޕެޓޭރީ ޓާލާސް ވިދާޅުވީ، މި ބަދަލުތަކަކީ 2060 ގެ އަހަރުތަކާ ހިސާބަށްވެސް ދެމިގެން ހިނގައިދާނެ ނެދެވޭ ބަދަލުތަކަކަށް ވުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލުނު މިންވަރު، 1993 ވަނަ އަހަރުން ފެށިގެން ވަނީ ދެގުނަ އިތުރު ވެފައެވެ. މިއީވެސް ރެކޯޑް މިންވަރެކެވެ.

ތަފާސްހިސާބުތަކުގެ އިތުރުން އިންސާނުން އަމިއްލައަށް ތަޖުރިބާ ކުރަމުންދާ ކަންކަމުން އެނގިގެންދާ ކަމަކީ ދުނިޔެ ހޫނުވުމަކީ ސަމާސާ ތޯތޯ ވާހަކައެއް ނޫންކަމެވެ. މިކަން ދިވެހިންވެސް މިއަންނަނީ އަމިއްލައަށް ތަޖުރިބާ ކުރަމުންނެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހަދަން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު