Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއިން ޗައިނާއަށް މަކުނު އެކްސްޕޯޓްކުރުން

ލަންކާއިން ޗައިނާއަށް 100،000 މަކުނު އެކްސްޕޯޓްކުރަން ނިންމުމުން، އެކްޓިވިސްޓުންގެ ނުރުހުން

ޗައިނާ ކުންފުނީގެ ހުށަހެޅުން އިވެލުއޭޓް ކުރުމުގެ މަސައްކަތް، ސަރުކާރުން އުފައްދާފައިވާ މާހިރުންގެ ކޮމިޓީއަކުން މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އެޕްރީލު 2023 | ހޯމަ 15:35
ލަންކާއިން ނެތިދިއުމުގެ ނުރައްކާ ބޮޑު ޓޫކް މަކާކް ޗައިނާއަށް އެކްސްޕޯޓްކުރަން ނިންމާފައިވާކަމަށް އިއުލާންކުރުމުން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ނުރުހުން ފާޅުކުރަނީ

ލަންކާއިން ނެތިދިއުމުގެ ނުރައްކާ ބޮޑު ޓޫކް މަކާކް ޗައިނާއަށް އެކްސްޕޯޓްކުރަން ނިންމާފައިވާކަމަށް އިއުލާންކުރުމުން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ނުރުހުން ފާޅުކުރަނީ

ސްރީ ލަންކާއިން ނެތިދިއުމުގެ ނުރައްކާ ބޮޑު ޓޫކް މަކާކް މަކުނު ޗައިނާއަށް އެކްސްޕޯޓްކުރަން ނިންމާފައިވާކަމަށް އެގައުމުގެ އެގްރިކަލްޗަރ މިނިސްޓަރު މަހިންދަ އަމަރަވީރާ އިއުލާން ކުރެއްވުމުން، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ލަންކާގެ އެގްރިކަލްޗަރ މިނިސްޓަރު ވިދާޅުވީ ޗައިނާގެ އަމިއްލަ ކުންފުންޏަކަށް 100،000 ޓޫކް މަކާކް މަކުނު އެކްސްޕޯޓްކުރަން ނިންމާފައިވާކަމަށެވެ.

މި މަކުނުތަކަކީ ނެތިދިއުމުގެ ނުރައްކާ ބޮޑުވެފައިވާ ޖަނަވާރުތަކެއް ނަމަވެސް، މިއީ ލަންކާގައި ހިމާޔަތްކުރެވިފައިވާ މަކުނުތަކެއް ނޫނެވެ.

ޗައިނާގެ ޝީޖިއަންގް ވުޔޫ އެނިމަލް ބްރީޑީން ކޮމްޕެނީ ލިމިޓެޑުން މިމަކުނުތައް އިމްޕޯޓުކުރަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކުރުމުން، ޗައިނާ ކުންފުނީގެ ހުށަހެޅުން އިވެލުއޭޓް ކުރުމުގެ މަސައްކަތް، ސަރުކާރުން އުފައްދާފައިވާ މާހިރުންގެ ކޮމިޓީއަކުން މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޗައިނާގެ ޒޫތަކަށް ކަމަށްބުނެ 100،000 މަކުނު އެގައުމަށް އިމްޕޯޓްކުރުމަށް މަސައްކަތްކުރާއިރު، ޗައިނާގެ ޒޫތަކުގައި މިހާ ގިނަ އަދަދެއްގެ މަކުނުތަކަށް އެކަށޭނަ ޖާގަ ނުހުންނާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. އަދި މި މަކުނުތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަކުނު ލެބޯޓަރީތަކުގައި ޓެސްޓު ސަބްޖެކްޓުގެ ގޮތުގައި ބޭނުންކުރާނެ ކަމުގެ ތުހުމަތުތައް އެކްޓިވިސްޓުން ދަނީ ކުރަމުންނެވެ.

ލަންކާގެ ސަރުކާރުން ވަނީ، އެގައުމުގައި އުޅޭ މީގެ ތިން މިލިއަނެއްހާ މަކުނަކީ އެގައުމުގެ ދަނޑުވެރިންނަށް އޮތް އުނދަގުލެއްކަމަށާއި، މަކުނުތަކުގެ ސަބަބުން ދަނޑުވެރިން އުފައްދާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުުގެ ޝަކުވާ އަބަދުވެސް ދަނޑުވެރިން ކުރާކަން ފާހަގަކޮށްފައެވެ.

މި މަކުނުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުވެފައި ނުވާކަމަށާއި، މަކުނުތަކުގެ އާބާދީ މަދުކުރުމަށް ކުރެވުނު މަސައްކަތްތައްވެސް ކާމިޔާބުވެފައި ނުވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ހަތަރު ކޮންޒަރވޭޝަން ގްރޫޕެއް ކަމަށްވާ؛ ވައިލްޑްލައިފް އެންޑް ނޭޗަރ ޕްރޮޓެކްޝަން ސޮސައިޓީ، ސެންޓަރ ފޯރ އެންވަޔަރަންމަންޓަލް ޖަސްޓިސް، ފެޑެރޭޝަން އޮފް އެންވަޔަރަންމަންޓަލް އޮރގަނައިޒޭޝަންސް، އަދި ރެލީ ފޯރ އެނިމަލް ރައިޓްސް އެންޑް އެންވަޔަރަންމަންޓް ސްރީލަންކާއިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ ޒޫތަކުގެ ތެރެއިން "ގްލޯބަލީ އެކްސެޕްޓެޑް ކްރައިޓީރިއާ"އަށް ފެތޭ ޒޫތަކަކީ އެންމެ 18 ޒޫކަމަށެވެ.

މީއިީ ކޮންމެ ޒުލަކަށް އެވްރެޖްކޮށް 5،000 މަކާކް މަކުނު ކަމަށާއި، އެހެންކަމުން މިއީ ސައްހަ މައުލޫމާތު ނޫންކަމަށް އެމީހުން ބުނެއެވެ.

އިންސާނުންގެ ސިފަތަކާ ދާދި އެއްފަދަ ސިފަތަކެއް ހުންނަ މި މަކުނުތަކަކީ އެމެރިކާއާއި ޔޫރަޕްގެ މެޑިކަލް ޓެސްޓިންގ ފެސިލިޓީތަކުގައި ވަރަށް މަގުބޫލު ޖަނަވާރުތަކެއް ކަމަށާއި، ޒުލަށް މިމަކުނު އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީއަށްވުރެ މިފަދަ ވިޔަފާރިއަކުން ލިބޭ އާމްދަނީ މާ ރަނގަޅުވާނެކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، ޗައިނާއަށް ވަލު ޖަނަވާރު އެތެރެކުރުން މެނޭޖްކުރާ ސަރުކާރުގެ އިދާރާއަށް އެގައުމުގެ ކުންފުންޏަކުން މިފަދަ ހުށަހެޅުމެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި ޝީޖިއަންގް ވުޔޫ އެނިމަލް ބްރީޑީން ކޮމްޕެނީންވެސް މިހާތަނަށް އައިއިރު، މިކަމާ ގުޅިގެން ބަހެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ޤުދުސްގެ މައްސަލައިގައި ތެދުވި ފަދައިން ލަންކާއިން އެ ގައުމުގެ އަމިއްލަ މައްސަލައިގައި ނުތެދުވުމުން ފާޑުކިޔައިފި

28 ޑިސެމްބަރު 2017
ޤުދުސްގެ މައްސަލައިގައި ތެދުވި ފަދައިން ލަންކާއިން އެ ގައުމުގެ އަމިއްލަ މައްސަލައިގައި ނުތެދުވުމުން ފާޑުކިޔައިފި
01 ޑިސެމްބަރު 2017

ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި

01 ޑިސެމްބަރު 2017
ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި
30 ނޮވެމްބަރު 2017

ތޫފާން އޮކި: ލަންކާއިން 7 މީހުން، އިންޑިއާއިން 8 މީހުން މަރުވެއްޖެ

30 ނޮވެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މީހުން، އިންޑިއާއިން 8 މީހުން މަރުވެއްޖެ
30 ނޮވެމްބަރު 2017

ތޫފާނުގެ ސަބަބުން ލަންކާއިން 5 މީހުން މަރުވެއްޖެ!

30 ނޮވެމްބަރު 2017
ތޫފާނުގެ ސަބަބުން ލަންކާއިން 5 މީހުން މަރުވެއްޖެ!
08 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި

08 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި
30 ސެޕްޓެމްބަރު 2017

ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!

30 ސެޕްޓެމްބަރު 2017
ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!
29 އޯގަސްޓު 2017

ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ދެކޮޅަށް ދައުވާ ހުށަހަޅައިފި

29 އޯގަސްޓު 2017
ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ދެކޮޅަށް ދައުވާ ހުށަހަޅައިފި
03 ޖޫން 2017

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް