Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޫދާން ހަނގުރާމަ

ސޫދާންގެ ތަޅާފޮޅުންގަނޑުގެ މެދުގައި ބެދުނު ޖަމާލުގެ ތަޖުރިބާ، އޭނާގެ ދުލުން!

ހަމަލާ ބަދަލުކުރުންތައް ފެށުނުއިރު ޖަމާލު ހުރީ ޚާރުތޫމްގައި ހުންނަ އޭނާގެ އޮފީހުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 އެޕްރީލު 2023 | ހޯމަ 13:25
ޖަމާލުއްދީން ހަސަން؛ ސޫދާންގެ ފޮޓޯ ޖަރނަލިސްޓް

ޖަމާލުއްދީން ހަސަން؛ ސޫދާންގެ ފޮޓޯ ޖަރނަލިސްޓް

މިދިޔަ ހަފުތާއެއްހާ ދުވަހަކީ ސޫދާންގެ ވެރިކަންކުރާ ޚާރްތޫމަށް ނަމާން ދުވަސްތަކެކެވެ. ދެ އަދުއްވެއްގެ މެދުގައި ބަދަލުކުރަމުންދާ ވަރުގަދަ ހަމަލާތަކުން ސަލާމަތްވެވިދާނެ ބާއޭ ހިތަށް އަރައި ފައިބަމުން ދިޔަ ކިތަންމެ ވަގުތެއް، ޚާރްތޫމްގެ ރަށްވެހިން ތަޖުރިބާކުރި ދުވަސްތަކެކެވެ. އެފަދަ ގޮތަކަށް އޮފީހުގައި ބަންދުވި އެކަކީ، ސޫދާންގެ ފޮޓޯ ޖަރނަލިސްޓް ޖަމާލުއްދީން ހަސަނެވެ.

ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ފައުޖުތަކާ ދެމެދު ފެށި ހަމަލާ ބަދަލުކުރުންތަކަށް ހޮނިހިރު ދުވަހު 9 ދުވަސް ވީއިރު، މަރުވި މީހުންގެ އަދަދު 400އަށްވުރެ މައްޗަށް، އަދި ޒަޚަމްވި މީހުންގެ އަދަދު 3500އަށްވުރެ މައްޗަށް އަރާފައިވާކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުގެ ކަށަވަރު އަދަދުތައް މިއަށްވުރެ މާ މަތިވުންވެސް އެކަށީގެންވެއެވެ.

ހަމަލާ ބަދަލުކުރުންތައް ފެށުނުއިރު ޖަމާލު ހުރީ ޚާރުތޫމްގައި ހުންނަ އޭނާގެ އޮފީހުގައެވެ. އެކުގައި މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުންވެސް އޭރު އެތަނުގައި ތިއްބެވެ. ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް އެ އޮފީސް ތެރޭގައި އެމީހުން ބަންދުވީ، މަދު ކާބޯތަކެއްޗާއި ފެންފޮދަކާ އެކީގައެވެ.

އޮފީސް އިމާރާތުން ނުކުމެވުމަކުން ނަމާންކަމަށް ނިމުން އައީ ނޫންކަމަށް ޖަމާލު ކިޔައިދިނެވެ.

އިންތިހާ ނުރައްކަލުގެ ތެރޭގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައިރު، އެއީ ނޫސްވެރިންކަން ފަހަރެއްގައިވެސް ހަނދާންނައްތައިނުލާ ކަމަށް ޖަމާލު ބުންޏެވެ.

ތަޅާފޮޅުންގަނޑު ފެށުމާއެކު، ޚާރްތޫމްގެ އެހެން ރަށްވެހިން ފަދައިން ޖަމާލާއި އޭނާގެ އެކުވެރިންނަށްވެސް އެނގުނު އެއް ކަމެއް އޮތެވެ. އެއީ ކުރިމަތިލުންތައް އިތުރަށް ދިގުލައި ދާންވެއްޖެނަމަ، ދިރިހުރުމަށް ބޭނުންވާ ޒަރޫރީ ތަކެތީގެ ސަޕްލައި، ފުދޭ މިންވަރަކަށް ނެތްކަމެވެ.

ބަނޑުހައިހޫނުކަމުގެ ވޭނުގެ އިތުރުން، ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ތަޅާފޮޅުންގަނޑު އޮފީސް ތެރެއަށް ވަދެދާނެކަމުގެ ބިރަށް، ޖަމާލާއި އޭނާގެ އެކުވެރިން ތިބެން ޖެހުނީ ސިހިސިހިއެވެ. 

އެ ދަތި ހާލުގައި ހޭދަކުރި ބިރުވެރި ވަގުތުގެ ތަޖުރިބާ، ޖަމާލު ވަނީ އޭނާއަށް ވީ ވަރަކުން މީޑިއާއަށް ކިޔައިދީފައެވެ.

ސޫދާންގައި އަދިވެސް ތަޅާފޮޅުންތައް ދަނީ ކުރިއަށެވެ. ބާޒާރުތަކުގައި ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. ކަރަންޓާއި ފެނުގެ ޚިދުމަތްތަކަށް ދޭތެރެ ދޭތެރެއިން ބުރޫއަރައެވެ. ދިރިހުރުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސަޕްލައިއަށްވެސް ވަނީ ބުރޫއަރާފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2024

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

01 މާރިޗު 2024
އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
24 ފެބުރުއަރީ 2024

ކާޑެއްދޫ އޮއްވައި ތިނަދޫ، ކޫއްޑޫ އޮއްވައި ވިލިނގިލި: ކޮންމެ ދެ ރަށެއްގެ މެދުގައި އެޅޭ ހުވަފެނީ އެއާޕޯޓަކަށް "ހެއްލެނީ ރައްޔިތުން"!

24 ފެބުރުއަރީ 2024
ކާޑެއްދޫ އޮއްވައި ތިނަދޫ، ކޫއްޑޫ އޮއްވައި ވިލިނގިލި: ކޮންމެ ދެ ރަށެއްގެ މެދުގައި އެޅޭ ހުވަފެނީ އެއާޕޯޓަކަށް "ހެއްލެނީ ރައްޔިތުން"!
13 ފެބުރުއަރީ 2024

ހަނގުރާމައިގެ 300 ދުވަސް: ސޫދާންގެ އެތައް ހާސް ކުދިންނެއް މަރުގެ ތުންފަތްމަތީގައި!

13 ފެބުރުއަރީ 2024
ހަނގުރާމައިގެ 300 ދުވަސް: ސޫދާންގެ އެތައް ހާސް ކުދިންނެއް މަރުގެ ތުންފަތްމަތީގައި!
19 ޖެނުއަރީ 2024

ނިއުކްލިއަރ 2 ބާރެއްގެ މެދުގައި ޙަމަލާ ބަދަލު ކުރުން: މައްސަލައިގެ މޫ، ބޯޑަރުގަ!

19 ޖެނުއަރީ 2024
ނިއުކްލިއަރ 2 ބާރެއްގެ މެދުގައި ޙަމަލާ ބަދަލު ކުރުން: މައްސަލައިގެ މޫ، ބޯޑަރުގަ!
07 އޮކްޓޯބަރު 2023

އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރު ބޮޑުކުރުމަށް ޗައިނާއިން ގޮވާލައިފި

07 އޮކްޓޯބަރު 2023
އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރު ބޮޑުކުރުމަށް ޗައިނާއިން ގޮވާލައިފި
04 ޖުލައި 2023

ޑިމޮކްރަޓްސްއާއި ޕީޕީއެމްގެ މެދުގައި އުފެދެމުން އަންނަ އައު ގުޅުމުން ނަތީޖާއެއް ނެރެވިދާނެބާ؟

04 ޖުލައި 2023
ޑިމޮކްރަޓްސްއާއި ޕީޕީއެމްގެ މެދުގައި އުފެދެމުން އަންނަ އައު ގުޅުމުން ނަތީޖާއެއް ނެރެވިދާނެބާ؟
13 ފެބުރުއަރީ 2023

ޑްރަގާ އެކު އެތެރެވާ މީހުން ފޮނުވާލާ މައްސަލަ - މެމްބަރުންގެ މެދުގައި ޤާނޫނީ ބަހުސަކަށް

13 ފެބުރުއަރީ 2023
ޑްރަގާ އެކު އެތެރެވާ މީހުން ފޮނުވާލާ މައްސަލަ - މެމްބަރުންގެ މެދުގައި ޤާނޫނީ ބަހުސަކަށް
29 ނޮވެމްބަރު 2021

"ދެމަފިރިންގެ ދެމެދުގައި ލޯބި ފެންނަން ނެތް ނަމަ، ކުރާ ހުކުމަކުން އެ ލޯބި ގެނައުމަކީ ވާނެ ކަމެއް ނޫން"

29 ނޮވެމްބަރު 2021
"ދެމަފިރިންގެ ދެމެދުގައި ލޯބި ފެންނަން ނެތް ނަމަ، ކުރާ ހުކުމަކުން އެ ލޯބި ގެނައުމަކީ ވާނެ ކަމެއް ނޫން"
30 ޖުލައި 2018

ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!

30 ޖުލައި 2018
ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ޒުވާނުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ޖެހޭ!
03 ނޮވެމްބަރު 2017

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު