Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާޒު ތަމްރީނު ކުރުން

ބާޒު ތަމްރީނު ކުރުމުގައި ޢާއިޝާއާއި ދަރިފުޅު ޢުޝާ ވަރެއް ނެތް!

24 އެޕްރީލު 2023 | ހޯމަ 12:43

ޢާއިޝާ ދަނީ މި މަސައްކަތުގައި، އޭނާގެ 9 އަހަރުގެ އަންހެން ދަރިފުޅު، ޢުޝާވެސް ބައިވެރި ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 އެޕްރީލު 2023 | ހޯމަ 12:43
ޢާއިޝާ އަދި އޭނާގެ 9 އަހަރުގެ އަންހެން ދަރިފުޅު، ޢުޝާ

ޢާއިޝާ އަދި އޭނާގެ 9 އަހަރުގެ އަންހެން ދަރިފުޅު، ޢުޝާ

ދެ ޖިންސުގެ ހަމަހަމަކަމަށް ހަރު އަޑުން ވަކާލާތު ކުރަމުން ދާ އަދުގެ ދުނިޔޭގައި ބައެއް ކަހަލަ ކަންކަމަކީ އަދިވެސް ވަކި ޖިންސެއްގެ ބަޔަކަށް ހާއްސަ ކުރެވިފައިވާ ނުވަތަ ވަކި ޖިންސެއްގެ ބަޔަކު ކޮންޓްރޯލް ކުރަމުންދާ ކަމަކަށް އޮންނަނީ ވެފައެވެ. އެފަދަ އެއް މަސައްކަތަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އިން ފެނިގެންދާ ބާޒު އާލާކޮށް، ތަމްރީނުކޮށް، ޝިކާރަ ކުރުމުގައި ބައިވެރިވުމުގެ މަސައްކަތެވެ. މިކަމުގައި އުޅޭ މީހުންނަށް އިނގިރޭސިން ކިޔައި އުޅެނީ ފެލްކަނަރޒްއެވެ. މި މަސައްކަތުގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ފިރިހެނުންގެ އަތްމަތީގައޭވެސް ދެންނެވިދާނެއެވެ. ނަމަވެސް އެކަން ބަދަލު ކުރަމުން ދާ އެކަކީ ޢާއިޝާ އަލް-މަންސޫރީއެވެ.

އޭނާ ގެންގުޅޭ ބާޒުތައް ގޮވައިގެން އަބޫދާބީގެ ހަނަފަސް ސަހަރާތެރެއަށް ޢާއިޝާ ދަތުރު ކުރަނީ އޭނާ ގެންގުޅެ ޖިޕުގައެވެ. ޢާއިޝާ ދަނީ މި މަސައްކަތުގައި، އޭނާގެ 9 އަހަރުގެ އަންހެން ދަރިފުޅު، ޢުޝާވެސް ބައިވެރި ކުރަމުންނެވެ. ބާޒު އާލާކޮށް، ތަމްރީނުކޮށް، ބާޒުތަކާއެކު ޝިކާރަ ކުރުމަކީ ޘަޤާފީ ކުޅިވަރަކަށް ވާ އިރު، ޢާއިޝާ ދަނީ އެ ހުނަރުތައް، ޢުޝާއަށް ދަސްކޮށްދެމުންނެވެ. އެގޮތުން އެކި ކަހަލަ ދޫނިތަކާއި މުސަޅު ހިފަން ބާޒުތަކަށް ދަސްކޮށްދިނުމުގެ ތަމްރީނުތަކުގައި ޢުޝާވެސް ބައިވެރި ކުރެއެވެ.

ބާޒު ބޭނުންކޮށްގެން ޝިކާރަކޮށް، ހަނަފަސް ސަހަރާގެ ތެރެއިން ކާބޯތަކެތި ހޯދުމުގެ ޘަޤާފަތަކީ އެކުވެރި ޢަރަބި ޢިމާރާތުގެ ތާރީޚާ ގުޅިފައިވާ، އެތައް ހާސް އަހަރެއް ވީ ޘަޤާފަތެކެވެ. ޢާއިޝާ މި ހުނަރު ދަސްކުރީ އޭނާގެ ބައްޕަގެ ގާތުންނެވެ.

ދަރިފުޅު ޢުޝާގެ ޢުމުރުން އެންމެ 7 މަހުން ފެށިގެން ޢާއިޝާ ދަނީ އެ  މި މަސައްކަތަށް، އެ ދަރިފުޅުވެސް ތަމްރީނު ކުރުވަމުންނެވެ.

ހުސް ވަޤުތުތައް ފަޅުފިލުވާލަން ކުރާ ކަމެއްގެ އިތުރުން، މި ޘަޤާފަތް ދިރުވާ ޢާލާ ކުރުމަށްޓަކާ، ޢާއިޝާ ވަނީ މިކަމުގެ ތެރެއަށް ވީހާވެސް ގިނަ ޢަދަދެއްގެ އަންހެނުން ވެއްދުމަށް އަމާޒު ހިފާފައެވެ. އެގޮތުން، ޢާއިޝާ ދަނީ، ގިނަ ޢަދަދެއްގެ އަންހެނުން ތަމްރީނުވެސް ކުރަމުންނެވެ. އެތައް ސަތޭކަ އަންހެނުންކަށް މިހާރުވެސް ތަމްރީނު ދީފައި ވާ އިރު، ކުޑަ ކުދިންނަށް ހާއްސަކޮށްގެން ފޮތެއްވެސް ލިޔެ ޝާޢިއުކޮށްފައިވެއެވެ.

ސަހަރާ ތެރޭގައި ބާޒުތައް ތަމްރީނުކޮށް ޝިކާރަ ކުރުމަށް ފަހު އެ ބާޒުތައް ގެންނަނީ ޚުދު ޢާއިޝާގެ އަމިއްލަ ގެއަށެވެ. ގޭގައި ބާޒުތައް ތިބޭ ސަރަޙައްދަކީ ރަނގަޅަށް ވައި ދައުރުވާނެ ގޮތަށް، ސަހަރާ ބިމުގެ ވެލި އަޅާ، ފެން ލިބޭނެހެން ފަރުމާ ކޮށްފައި ވާ ހާއްސަ ތަނެކެވެ. މި ބާޒުތަކަށް ކާންދެނީވެސް ވަރަށް ފަރުވާތެރިކަމާއެކުއެވެ. ބާޒުތަކަށް ކާންދޭ ތަކެތީގެ ތެރޭގައި ތާޒާ އަދި ގަނޑުކުރި އެއްގަމު މަހުގެ ބާވަތްތައް ހިމެނެއެވެ. ކޮންމެ ތަމްރީނެއްގެ ކުރިން، ބާޒުތަކުގެ ބަރުދަން ބަލާ، އެ ރެކޯޑްކުރެއެވެ.

ފެލްކަނަރޒްއަށް ހާއްސަކޮށްގެން ޔޫއޭއީއާއި މެދުއިރުމަތީގައި ކުރިއަށް ގެންދާ އެކި މުބާރާތްތަކުގައިވެސް ޢާއިޝާ ވަނީ ބައިވެރިވެފައެވެ.

ބާޒު އުދުއްސާ، ތަމްރީނުކޮށް ބާޒުތަކާއެކު ޝިކާރަ ކުރުމަކީ ޔޫއޭއީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ކުޅިވަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު، އެކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައި އެކަނިވެސް ޔޫއޭއީއަށް ދަތުރު ކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ
03 ޖެނުއަރީ 2018

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
16 ނޮވެމްބަރު 2017

ސޮހާ އާއި ކުނާލްގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

16 ނޮވެމްބަރު 2017
ސޮހާ އާއި ކުނާލްގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި
27 ޖޫން 2017

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
05 މާރިޗު 2017

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
08 ޖެނުއަރީ 2017

ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި

08 ޖެނުއަރީ 2017
ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި
08 ޖެނުއަރީ 2017

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

08 ޖެނުއަރީ 2017
ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް