Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މިއަދަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އަލިމަސްޔޫބީލު ފުރިހަމަވި ދުވަސް!

ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުނީ 24 އޭޕުރީލު 1948ގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 09:26
ރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

މިއަދު (24 އޭޕުރީލު 2023) މިއީ ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ ތެރެއިން ފާހަގަކުރެވިގެންވީ ދާޚިލީ 75 މިނިވަންކަމަށް ފުރުނު ދުވަހެވެ. އަލިމަސްޔޫބީލް ފުރިހަމަވި ދުވަހެވެ!

ދުނިޔޭގައި އެންމެ ބޮޑު ހަނގުރާމަ ކަމުގައިވި ދެވަނަ ބޮޑު ހަނގުރާމަ 1945ގައި ނިމި، މިސަރަހައްދުގެ ގައުމުތައް އިނގިރޭސި އިސްތިއުމާރުން މިނިވަންވެ، ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުނީ 24 އޭޕުރީލު 1948ގައެވެ!

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު ތާރީޚީ ދަރުބާރުގައި މިކަމުގެ އެއްބަސްވުމުގެ ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ރަސްކަމުގެ މަޖިލިސް (ވަލީ ކޮމެޓީގެ) ޢިއްޒަތްތެރި 2 ބޭފުޅުން ކަމުގައިވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި، އަންނަބީލު މުޙައްމަދު އަމީނެވެ. (މުޙައްމަދު އަމީނަށް ކިލެގެ ކަމަށް ކޮލިލެވި އަމީރެއް ނުވަތަ ސުމުއްވުލް އަމީރެއްގެ ޝަރަފު ލިބިވަޑައިގަތީ އެއިގެ ފަހުނެވެ.) އެއިރު ސަރުކާރު ހިންގަވަނީ އަންނަބީލު މުޙައްމަދު އަމީނެވެ.

ދައުލަތުގެ އެންމެ ޝަރަފުވެރި ވެރިޔާގެ ޢިއްޒަތް، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، އަލްމުންތަޚަބް ލިއަރުޝިއް ދައުލަތުލް މަޙަލްދީބިއްޔާ ނުވަތަ ދިވެހިރާއްޖޭގެ އިންތިޚާބީ ރަދުންނަށެވެ. 24 އޭޕުރީލު 1948ގައެވެ!

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު މިތާރީޚީ ދަރުބާރުގެ އެންމެ ބޮޑު ޝަރަފުވެރިޔާއަކީ އެކިލެގެފާނެވެ. ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރެއްވުމުގެ އެންމެ ބޮޑު މަސަައްކަތްޕުޅެވެ. ރަައީސް އަމީނުގެ އިބާރާތުންނަމަ އެމަނިކުފާނަށް ދިވެހި މިލޮބުވެތި ގައުމަށް ޚިދުމަތެއް ކޮށްދެވުނުނަމަ ކޮށްދެވުނު އެންމެ ބޮޑު ޚިދުމަތް ކަމުގައެވެ! އެހެންކަމުން މިދުވަަސް މިނިވަން ދުވަސް ކަމުގައި އަމީނީ ދައުރު ނިމުމާއި ހަމަޔަށް 1953 ފުރަތަމަ ޖުމުހޫރިއްޔަތު ނިމުމާއި ހަމަޔަށް ފާހަގަކުރެވިފައިވެއެވެ!

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި26، 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހިދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެއޮތް އޮތުން 77އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ނިމުމަކަށްއައީއެވެ.

ކުރީގެ ތާރީޚުން ގައުމީ މިނިވަންކަމުގެ މަތިވެރިވި އަޖުދާދުން ބޮޑުތަކުރުފާނު، އުތީމު މަހާރަދުން (އައްސުލްޠާނުލް ޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުން) އިސްވެހުންނަވައިގެން ކުރެއްވެވި ގައުމީ ޖިހާދުން ފޯޗުގީޒުން އަޅުވެތި 1573) 15 އަހަރުގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހި ސަލާމަތްކުރައްވައި 981، މީލާދީގޮތުން 1573ގައި މިލޮބުވެތި ވަތަނަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ގައުމީ އެންމެ މަތިވެރި ބަތަލެވެ.

އޭގެފަހުން އުތީމު ދަރިކޮޅުން އުފެދުނު ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ / އަސްކަރީ) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުން!!

ބޮޑުރަސްގެފާނުގެ ލޮބުވެތި އަގުހުރި ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު (އައްވަލު) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަކީ (1648-1687)ބައްޕާފުޅަށްވުރެވެސް މާއަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި ދިވެހިރާއްޖޭގައި އެންމެ އައުދާނަ މަހާރަދުންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޒުގީޒުންނާއި މަލާބާރީން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކަކީ، އެދެބައިމީހުން ރާއްޖެ އަޅުވެތި ކުރި ފަހަރުތަކަށްވުރެ ބޮޑެތި ޢުދުވާނީ ހަމަލާތަކެކެވެ.

އިސްކަންދަރު ރަސްގެފާނަކީ މިބޮޑެތި އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ދިވެހި އަސްކަރުގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް އަދި ޣާޒީ ރަަސްކަލެއްގެ ޝަރަފު ލިބިވަޑަައިގެންނެވި މަތިވެރި މަހާރަދުންނެވެ.

ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދިވެހިރާއްޖެއިން ދެމުންއައި ޖިޒީ ނުދެއްވައި، ދިފާއީ ސިޔާދަތީ ބާރާއެކު އަމިއްލަވަންތަ ދިވެހިގައުމުގެ ރަސްކަން ކުރެއްވި އެންމެ އައުދާނަ ގައުމީ ބަޠަލެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1759-1767) ދޮންބަންޑާރައިންނާއި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން (1767- 1773) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައންގެ އަގުހުރި ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގައުމީ ޚިދުމަތްތައް ތާރީޚުގައި ވަނީ ރަން އަކުރުންނެވެ.

މި 2 ރަސްކަލުންނަކީވެސް، ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި އަޖުދާދުން ގައުމީ އަބްޠާލުންނެވެ.

ދިވެގިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅިދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި ހާސްއަހަރުވީ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ! މި ލޮބުވެތި ވަތަން މިނިވަންކަމުގައި އަބަދަށެވެ! އިންޝާﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

02 ޖުލައި 2022
ވިހިވަނަ ގަރުނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ރާނީއަކު އިސްކުރަން ގަސްދުކުރިތަ؟ އެކަން ނުވީ ކީއްވެ!

ވިހިވަނަ ގަރުނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ރާނީއަކު އިސްކުރަން ގަސްދުކުރިތަ؟ އެކަން ނުވީ ކީއްވެ!

09 ޖޫން 2022
ދިވެހިރާއްޖޭގެއަޑުގެ ހަގީގީ 52 އަހަރު!

ދިވެހިރާއްޖޭގެއަޑުގެ ހަގީގީ 52 އަހަރު!

30 ޑިސެމްބަރު 2021
ދާޚިލީ ހަމަޖެހުމާއި ޚާރިޖީ ގުޅުންތަކުގެ ނަމޫނާ ވެރިޔާ!

ދާޚިލީ ހަމަޖެހުމާއި ޚާރިޖީ ގުޅުންތަކުގެ ނަމޫނާ ވެރިޔާ!

19 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު