Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދާޚިލީ ހަމަޖެހުމާއި ޚާރިޖީ ގުޅުންތަކުގެ ނަމޫނާ ވެރިޔާ!

19 ނޮވެމްބަރު 2021 | ހުކުރު 10:34

ރައީސް ސާލިހަކީ ހުރިހާ ގޮތަކުންވެސް ލާމަސީލު ވެރިއެއް

| 19 ނޮވެމްބަރު 2021 | ހުކުރު 10:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

މިސަރުކާރަށް 3 އަހަރު ފުރުނީއެވެ. ސަރުކާރުގެ ކާމިޔާބީތައް ގިނަގުނައެވެ. އެކަންކަން ސަރުކާރުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އިއްތިހާދުގެ ނުވަތަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފެދުނު ވެރިކަމެއް ނުވަތަ ސަރުކާރެއް ހިންގެވުމުގެ ނަމޫނާ ދައްކަވަމުން ވެރިކަން ހިންގަވަމުންގެންދަވާ ހިކުމަތްތެރި ރައީސެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމުން ވެރިކަން ހިންގުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުވެ މަލްޓި-ޕާޓީ ވެރިކަމުގެ ނިޒާމަކުން ވެރިކަންކުރުން ރާއްޖޭގައި ގާއިމުވިތާ މިވީ 13 އަހަރަށް ބަލާއިރު، ވެރިކަން ލިބިވަޑައިގެންނެވި އިއްތިހާދުތައް ވަކިވަކިނުވެ، ވެރިކަން ހޯދުމަށް ގުޅިގެން ކުރެވުނު ކެންޕޭނުގެ މަގުސަދުތައް ހާސިލުވަނިވި ގޮތްތަކަށް ވެރިކަން ބައްޓަން ކުރައްވައިގެން އިއްތިހާދުގެ ވެރިކަން ކުރައްވަމުންގެންދަވާ ރައީސެވެ.

ސިޔާސީ ޕާޓީތަކުގެ އިއްތިހާދުގެ ވެރިކަން ކުރައްވަން އެންމެ ފައްކާ ރައީސް ވެސް މެއެވެ. ޚުލްގުހެޔޮ މަޑުމައިތިރި ހިކުމަތްތެރި ވެރިއެކެވެ. މުޅިދުނިޔެއާއި ރާއްޖެ، ކޮވިޑުގެ ބަލިމަޑުކަމުގެ ވަބާއާއި އޭގެ ސަބަބުން ބަންދުވެ އެކަހެރިިކަމާއި ތަދުމަޑުކަމާއި އެންމެހައި އުދަގޫތަކާއި އުދާސްތައް ފަރުދީ، ގައުމީ، ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވެފައިވި މިހާލަތުގައެވެ. ގައުމުތަކުގެ އިގުތިސާދީ ވަސީލަތްތައް ހީނަރުވެ މީސްތަކުންގެ މައީޝަތަށް ދުވަހުންދުވަހަށް ހީނަރުކަން އިތުރުވަމުންދިޔަ މިހާލަތުގައެވެ.

ދިވެހި ގައުމުވެސް އޮތީ ކުރިން ޚިޔާލަށްވެސް ނުގެނެވޭފަދަ ހާލަތެއްގައެވެ. ގައުމުގެ އިގުތިސާދުގެ މައިބަދަ ބިނދުނެވެ. މިފަދަ ޚުތޫރަތްތެރި ވަގުތުގައި ރައީސް ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް (ސިއްހީ، އިގުތިސާދީ، ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް) ބައްޓަން ކުރައްވާފައި ވަނީ ގައުމަށް އެންމެ މަސްލަހަތުހުރި ލާބަޔާ މަންފާ ލިބެނިވި ގޮތްތަކަށެވެ.

މީގެ ތިންއަހަރު ކުރިން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އެކަހެރިިވެފައި އޮތްއޮތުން ނެތިގޮސް، މިއަދު މިވަނީ ބައިނަލްއަގުވާމީ މުޖުތައުގައި ރާއްޖެއަށް ލިބެންވާ ހައްގު މަގާމު ލިބިފައެވެ. ގައުމުތަކާއި ޖަމާއަތްތަކާއި އޮންނަންޖެހޭ ހަރުދަނާ ގުޅުން އަލުން ގާއިމުކޮށް "ރީސެޓް" ވެފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް ކުރިއަރާފަައިވެސްމެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ފުރިހަމަ ސިޔާސަތުކަން ކަށަވަރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިކުމެވަޑައިގަތީ 1994ގައި އޮތް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުންނެވެ. މިއިންތިޚާބުގައި ފާދިއްޕޮޅުގެ ގޮނޑިއަށް ހޮވިވަޑައިގެން 1995ން 2018ށް މެދުނުކެނޑި 24 ނުވަތަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން (2009އިން ފެށިގެން ހިންނަވަރު ދާއިރާގެ މެންބަރުކަން) ކުރެއްވިއެވެ. ދައުލަތުގެ އެހެން މަގާމެއް އަދާ ނުކުރައްވައި ފުލްޓައިމް އެމްޕީއެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ރެކޯޑެކެވެ.

2009ގެ ކުރިން ފުލްޓައިމް އެމްޕީން ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާނުކޮށް ހަމައެކަނި މަޖިލިސް މެންބަރުކަން ކުރުން ލާޒިމުނުވާ ދުވަސްވަރުން ފެށިގެން ކަމުގައިވީތީއެވެ. އަދި ކީއްތޯއެވެ. ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރ، މައިނޯރިޓީ ލީޑަރ، މެޖޯރިޓީ ލީޑަރކަން އަދާކުރެއްވިއެވެ. މަޖިލީހުގެ މުހިންމު ކޮމެޓީތަކުގައި އުޅުއްވިއެވެ. އޭގެތެރެއިން ބައެއް ކޮމެޓީގެ މުގައްރިރުވެސްމެއެވެ. ދެފަހަރެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން (ރައްޔިތުންގެ މަޖިލިސްގެ މެންބަރުގެ ހައިސިއްޔަތުން) ފުރިހަމަ ކުރެއްވިއެވެ.

ވީމާ، މަޖިލީހުގައި ދެއްކެވި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި މެދުމިންކަމާއި ރިވެތި ސުލޫކާއި މާތް އަޚުލާގު އެއީ މުޅި މަޖިލީހުގެ ތާރީޚުގެ ލާމަސީލު ނަމޫނާއެވެ.

ބަޔާންކުރެވުނު ކަންކަމާއި އަދި ސިޔާސީ ހަޔާތް ހަމައެކަނި މަޖިލީހުން ފަށްޓަވައި މަޖިލީހުގެ 25 ވަރަކަށް އަހަރުގެ ތަޖުރިބާއާއެކު ދިވެހި ގައުމުގެ އެންމެ މަތީ މަގާމު (ރައީސުލްޖުމްހޫރިއްޔާގެ މަގާމު) ލިބިވަޑައިގެންނެވުމުން، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެ އުސް ތަނބުގެ ރިކޯޑުވެސް އެމަނކުފާނަށް ލިބިވަޑައިގެންފިއެވެ.

1990ގެ އަހަރުތަކުން ފެށިގެން މިވީ 31 އަހަރު ރާއްޖޭގެ ސިޔާސީ އިސްލާހީ ހުރިހާ ހަރަކާތްތަކެއްގަޔާއި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރެވުނު ކަންކަމުގައި އިސްކޮށް އުޅުއްވި ރިފޯމިސްޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް