Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. ވިސްނާންވީ ކަންތައް ބައިވަރެވެ.

ޢޮޑިޔަކަށް ފެނާއި ކާބޯތަކެތި ލާނީ ދަތުރުވެރިން ތިބި އަދަދަށް ބަލައިގެން

ރާއްޖެ އެމްވީ | 11 ޖުލައި 2021 | އާދީއްތަ 11:58
ރާއްޖޭގެ ވެރިރަށް މާލެ މީގެ 120 އަހަރު ކުރީގައި: އޭރު މާލޭގައި ދިރިއުޅުނީ ގާތްގަޑަކަށް ފަސް ހާސް މީހުން

ރާއްޖޭގެ ވެރިރަށް މާލެ މީގެ 120 އަހަރު ކުރީގައި: އޭރު މާލޭގައި ދިރިއުޅުނީ ގާތްގަޑަކަށް ފަސް ހާސް މީހުން

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ އެގާރަވަނަ ދުވަހަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. މިއަދަކީ އެދުވަހެވެ. މިދުވަހަކީ ދުނިޔެއިން ލިބެންހުރި ވަސީލަތްތަކާ ނުބައްދަލު މިންވަރަކަށް އާބާދީ އިތުރުވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި އަދި ނުކުންނާނޭ މައްސަލަތަކަށް މީސްތަކުން އަހުލުވެރިކޮށް އާބާދީ ކޮންޓްރޯލް ކުރުމަށް ހިތްވަރުދީ ބާރު އެޅުމަށްޓަކައި އދ އިސްވެ އޮވެގެން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފާހަގަ ކުރަމުންދާ ވަރަށް މުހިއްމު ދުވަހެކެވެ. މިދުވަސް ފާހަގަ ކުރަމުން އަންނަނީ 11 ޖުލައި 1987ން ފެށިގެންނެވެ. އެ ތާރީޚަކީ ދުނިޔޭގެ އާބާދީ 5 ބިލިޔަނަށް އެރިކަމަށް އަންދާޒާ ކުރެވޭ ދުވަހެވެ. އޭގެފަހުން ފާއިތުވެގެންދިޔަ 34 އަހަރުގެ ތެރޭގައި ދުނިޔޭގެ އާބާދީއަށް 2.7 ބިލިޔަން މީހުން އިތުރުވެއްޖެއެވެ. މިވަގުތު ދުނިޔޭގެ އާބާދީކަމުގައި ބެލެވޭ އަދަދަކީ 7.7 ބިލިޔަނެވެ.

އާބާދީ ތައުލީމާއި ދިވެހިރާއްޖެއާ އޮތް ގުޅުމަކީ ކޮބައިބާވައެވެ. ރާއްޖޭގައިވެސް މިދުވަސް ކޮންމެ އަހަރަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އާބާދީ ކޮންޓްރޯލް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އާބާދީ ތައުލީމުގެ ނަމުގައި މީސްތަކުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ރައީސް މައުމޫނުގެ ދައުރުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށް ފުޅާކޮށް ވަނީ ހިންގިފައެވެ. އާބާދީ އެވޯޑުގެ ނަމުގައި ރަށްރަށަށް އެވޯޑު ދިނުންވެސް އެދައުރުގައި ކުރިއަށް ގެންދެވުނެވެ. ރާއްޖެއަކީ ރަށްތައް ކުދިވެފައި ވަސީލަތްތައް މަދުވެފައި އަދި ކާނާގެ ބާވަތްތައް މައިގަޑުގޮތެއްގައި ބޭރުން ގެންނަ ގައުމަކަށްވާތީ އާބާދީ އިތުރުވުމުގެ ގޮންޖެހުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ސީރިއަސް ގޮންޖެހުމެކެވެ.

ރާއްޖޭގެ އާބާދީއަކީ ދުނިޔެއަށް ނިސްބަތްކުރާއިރު އެއްވެސް އެއްޗަކަށް ނުވެއެވެ. އެކަމަކު ރާއްޖެއިން ލިބެންހުރި އެއްޗަކާއި ރާއްޖޭގެ ހާލަތަށް ނިސްބަތްކުރާއިރު އެކަށޭނަ މިންވަރަށްވުރެ ރާއްޖޭގެ އާބާދީ ބޮޑެވެ. ދާއިމީގޮތަކަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް ހިމަނައިގެން މިވަގުތު ރާއްޖޭގެ އާބާދީ އުޅެނީ ބައިމިލިޔަނުގައެވެ. އެއީ މީގެ 110 އަހަރު ކުރިން ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގެ ކުރީކޮޅު ބޯހިމަނައިގެން ރާއްޖޭގެ އާބާދީކަމަށް ރިކޯޑު ކުރެވިފައިވާ އަދަދަށްވުރެ ގާތްގަޑަކަށް 8 ގުނަ އިތުރު އަދަދެކެވެ. އޭރުގެ ބޯހިމެނުންތަކުންވެސް ސޯޅިޔާއިންނާއި މަލާބާރީން ފެނެއެވެ. ސޯޅިޔާއިންނަކީ ސްރީލަންކާ މީހުންނެވެ. މަލާބާރީންނަކީ އިންޑިޔާ މީހުންނެވެ.

ރާއްޖޭގެ އަސްލު ހާލަތު ދެނެގަތުމާއި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރުގެ ތަސްވީރެއް ކުރަހައިލުމުގެ ޚިޔާލާއި ފިކުރު އެންމެ ފުރަތަމަ އުފަންވެގެން އައީ ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ދައުރުގައެވެ. އެރަދުން ރަސްކަން ކުރެއްވީ މީލާދީން 1799 ވަނަ އަހަރުން ފެށިގެން 1835 ވަނަ އަހަރާ ހަމައަށެވެ. އެއީ ވަރަށް ދިގު ދައުރެކެވެ. ރާއްޖޭގެ ރަށްރަށާއި ފަރުފަރާއި އަތޮޅުތަކާއި ކަނޑުފަޅުގެ ޗާޓެއް ފުރަތަމަ ވުޖޫދުވެގެން އައީ އެ ރަސްކަމުގައެވެ. ހަމައެހެންމެ ރަދުންނަށް ވަރުވާ ދައްކާން ތިބި ދިވެހީންގެ އަދަދާއި އެމީހުންގެ ކެރިފޯރުންތެރިކަމާއި މިކަންކަމުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ ޚިޔާލު އުފަންވެގެން އައީވެސް އެ ދައުރުގައެވެ. ފަހަރުގައި މިކަންކަމުގެ ޚިޔާލު އުފެދުމަށް މެދުވެރިވީ ސަބަބަކީ މަޝްހޫރު ކޭލަކުނު ތަލާލި ބޮޑު ވިއްސާރަ ކަމަށް ވެދާނެއެވެ. އެއީ ބޮޑުވެގެންވި ގުދުރަތީ ކާރިސާއެކެވެ. ގިނަ ރަށްރަށް ފަޅުވެގެންދިޔަ ކާރިސާއެކެވެ. އެކަމެއްވެސް ހިނގީ މުއީނުއްދީނުގެ ރަސްކަމުގެ ދައުރުގައެވެ.

އެދުވަސްވަރު އެއްކުރި މައުލޫމާތުގެ ކަރުދާހެއް ނުވަތަ ޗާޓެއް މިއަދު އެއްވެސްތާކުން ފެންނާކަށް ނެތެވެ. ރާއްޖޭގެ އާބާދީއާމެދު ކިރިޔާވެސް އަލިކަމެއް ލިބެން އޮތީ ކުރިން ދެންނެވިހެން ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގައި 1911 ވަނަ އަހަރު އެއްކުރެވުނު މައުލޫމާތެވެ. އޭގައި ބުނާގޮތުން ރާއްޖޭގެ އާބާދީއަކީ 72237 އެވެ. މަސައްކަތްކުރާ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި 14386 ފިރިހެނުންނަކީ މަސްވެރިންނެވެ. އަންހެނުންގެ 34 އިންސައްތަ ކަމުގައިވި 10486 މީހުންނަކީ ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތް ކުރާ މީހުންނެވެ. މިއިން އެނގެނީ ދިވެހިންނަކީ ހީވާގި މުރާލި މަސައްކަތްތެރި ބައެއްކަމެވެ. އެދުވަސްވަރު ރާއްޖޭގެ އެންމެ ބައިމަދު ރަށެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ 28 މީހުން ތިބި އަރިއަތޮޅު މަޑޫގައްޔެވެ. މިހާރު އެއީ މީހުން ދިރިނޫޅޭ ރަށެކެވެ. ރިސޯޓެކެވެ.

ގެދޮރަށް ބަލާއިރު މުޅި ރާއްޖޭގައި އޭރު ހުރީ 13781 ގެ ކަންވެސް ފާހަގަކޮށްފައިވެއެވެ. ވެރިރަށް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ރެޖިސްޓްރީ ނުކުރާ ގެއެއް ނެތި ހުރިހާ ގެއެއްގެ ރެޖިސްޓްރީ ހަދަން ފެށުނީ މީގެ 60 ވަރަކަށް އަހަރު ކުރިން 1 ޖަނަވަރީ 1959ގަައެވެ. އެއީ އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި އަދި ސުލްތާން މުހައްމަދު ފަރީދު އެއްވަނައިގެ ރަސްކަމުގަައެވެ. ހުރިހާ ރަށެއްގައި އިދާރާތައް ގާއިމު ކުރެވުނީވެސް އަދި ވިހާމަރުވާއާއި އަދި މިނޫންވެސް އިދާރީ ހިސާބުކިތާބު ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން ފެށުނީވެސް އެ ތާރީޚުގައެވެ.

ކުރީޒަމާނުގައި ދިގު ދަތުރެއްގައި އޮޑިފަހަރު ފުރާއިރު ދަތުރުވެރީންގެ އަދަދާއި ދަތުރުގެ ދިގުމިނާއި ދަތުރުގައި ހޭދަވާނޭ މުއްދަތަށް ބަލައިގެން ދަރާއި ފެނާއި ކޮއްތު އޮޑިޔަށް ލައެވެ. ގައުމަކަށް ނިސްބަތްކުރާނަމަ އެގައުމެއްގެ ދަތުރު އޮމާންވެފައި އަމާންވާނީވެސް އެގައުމުގައި ތިބީ ކިތައް މީހުންކަމާއި ވަސީލަތްތައް ބޭނުންކުރަންތިބީ ކިތައް މީހުންކަން އެނގިގެންނެވެ. ކުރިމަގަށް ކަންކަން ރާވައި ހިންގޭނީވެސް ކާންބޯން ތިބީ ކިތައް މީހުންކަމާއި ކަރަންޓާއި ފެނާއި ނަރުދަމާ ބޭނުންކުރަން ތިބީ ކިތައް މީހުންކަމާއި އެމީހުންގެ އަދަދު ވަނީ އިތުރުތޯ ނުވަތަ ދަނީ ދަށަށްތޯ އެނގިގެންނެވެ. މިޒަމާނުގައި ބޯހިމަނަނީ މި ބޭނުމުގައެވެ. ތަފާސްހިސާބު އެއްކުރަނީ މިބޭނުމުގައެވެ.

ޝަމްސުއްދީނުގެ ދައުރުގައި ފެށުނު ބޯހިމެނުން ކޮންމެ ފަސްއަހަރަކުން އެއްފަހަރު އައީ ބާއްވަމުން ކަމަށް ބުނެވެއެވެ. އެގޮތުން މިހާތަނަށް އެއްކުރެވުނު ހުރިހާ މައުލޫމާތެއް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ހުންނާނެ ކަމަށް ގަބޫލުކުރެވެއެވެ. ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެކިއެކި މަޝްރޫއުތައް ހިންގާއިރު އެންމެ ބޮޑަށް ރިއާޔަތް ކުރެވޭ އެއްޗަކީ އެންމެފަހުގެ ތަފާސްހިސާބު ކަމަށް ގަބޫލު ކުރެވެއެވެ. ވެކްސިން ގެނަޔަސް ކާބޯތަކެތި އެތެރެކުރިޔަސް ބަލިމަޑުކަމެއް ހުއްޓުވުމަށް ފިޔަވަޅު އެޅި ކަމުގައިވިޔަސް އެކަންކަން ރޭވިގެން ހިންގޭނީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށްގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ރާއްޖޭގެ އާބާދީ އިތުރުކުރުން ނުހަނު މުހިންމު

ރާއްޖޭގެ އާބާދީ އިތުރުކުރުން ނުހަނު މުހިންމު

11 ޖުލައި 2023
ދުނިޔޭގެ ތިމާވެށީގެ ދުވަސް

ދުނިޔޭގެ ތިމާވެށީގެ ދުވަސް

07 ޖޫން 2023
މިއަދަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އަލިމަސްޔޫބީލު ފުރިހަމަވި ދުވަސް!

މިއަދަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އަލިމަސްޔޫބީލު ފުރިހަމަވި ދުވަސް!

24 އެޕްރީލު 2023
ގަރުނެއްގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް

ގަރުނެއްގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް

13 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު