Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަދަލުދިނުން

ގަވާއިދާ ޚިލާފަށް ވަކިކުރުމާއި ގުޅިގެން 17 މީހަކަށް 2.7 މިލިއަން ރުފިޔާ 2021 ގައި ދީފައިވޭ

24 އެޕްރީލު 2023 | ހޯމަ 10:09

މާލެ ސިޓީ ކައުންސިލް އިދާރާގައި މަސައްކަތް ކުރި ސެކްރެޓަރީ ޖެނެރެލަކަށް 457،769 ރުފިޔާ ދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އެޕްރީލު 2023 | ހޯމަ 10:09
2021 ގައި 17 ފަރާތަކަށް ބަދަލު ދޭންޖެހުނު

2021 ގައި 17 ފަރާތަކަށް ބަދަލު ދޭންޖެހުނު

ގަވާއިދާ ހިލާފަށް ވަކިކުރުމާއި ގުޅިގެން ކޯޓު ހުކުމާ އެއްގޮތަށް 17 މީހަކަށް 2.7 މިލިއަން ރުފިޔާ 2021 ގައި ދީފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން 2021 ވަނަ އަހަރު ކޮށްފައިވާ ޚަރަދުގެ ތެރޭގައި ހިމެނޭ، ސަރުކާރަށްވީ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށް ދޭ ފައިސާގެ ގޮތުގައި 2،764،499 (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއަކީ، ދައުލަތުގެ 9 މުއައްސަސާއެއްގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ޚިދުމަތްު ކުރަމުން ދިޔަ 17 މީހަކު، އެމީހުން ވަޒީފާއިން ވަކިވުމަށް ހުށަހެޅުމަކާ ނުލައި، ވަޒީފާއިން ވަކިކުރާނަމަ ފުރިހަމަވުމަށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު 2014 އަދި ވަޒީފާބެހޭ ޤާނޫނުުގައި، ލާޒިމް ކޮށްފައިވާ ބައެއްކަން ފުރިހަމަ ނުކޮށް ވަކި ކޮށްފައިވާތީ، ކޯޓުގެ ޙުކުމާ ގުޅިގެން ބަދަލުގެ ގޮތުގައި އެފަރާތްތަކަށް ދީފައިވާ ފައިސާއެވެ.

މި 9 މައްސަލައިގެ ތެރެއިން 5 މައްސަލަ (ނަންބަރު 4،5،7،8،9) ވަޒީފާބެހޭ ޓްރައިބިއުނަލުން ކޮމިޝަނާ ދެކޮޅަށް ނިންމުމުން، ހައިކޯޓުުގައި އިސްތިއުނާފު ނުކޮށް ޓްރައިބިއުނަލުގެ ނިންމުމަށް ކޮމިޝަނުން ޢަމަލުކޮށްފައިވެއެވެ. އަދި 2 މައްސަލައިގައި (ނަންބަރުު 1 އަދި 3) ގައި ޓްރައިބިއުނަލުން ނުވަތަ ސިވިލް ކޯޓުުން ސިވިލް ސަރވިސް ކޮމިޝަނާ އެއްކޮޅަށް މައްސަލަ ނިންމުމުން، މައްސަލަ ހުށަހެޅި ފަރާތުން ހައިކޯޓުުގައި އިސްތިއުނާފުކޮށް، ހައިކޯޓުން ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމާފައިވެއެވެ.

އަދި 2 މައްސަލައިގައި (ނަންބަރުު 2 އަދި 6) ވަޒީފާއާބެހޭ ޓްރައިބިއުނަލުުން ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމުމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓަން ހައިކޯޓުން ނިންމާފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން 4 ވަނަ ނަންބަރުގައި ހިމެނޭ މައްސަލައިގެ ނިންމުން އިސްތިއުނާފު ނުކޮށް ހުކުމް ތަންފީޒުުކުރުން ލަސްކުރުމުގެ ސަބަބުން 206،991 (ދެލައްކަ ހަހާސް ނުވަސަތޭކަ ނުވަދިހަ އެއް) ރުފިޔާ ކޮމިޝަނުން އިތުރަށް ޚަރަދުކުރަން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ހުކުމް ތަންފީޒުކުރުން ލަސްކުރި ސަބަބެއް ލިޔުންތަކުން ފެންނާކަށް ނެތެވެ.

ކޮމިޝަނުން އިސްތިއުނާފު ނުކޮށް ނިންމާފައިވާ 5 މައްސަލައިގައި (ނަންބަރުު 4،5،7،8،9) އިސްތިއުުނާފު ނުކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ ކޮމިޝަނުގެ ޤާނޫނީ ވަކީލުން، އެމައްސަލަތައް ހިނގާފައިވާ ގޮތްބެލުމަށްފަހު އެ މައްސަލަތައް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރިނަމަވެސް ކޮމިޝަނުގެ ނިންމުން ދިފާޢުކުރަން ދަތިވާނެކަމަށް ކޮމިޝަނުުގެ ޤާނޫނީ ވަކީލުން ލަފާދީފައިވާތީކަމުގައި ފާހަގަކުރެވެއެވެ.

މަތީ ކޯޓުތަކުގައި މައްސަލަތައް އިސްތިއުނާފުކުރުމުން މައްސަލަތައް ކާމިޔާބު ނުވާނެކަމަށް ފަހުގެ މަރުހަލާތަކުގައި ކޮމިޝަނަށް ޤާނޫނީ ލަފާ ލިބެން މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެނީ އެ މައްސަލަތަކުގައި ސިވިލް ސަރވިސްގެ މުއައްސަސާތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާއިރު ކަމާގުޅުންހުރި ޤާނޫނުުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކޮށްފައިވާކަން ފުރިހަމައަށް ބަލާފައިނުވާތީކަން ފާހަގަކުރެވެއެވެ. މީގެއިތުރުން މުއައްސަސާތަކުގެ ހުށަހެޅުންތަކާ އެއްގޮތަށް މައްސަލަތަކުގައި ގޮތް ނިންމުމުގައި ކޮމިޝަނުން ޤާނޫނީ ޑިއުުޑެލިޖެންސް ނުހެދި އޮތުންވެސް މިކަމުގެ ސަބަބެއް ކަމުގައިބެލެވޭ ކަމަށް އޮޑިޓް ރިޕޯޓް ގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް