Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިޔުކޭޝަންގެ އުސޫލުތައް

ބަޔަކު މީހުން މުޒާހަރާކޮށްގެން އެޑިޔުކޭޝަންގެ އުސޫލުތަކަކަށް ބަދަލެއް ނުގެންނަން: މިނިސްޓަރު

23 އެޕްރީލު 2023 | އާދީއްތަ 14:10

އުސޫލުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ޓެކްނިކަލް ޓީމެއް އޮވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2023 | އާދީއްތަ 14:10
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

ބަޔަކު މީހުން މުޒާހަރާކޮށްގެން އެޑިޔުކޭޝަންގެ އުސޫލުތަކަށް ބަދަލު ނުގެންނަކަމަށް، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހުގައި ކުރެއްވިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އުސޫލުތަކަށް ބަދަލު ގެނައުމުގައި ވަކި މަރުހަލާތަކެއް އޮންނަ ކަމަށާއި، އެ މަސައްކަތް ކުރުމަށް ވަކި ޚާއްސަ ޓެކްނިކަލް ޓީމެއް އޮންނަކަމަށެވެ. އަދި ވިދާޅުވީ އުސޫލަކަށް ބަދަލު ގެންނަންޖެހޭ ހާލަތެއްގައި އެމަސައްކަތް ކުރާނީ ޓެކްނިކަލް ކޮމިޓީން ބެލުމަށްފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދާދި ފަހުން އުސޫލުތަކަށް ބަދަލު ގެނައީ ތައުލީމުގެ ގާނޫނާ ގުޅިގެން ކަމަށެވެ. އެއީ ބަޔަކު މީހުން މުޒާހަރާކޮށްގެން ގެންނަ ބަދަލެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޔަކު މީހުން މުޒާހަރާއެއް ކޮށްގެން އުސޫލުތަކަށް ބަދަލު ނުގެންނަ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، މެމްބަރު އަލީ އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ބައެއް ބެލެނިވެރިންނާއި، ދަރިވަރުން ނުކުމެ މުޒާހަރާ ކުރުމުން ވަރަށް އަވަހަށް އުސޫލުތަކަށް ބަދަލު އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތަށް އުސޫލުތަކަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް ބަދަލު ގެނައީ ކޮން އުސޫލަކަށް ކަމެއް މެމްބަރު ވިދާޅުވެފައެއް ނުވެއެވެ.

މިފަހުން އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅު ބަދަލުތަކެއް ބައެއް އުސޫލުތަކަށް ވަނީ ގެނެސްފައެވެ. އެގޮތުން އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ވެސް އޯލެވެލް އަދި އޭލެވެލްގެ ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވެއެވެ.

މީގެ ކުރިން އަރަބިއްޔާ ސްކޫލުން ކިޔަވާ ދަރިވަރުންނަށް ގަދަ 10ގައި ވާދައެއް ނުކުރެވެ އެވެ. ނަމަވެސް އޭޕްރީލް މަހުގެ 4 ވީ އަންގާރަ ދުވަހު އުސޫލު ބަދަލު ގެނެސްފައިވަނީ ގަދަ 10ގައި އަރަބިއްޔާ ސްކޫލަށް ވާދަކުރެވޭގޮތަށެވެ. އުސޫލުގައި ބުނެފައި ވަނީ ގަދަ 10 ހޮވުމަށް މީގެ ކުރިން އިނގިރޭސި މީޑިއަމަށް ބެލި ނަމަވެސް އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި ޝަހާދާއި އިއުދާދީ އިމްތިހާނުގެ ނަތީޖާ ވެސް ގަބޫލުކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް