Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ތިން ފަހަރު މަތިން ކުރިހޯދައިގެން، ލިވަޕޫލްގެ ޗެމްޕިއަންސް ލީގަށް އުންމީދެއް!

ލިވަޕޫލް އޮތީ ހަތްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 އެޕްރީލު 2023 | ހޮނިހިރު 16:36
ސަލާހު - ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު

ސަލާހު - ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު

ތިން ފަހަރަށް ކުރިހޯދައިގެން, ރެލިގޭޝަންގައި އޮތް ނޮޓިންގހަމް ފޮރެސްޓް އަތުން މޮޅުވެ ޗެމްޕިއަންސްލީގު ޖާގައެއްގެ އުންމީދު ލިވަޕޫލުން ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-2ންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު، ފަސް ލަނޑުވެސް ފެނުނީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ލިވަޕޫލަށް ކުރިހޯދައިދިނީ ޖޮޓާއެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ވިލިއަމްސް ލަނޑެއް ޖަހައި ނޮޓިންގހަމް ފޮރެސްޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ތިން މިނިޓްފަހުން ލިވަޕޫލަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީވެސް ޖޮޓާއެވެ. ނޮޓިންގހަމް ފޮރެސްޓުން ދެވަނަ ފަހަރަށް އެއްވަރުކުރީ ގިބްސް ވައިޓް ޖެހި ލަނޑުންނެވެ. ނޮޓިންގހަމް ފޮރެސްޓުން ޖެހި ދެ ގޯލްވެސް އެލިސަން ބެކާ ބެލެހެއްޓި ގޯލަށް ވަނީ، ޑިފެންޑަރެއް ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ. ލިވަޕޫލް މެޗު ކާމިޔާބުކުރީ 70 ވަނަ މިނިޓްގައި ސަލާހު ޖެހި ލަނޑުންނެވެ. އެލަނޑު ބަލައިގަތުމަށް ނިންމީ، ވީއޭއާރުން އޮފްސައިޑްތޯ ބެލުމަށްފަހުއެވެ. މިއީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ސަލާހުގެ 16 ވަނަ ގޯލެވެ.

މެޗުން މޮޅުވެ، ލިވަޕޫލް އޮތީ 31 މެޗުން 50 ޕޮއިންޓާއެކު، ހަތްވަނާގައެވެ. ހަތަރުވަނާގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއީ ނިއުކާސަލްއަށްވުރެ އިތުރަށް ލިވަޕޫލުން މެޗެއް ކުޅެގެންނެވެ. ނޮޓިންގހަމް ފޮރެސްޓް އޮތީ 27 ޕޮއިންޓާއެކު، ތާވަލްގެ ފަހަތުން ދެވަނާގައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު