Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނިހޫނުމިން

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2023 | ހޮނިހިރު 13:04
ހޫނުން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ސަމާލުކަން ދިނުން މުހިންމު

ހޫނުން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ސަމާލުކަން ދިނުން މުހިންމު

ރާއްޖޭގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ, އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށެވެ. މިދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވެއެވެ. މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރެވެ.

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހަނިމާދޫއާއި ކައްދޫއަށް 40.4 ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވާނެކަމަށާއި، އެންމެ ދަށްކޮށްވެސް މި 2 ސަރަހައްދަށް ފިނިހޫނުމިން ހުންނާނީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.

އެހެނިހެން ހިސާބުތަކަށް ބަލާއިރު، ހުޅުލެއަށް 39.3 ޑިގްރީ ސެލްސިއަސްއަށް އެންމެ ހޫނުވާނެކަމަށް ލަފާކުރެވޭއިރު، އެންމެ ދަށްވާނީ 31.6 ޑިގްރީ ސެލްސިއަސްއަށެވެ. ކާޑެއްދޫއަށް 39.6 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އެންމެ ދަށްކޮށް ހުންނާނީ 31.6 ޑިގްރީ ސެލްސިއަސްގައި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އެންމެ ދެކުނުން ގަމުގެ ފިނިހޫނުމިން 39.8 ޑިގްރީ ސެލްސިއަސްގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އެންމެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ 31.8 ޑިގްރީ ސެލްސިއަސްއަށެވެ.

ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި؛

ވަރުދެރަވުން، ބޮލުގައި ރިއްސައި ބޯއެނބުރުން، ނުވަތަ އަކުނިވަޔަށްދެމުން ފަދަ އަލާމާތްތައް ފެންނަނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

ތުއްތުކުދިންނަށް ސަމާލުކަންދިނުން؛

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް؛

ހޫނު ގަދަވުމުގެ ސަބަބުން ބައެއް ސިއްހީ މައްސަލަތައް ދިމާވެދާނެއެވެ. މިކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ގެއިން ބޭރަށް ނުކުންނައިރުވެސް މި ކަމަށް ސަމާލުކަން ދީގެން ނުކުތުން މުހިންމެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
03 އެޕްރީލު 2017

ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 އެޕްރީލު 2017
ސައުދު ފަދައިން އެހެން މެންބަރުން ވެސް ރައްޔިތުންގެ ކޮޅަށް އަރާވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު