Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޯޕަން 2023

ފުރަތަމަ މެޗު ކާމިޔާބުކޮށް ފަޔާޒަށް ތާރީޚީ މޮޅެއް

ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީގެ މައްޗަށް ފަޔާޒް ކުރި ހޯދީ 7-6 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2023 | ހޮނިހިރު 09:34
މޯލްޑިވްސް އޯޕަން 2023 ގައި ރާއްޖޭގެ ފަޔާޒް ވާދަކުރަނީ

މޯލްޑިވްސް އޯޕަން 2023 ގައި ރާއްޖޭގެ ފަޔާޒް ވާދަކުރަނީ

ރާއްޖޭގައި ކުރިއަށްދާ މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ރާއްޖޭގެ ޙުސެއިން ފަޔާޒް ތާރީޚީ މޮޅެއް ހޯދައިފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ ބިލިއާޑުގެ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އެތުލީޓުންނާއެކު ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖެއިން ވާދަ ކުރަނީ 16 ކުޅުންތެރިންނެވެ. މުބާރާތުގައި ހޮނިހިރު ދުވަހު ކުރިއަށް ދަނީ ގްރޫޕް ސްޓޭޖު މެޗުތަކުގެ ކުޅުމެވެ.

ފަޔާޒްގެ ފުރަތަމަ މެޗުގައި އޭނާ ވަނީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗު ފަޔާާޒް ކާމިޔާބު ކުރީ 7-6 ގެ ފްރޭމަކުންނެވެ. މެޗު ފަށައިގެން ކުރީ ކޮޅު ފަޔާޒް ލީޑު ނެގި ނަމަވެސް، ނިކޮލަސް ވަނީ އެއްްވަރުކޮށް، ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ލީޑު ހޯދައި، ފަޔާޒް ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި ފަޔާޒް ކުޅުނު ދެ ވަނަ މެޗުން ވަނީ ބަލިވެފަ އެވެ. އެއީ އިންޑޮނޭޝިއާގެ ބިލީ ރޮބިއަންސިޔާ އަތުންނެވެ. މެޗު ރޮބިއަންސިޔާ ކާމިޔާބު ކުރީ 3-7 އިންނެވެ. ގްރޫޕް ސްޓޭޖުގައި ފަޔާޒަށް ބާކީ އެއް މެޗު އަދި އޮންނާނެ އެވެެ. ހޮނިހިރު ދުވަހުގެ ރޭ (މިރޭ) ކުޅޭ މެޗުން މޮޅުވެ ފަޔާޒަށް އަނެއް ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ.

މުބާރާތުގަައި ހޮނިހިރު ދުވަހު ކުރިއަށް ދާނީ ގްރޫޕް ސްޓޭޖުގެ ކުޅުމެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު