Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ އެމްޑީޕީގެ މެމް

"ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ އެމްޑީޕީ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާދިނުމަށް ޕާޓީ އަށް އަދި ހުށަނާޅާ، އެ މަސައްކަތް ދަނީ ކުރިއަށް"

22 އެޕްރީލު 2023 | ހޮނިހިރު 09:50

މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށް ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އެޕްރީލު 2023 | ހޮނިހިރު 09:50
މަޖިލީހުގެ މެމްބަރުން

މަޖިލީހުގެ މެމްބަރުން

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ އެމްޑީޕީ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާދިނުމަށް ޕާޓީ އަށް އަދި ހުށަނާޅާ ކަމަށާއި އެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި މެދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުންނެވެ. ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ އެޕްރިލް މަހުގެ 19 ވަނަ ދުވަހު ނިންމާފައެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި އެ މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށްވެސް ޕީޖީ ގްރޫޕުން ވަނީ ނިންމަވާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ މިހާރު ޕާޓީ އަށް ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އަދި އެ މައްސަލަ ހުށަ ނާޅާ ކަމަށެވެ. ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކުރުމަށް ނިންމާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ވަކިކުރަން ނިންމާފައިވާ މެމްބަރުން ހިމެނޭ ކޮމިޓީތަކުގެ ތަފްސީލަށް ބަލާއިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަކީ އާންމު ކޮމިޓީގެ މުޤައްރިރެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއް ލަތީފްއަކީ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުޤައްރިރެވެ. އޭގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަކީ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރެވެ. އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މުޤައްރިރެވެ.

ނަމަވެސް އެ ނޫން އެހެން މެމްބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އާއި މަޖިލީހުގެ ކޮމިޓީގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވައެވެ. އެހެންކަމުން އެފަދަ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމާއި މެދު ގޮތެއް ނިންމާފައިވޭތޯ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އެ މަޝްވަރާތައް އަދި ދަނީ ކުރިއަށް ކަމަށެވެ. އަދި އެ މެމްބަރުންނަށް އަޅާނެ ފިޔަވަޅަކާއި އެ ފަދަ މެމްބަރުންނާއި މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޕާލިމަންޓަރީ ގްރޫޕުގެ ހިންގާ ގަވާއިދުގައި ވާގޮތުން ޕީޖީ ގްރޫޕުން ފާސްކޮށްފައިވާ ތްރީލައިން ވިޕަކާއި ޚިލާފުވެއްޖެނަމަ 4 މަރުޙަލާއަކަށް ބަހާލައިގެން ފިޔަވަޅު އެޅިދާނެއެވެ. އެގޮތުން ފުރަތަމަ ފަހަރު ތްރީލައިން ވިޕާއި ޚިލާފު ވެއްޖެނަމަ އަނގަބަހުން ނަސޭޙަތް ދިނުމާއި، ދެވަނަ ފަހަރު ޚިލާފު ވެއްޖެނަމަ ލިޔުމުން ނަސޭޙަތް ދިނުމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި ދެ ވަނަ ފަހަރު ތްރީލައިން ވިޕަކާއި ޚިލާފު ވެއްޖެނަމަ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ނުވަތަ ޕާޓީގެ އެހެންވެސް މަޤާމެއްގައި ހުރިނަމަ އެ މަޤާމަކުން ވަކިކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕާޓީގެ ސްލޮޓްއެއްގައި މަޖިލީހުގެ ކޮމިޓީއެއްގައި ހުރެ މުޤައްރިރު ނުވަތަ މުޤަރިރުގެ ނައިބު ކަމުގައި އެމީހަކު އެކޮމިޓީއަކުން ވަކިކުރަން ޕާލިމަންޓަރީ ގްރޫޕަށް ހުށަހަޅަންވާނެކަމަށް ވެސް ބުނެފައިވެއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތްކުރާ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ޕީޖީ ގްރޫޕަށް މައްސަލަ އެއް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ. އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ ފިޔަވަޅު އެޅުމުގެ ކުރިން ވަކިވަކި މެންބަރުންނަށް ޕީޖީ ލީޑަރޝިޕްގެ ފަރާތުން ބައްދަލުކޮށް އެ މެންބަރުން ނިންމާ ގޮތުގެ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ޕީޖީ އަށް ހުށަހެޅުމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވުމާއި، ސަރުކާރާއި ދެކޮޅަށް މަޖިލީހަށް ގަރާރުތަކާއި މައްސަލަތައް ހުށަހަޅާ، އެ ބޭފުޅުން ތިއްބަވާ ކޮމިޓީތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށް އެ ހުށަހެޅުމުގައި ވެއެވެ. އަދި އެފަދަ އަމަލުތައް ކުރަމުންދާ ބައެއް މެންބަރުންނަކީ އެމްޑީޕީގެ ސްލޮޓުގައި ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވާ ބޭފުޅުންކަން މުޣުނީގެ ހުށަހެޅުމުގައި ފާހަގަކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް