Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރެމިއާ ލީގް

ކީޕަރު މިސްޓޭކް ހަދައި އާސެނަލް ބޮނޑިބޮއިފި

އާސެނަލް އާއި ސައުތެމްޓަން ކުޅުނު މެޗު ނިމުނީ 3-3އިން އެއްވަރުވެގެން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 22 އެޕްރީލު 2023 | ހޮނިހިރު 02:18
ފުރަތަމަ ގޯލަށް ފަހު ކީޕަރު މާޔޫސްވެ ޖާޒީ މައްޗަށް ނަގައިގެން

ފުރަތަމަ ގޯލަށް ފަހު ކީޕަރު މާޔޫސްވެ ޖާޒީ މައްޗަށް ނަގައިގެން

މެޗުގެ ފުރަތަމަ ސިކުންތުގައި ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހާއެކު ޓޭބަލުގެ ފުލުގައި އޮތް ސައުތެމްއަޓުން އަތުން މޮޅުނުވެވި އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު އާސެނަލް ގެއްލުވާލައިފި އެވެ.

މި ސީޒަނުގައި ޓޭބަލުގައި ބޮޑު ލީޑެއް ލިބުނު އާސެނަލްގެ ލީޑް ހަނިވަމުން އައިސް މިހާރު ވަނީ އެލީޑް ދެމެހެއްޓުމުގެ ހުރިހާ ބާރެއް ގެއްލިފަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ހަ މެޗު އޮތްއިރު އާސެނަލް އަށް ލިބިފައިވަނީ 32 މެޗުން 75 ޕޮއިންޓެވެ. ނަމަވެސް ސައުތެމްޓަން މެޗު އެއްވަރުވުމުން، ދެ މެޗު މަދުން ކުޅެފައިވާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 32 މެޗުން މިހާރު 76 ޕޮއިންޓް ހޯދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ނަޒަރުގައި ލީގު ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅިގެންދާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި އާސެނަލް އާއި ސިޓީ ކުޅޭ މެޗުންނެވެ.

މި މެޗުން މޮޅުނުވެވުމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މެޗު ގެއްލުނީ ގޯސްތަކެއް ހެދިގެން ކަމަށާއި މިސްޓޭޖަކީވެސް ފުޓްބޯޅައިގެ ބައެއް ކަމަށެވެ.

މެޗަށް ފަހު އާސެނަލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް ވެސް ބުނީ އާސެނަލް އަކީ ލީގުގައި އޮތް އެންމެ ޒުވާން ޓީމު ކަމަށާއި ކޮންމެ މީހަކަށް ވެސް މިސްޓޭކް ހެދިދާނެ ކަމަށެވެ. މިހެންވެ ނެގެޓިވް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

ކޯޗު ބުނީ މި މެޗުގައި އާސެނަލް އަށް އަމިއްލަ ގޯސްހެދިގެން މެޗުން ތިން ޕޮއިންޓް ނުހޯދުނުއިރު ސައުތެމްޓަން ފެނުނީ ވަރަށް ޖޯޝާއި އާދަޔާ ހިލާފު ފޯރިއެއްގައި ކުޅުނުތަން ކަމަށެވެ.

ސައުތެމްޓަންގެ ކޯޗު ޖޭމްސް ވާޑް ވެސް އެކަމާ އެއްބަސްވި އެވެ. އޭނާ ބުނީ ކުޅުންތެރިން މަސައްކަތް ކުރަމުންދަނީ ރެލިގޭޓްނުވެ ސަލާމަތްވުމަށް ކަމަށެވެ. ސައުތެމްޓަން ޓޭބަލުގެ ފުލުގައި އޮތީ 24 ޕޮއިންޓާއެކުގަ އެވެ. ރެލިގޭޓްވާނީ އެންމެ ފުލަށްދާ ތިން ޓީމެވެ. 20 ޓީމުވާދަކުރާ ލީގުގައި ޓޭބަލްގެ 17 ވަނާގައި އޮތް ޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

މި މެޗުގައި އާސެނަލް ކޮޅަށް ފުރަތަމަ ގޯލު ޖެހީ މެޗުގެ ފުރަތަމަ މިނިޓްގައި ކާލޮސް އަލްކަރާޒެވެ. އޭގެ 13 މިނިޓް ފަހުން ދެ ވަނަ ލަނޑު ޖެހީ އާސެނަލްގެ ކުރީގެ ފޯވަޑް ތިއޯ ވޮލްކޮޓެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލް އަށް ސުން ކަނޑުވައިދިނީ ގަބްރިއަލް މާޓިނެއްލީ އެވެ. ނަމަވެސް 66 ވަނަ މިނިޓްގައި ކްލީޓާކާ ތިން ވަނަ ލަނޑު ޖެހި އެވެ. އާސެނަލް އަށް ފަރަގު ކުޑަކޮށްދިނީ 88 ވަނަ މިނިޓްގައި ކެޕްޓަން މާޓިން އޮޑެގާޑެވެ. އަދި ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގައި ބުކަޔޯކޯ ސަކާ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު