Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެހި އަސްކަރިއްޔާ

ސިފައިންގެ މިއަހަރުގެ ޝިއާރު: "ސިފައިންގެ ބަދަހިކަން- ޤައުމުގެ ހަމަޖެހުން"

21 އެޕްރީލު 2023 | ހުކުރު 10:19

އެކި ދާއިރާތަކުން ސިފައިން ދެމުންގެންދާ ޚިދުމަތްތަކަކީ އަގުހުރި ޚިދުމަތްތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2023 | ހުކުރު 10:19
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާކުރާ އެއް ބަޔަކީ ސިފައިން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާކުރާ އެއް ބަޔަކީ ސިފައިން

ސިފައިންގެ ޚިދުމަތަކީ އަގުހުރި ޚިދުމަތެކެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާކުރާ އެއް ބަޔަކީ ސިފައިންނެވެ.

ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސިފައިންގެ އޮފިސަރުން ރެއާ ދުވާލު ކުރާ ބުރަ މަސައްކަތްތަކަށް ދިވެހިން ޝުކުރުވެރި ވެއެވެ.

އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ވަޒީފާގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯދަން ސިފައިން ބަހައްޓަވާ އަހައްމިއްޔަތު ކަމެވެ. 

ސިފައިންގެ އެކި ދާއިރާތަކުން ޤައުމަށް ކޮށްދެމުންދާ ޚިދުމަތުގެ ތެރެއިން އެއް ޚިދުމަތަކީ ކޯސްޓްގާޑުގެ ޚިދުމަތެވެ. އެގޮތުން ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ ސަރަހައްދު އޮތް ގައުމަކަށް ވުމާއެކު، ކަނޑުގެ ބޮޑު ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށްޓަކައި ކޯސްޓްގާޑުގެ ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވެއެވެ.

އަދި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، އިތުރުވަމުންދާ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކާއެކު، މޫދަށް މީހުން ގެއްލުމާއި، ކަނޑު އުޅަނދުފަހަރަށް ދިމާވާ އެކިއެކި އިންސިޑެންޓްތައް ފަދަ ހާދިސާތައްވެސް އިތުރުވަމުންދާއިރު، ސިފައިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާވެސް ބޮޑެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޚިދުމަތަށް ބަލާއިރު، އެ ޚިދުމަތަށް މިހާރު ވަނީ 32 އަހަރު ފުރިފައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސެކްޝަން ވުޖޫދުވެގެންއައީ ވަރަށް މަދު މީސްކޮޅަކާ އެކުގައިނަމަވެސް، އެމްންޑީއެފްގެ ޚިދުމަތްދެމުންދާ 4 ސަރަހައްދުގައި ހިމެނޭ ރަށްތަކުގައި 13 ވަރަކަށް ފަޔަރ ސްޓޭޝަން މިހާރު ގާއިމުކުރެވިފައިވެއެވެ.

މި ނޫނަސް އެކި ދާއިރާތަކުން ސިފައިން ދެމުންގެންދާ ޚިދުމަތްތަކަކީ އަގުހުރި، ރައްޔިތުންގެ ޙައްޤުގައި ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.  

ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، މިއަހަރަށް ކަނޑައަޅާފައިވާ ސިފައިންގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން- ޤައުމުގެ ހަމަޖެހުން" އެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ކޮންމެ ކަމެއްގައިވެސް ސިފައިންގެ ސަފުތަކުގެ ބަދަހި ގުޅުން އިސްކޮށް، އެކަމުގައި ސާބިތުވެ ތިބުމުގެ މުހިއްމު ކަމެވެ.

ސިފައިން ޚިދުމަތުގައި ތިބޭ އިރު މަސައްކަތް ކުރަން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި އަމިއްލަ އެދުންތައް ދޫކޮށްލައިގެންނެވެ.

އަސްކަރީ ޚިދުމަތަކީ ޤައުމީ ޚިދުމަތެއްކަމަށްވާއިރު، އެ ޚިދުމަތާއި ގުޅުމަކީ މުގައްދަސް ވާޖިބެއް އަދާކުރުމަށް ވެވޭ ވައުދެކެވެ.

 އަދި ސިފައިންގެ މީހާ އެންމެ އިސްކަމެއް ދޭން ޖެހެނީ އޭނާ އާއި ހަވާލުކުރާ ޒިންމާ އަދާކުރާށެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2019

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!
26 އެޕްރީލު 2019

ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ

26 އެޕްރީލު 2019
ސިފައިންގެ ބޮޑު ސްކްރީންގައި ރާއްޖެޓީވީ
29 ޖެނުއަރީ 2019

ވީއައިއޭ: ޤައުމުގެ މައި ދޮރާއްޓާ މެދު އަލުން ވިސްނަންޖެހިފައި

29 ޖެނުއަރީ 2019
ވީއައިއޭ: ޤައުމުގެ މައި ދޮރާއްޓާ މެދު އަލުން ވިސްނަންޖެހިފައި
23 ޖޫން 2018

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި
01 މާރިޗު 2018

ޤައުމާއި ނުކުޅޭށޭ ބުނާއިރު، ޤައުމުގެ އަގު ވެއްޓުމުގެ އެންމެ ކުރީގައިވެސް ސަރުކާރު!

01 މާރިޗު 2018
ޤައުމާއި ނުކުޅޭށޭ ބުނާއިރު، ޤައުމުގެ އަގު ވެއްޓުމުގެ އެންމެ ކުރީގައިވެސް ސަރުކާރު!
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް