Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިންގެ އަގު ވައްޓާލުން

ޤައުމާއި ނުކުޅޭށޭ ބުނާއިރު، ޤައުމުގެ އަގު ވެއްޓުމުގެ އެންމެ ކުރީގައިވެސް ސަރުކާރު!

ދުނިޔޭގެ ބޮޑެތި ހުރިހާ ޖަމާޢަތްތަކާއި ދިވެހި ސަރުކާރާއި ވަނީ މައްސަލަތައް ޖެހިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2018 | ބުރާސްފަތި 17:59
ވެރިރަށް މާލެ: ރާއްޖޭގެ އަގު ބޭރު ދުނިޔޭގެ ކުރިމަތީގައި ވަނީ ވެއްޓިފައި

ވެރިރަށް މާލެ: ރާއްޖޭގެ އަގު ބޭރު ދުނިޔޭގެ ކުރިމަތީގައި ވަނީ ވެއްޓިފައި

"މަގޭ ދީނާއި މަގޭ ޤައުމާއި ނުކުޅޭތި،" މިއީ ސަރުކާރުން މިހާރު ދެއިރު ދެދަޅައަށް ކިޔާ ބަނދިވަރެކެވެ. މުޅިއަކުން ގޯސް ވާހަކައެއްވެސް ނޫނެވެ. ޤައުމާއި ދީނާއި ކުޅެގެން ނުވާނެއެވެ. މި ލޮބުވެތި ވަޠަނުގެ ސިޔާދަތަށް ބުރުލެއް އަރާފާނެ، މިނިވަންކަމަށް އަސަރެއްކޮށްފާނެ އެއްވެސް ކަމެއް ހަމައެކަކުވެސް ކޮށްގެން ނުވާނެއެވެ. މި ދީބުން އިސްލާމް ދީނުގެ ހިދާޔަތު ފޮހެވިގެން ހިނގައިދާނެ، ދިވެހިންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫ އަރާފާނެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެއެވެ.

މައްސަލަ ޖެހިގެން މިއުޅެނީ ދީނާއި ޤައުމާއި ނުކުޅޭށޭ ކިޔާތީއެއް ނޫނެވެ. ބަޔަކު ދީނާއި ޤައުމާއި ނުކުޅުނަސް، ބަޔަކު ކުޅޭ ކަމަށް ދައްކައިގެން، އެކަމުގެ ދިފާޢުގައި ނިކުންނަނީ ކަމަށް ބުނެ، ސަރުކާރުގައި ތިއްބެވި ބޭފުޅުން ހަޤީގަތުގައި ވެސް ދީނާއި ޤައުމާއި ކުޅޭތީއެވެ.

ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުނީމައި ހުރިހާ ކަމެއް ހަމަވީއެއް ނޫނެވެ. އެހެން ނަމަ މިއަދު އުތުރު ކޮރެއާ ވަރުގެ ޤައުމެއް ނޯންނާނެއެވެ. ހަމައެކަކަށް ވެސް އެޤައުމުގެ ކަމަކާއި ނުބެހެވެއެވެ. ދުނިޔޭގެ ޤައުމުތަކުން ކިތަންމެ އެއްޗެއް ކިޔަސް، ކިތަންމެ ފިޔަވަޅެއް އެޅިޔަސް، ކަހަރުވަކެކޭ ވެސް ހިތަށް ނާރުވައި، ކިމް އާއިލާއިން އެދަނީ ވެރިކަން ކުރަމުންނެވެ.

ޤައުމެއް، ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ގުޅިގެން އޮތުމުގެ މާނައަކީ އެޤައުމެއްގެ މިނިވަންކަން ގެއްލުމެއް ނޫނެވެ. ނުވަތަ އެއީ ބަޔަކު އެޤައުމަކާއި ކުޅުމެއް ވެސް ނޫނެވެ. ރާއްޖޭގެ މިއަދުގެ ޙާލަތަކީ، ދުނިޔޭގެ އެންމެންގެ ލޯތްބާއި ޤަދަރު ލިބިފައި އޮތް މި ކުޑަކުޑަ ޤައުމަށް ޤަދަރެއް ކުރާނެ ބަޔަކު މިހާރު ތިބިހެނެއް ހިއެއް ނުވެއެވެ. ޤައުމުގެ ނަން ވަނީ ބޭރު ދުނިޔޭގެ ކުރިމަތީގައި ވައްޓާލާފައެވެ. ޖަމާޢަތެއް އޮތިއްޔާ އެޖަމާޢަތަކާއި ޖެހިގަނެއްޖެއެވެ. ޑިމޮކްރަސީގެ މަގަށް ރުޖޫޢަވާށޭ ބުނާއިރަށް ކޮމަންވެލްތުން އެޖެހުނީ ވަކިވެގަންނާށެވެ. ކޮމަންވެލްތުން އެއްޗެއް ބުނާއިރަށް މީގެ ކުރިން ރުޅިހަދާލާފައި އެޖަމާޢަތުން ބޭރުވަނީ ޑިކްޓޭޓަރުން ވެރިކަންކުރާ އެފްރިކާގެ ޤައުމުތަކެވެ. އަމިއްލަ ސިޔާދަތޭ، މިނިވަންކަމޭ ކިޔައި ރާއްޖެއިން އެފްރިކާގެ ޑިކްޓޭޓަރުން ވެރިކަންކުރާ ޤައުމުތަކުގެ ދަރަޖައަށް ވެއްޓިގަތީމައިވެސް މަދު މީސްކޮޅެއް އަތް ޖަހާފައި "ސާބަހޭ ރައީސް ޔާމީން"އޭ ކިޔަސް، ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި އެވެއްޓުނީ ދިވެހިންގެ އަގެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވެގެން ކޮމަންވެލްތަށް ނުވަތަ ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެއެވެ. ހުރިހާވެސް ގެއްލުމެއް ދިވެހިންނަށެވެ. ހުރިހާ ލަދެއް ދިވެހިންނަށެވެ.

ދެން އޮތީ ވިލާތުގެ އިއްތިޙާދެވެ. ވިލާތުގެ ދޮން ފަރަންޖީންނަށް ދިވެހިން ކަންކުރަންވީ ގޮތެއް ނޭނގޭނެއޭ ކިޔައި، އެޖަމާޢަތަށް ރަތް މަހަކަށް ނުގޮވާ ވަރަށް މިދިޔަ ހަތަރު ވަރަކަށް އަހަރު ސަރުކާރާއި، ސަރުކާރުގެ ބައިވެރިން ވަނީ ގޮވާފައެވެ. އެކަމަކު އެޖަމާޢަތުން އެއްޗެއް ބުނާ އިރަށް އެއަށް ރައްދު ދޭން ޖެހެއެވެ. އެހެންކަމުން ކިތަންމެ ގަދަ ބަސް ބުންޏަށް، ވިލާތުގެ ދޮން ފަރަންޖީން ދައްކާ ވާހަކަތަކުގައިވެސް ބުރަދަނެއް ހުންނަކަން ޕީޕީއެމްގެ ސަރުކާރުުން ޤަބޫލުކުރާކަން އެނގެއެވެ.

ދެން ބަލަންވީ ވިލާތުގެ އިއްތިޙާދުން މިކިޔަނީ ކީކޭތޯއެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ހީވަނީ އީޔޫއިން ބަޔާންތައް ނެރެނީ މިތަނަށް އިހުގައި ޕޯޗުގީޒުން އެރިހެން، ވިލާތުގެ އިއްތިޙާދުން މިތަނަށް އަރައި، ދިވެހިންގެ ކަރަށް ގަދަކަމުން ރާ އަޅަން ހެންނެވެ. އެކަމަކު ވިލާތުގެ އިއްތިޙާދުން ނެރޭ ބަޔާންތަކާއި، ދައްކާ ވާހަކަތަކަށް ނިކަން ބައްލަވާށެވެ. ވިލާތުގެ އިއްތިޙާދުން ބުނަނީ ރިޔާސީ އިންތިޚާބު ވާން ޖެހެނީ ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ކަމަށެވެ. ވިލާތުގެ އިއްތިޙާދުން ބުނަނީ ރާއްޖޭގެ ފަނޑިޔާރުގެ މިނިވަން ވާން ޖެހޭނެ ކަމަށެވެ. ވިލާތުގެ އިއްތިޙާދުން ބުނަނީ ގާނޫނަށް ވުރެ މަތިވެގެން ނުވާނެކަމަށެވެ. ވިލާތުގެ އިއްތިޙާދުން ބުނަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަޑު ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އިވެން ޖެހޭނެ ކަމަށެވެ.

މިތަނުގައި ރާ ވިއްކަން އެމީހުންނަށް ނުގޮވައެވެ. މިތަނުގައި އެއްޖިންސުން ގުޅުން ހިންގެން ޖެހޭނެ ކަމަށް އެމީހުން ނުބުނެއެވެ. މިތަނުގައި ނަސާރާ ފައްޅިތަކާއި ޔަހޫދީ ފައްޅިތައް ހުންނަން ޖެހޭނެ ކަމަށް އެމީހުންނެއް ނުބުނެއެވެ. ދެން އީޔޫއިން އެއްޗެއް ބުނާއިރަށް ސަރުކާރުން އެޖަމާޢަތަށް "ބަވަނީ" ކީއްކުރަންތޯއެވެ؟ އެކަމުގެ ސަބަބުން ހަޑިވަނީ ކޮންބައެއްގެ ނަމެއްތޯއެވެ؟

ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކެވެ. އެޤައުމުތަކުގެ ރައްޔިތުންނަކީ އިންސާނީ ހައްޤުތަކަށް އިހްތިރާމް ކުރާ، އެހައްޤުތަކަށް އިހްތިރާމްނުކުރާ ޤައުމުތަކަށް ނަފުރަތުކުރާ ބައެކެވެ. އެހެންކަމުން ސަރުކާރުން އެއަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލަށް އެހުށަހެޅެނީ ރާއްޖޭގެ ފަތުރުވެރިކަމެވެ. ރާއްޖޭގެ އިޤްތިޞާދެވެ. އިޤްތިޞާދީ މާހިރަކަށްވަނީ ހަމައެކަނި ސަލާން ޖަހައިގެން ފައިސާ ހޯދައި، ބޭންކުތަކުން ދަރަނި ނަގަން އެނގުމުންނެއް ނޫނެވެ. އިޤްތިޞާދީ މާހިރުންނަކީ އިޤްތިޞާދަށް ގެއްލުންވާނެ ކަންކަން ދެނެގަނެ، އެކަންކަން ނުކުރާ މީހުންނެވެ.

ދެން އޮތީ ދުނިޔޭގެ އެންމެ ބޮޑު ޖަމްއިއްޔާ، އދ އެވެ. އެކުވެރި ދައުލަތްތައް، ނުވަތަ އދގެ ޖަމާޢަތްތަކުގެ ތެރެއިން މިހާރު ރާއްޖެއާއި މައްސަލައެއް ނުޖެހި އޮތީ މިތަނަށް ފައިސާގެ އެހީތަކާއި، އެނޫންވެސް އެހީތައް ދޭ ޖަމާޢަތްތަކެވެ. އެތަނުގެ ފިޔަވަޅު އަޅާ ޖަމްއިއްޔާއެއް ނުވަތަ ހައްޤުތަކާއި ބެހޭ ޖަމްއިއްޔާއެއް ނުވަތަ ގްރޫޕެއް އޮތީއްޔާ އެތަނަކާއި ޖެހިފައެވެ. ހިއުމަން ރައިޓްސް ކައުންސިލާއި، ހިއުމަން ރައިޓްސް ކޮމިޓީއާއި، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި، ސަލާމަތީ މަޖިލީހާއި، ހިއުމަން ރައިޓްސް ހައިކޮމިޝަނަރާއި، ސެކްރެޓަރީ ޖެނެރަލާއި ދެންވެސް ހުރިއްޔާ ހުރި މިހާކާއި މެދު ދިވެހި ސަރުކާރުން ދައްކާ ވާހަކަތަކާއި، އުތުރު ކޮރެއާ ސަރުކާރުން ދައްކާ ވާހަކަތަކުގައި މާބޮޑު ތަފާތެއް އެބަހުރިތޯއެވެ؟

އދ އަށް ގޮންޖަހާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ރާއްޖެ މިވަނީ ޖާގަ ހޯދާފައެވެ. ބަހުރުވައަށް ބަލާއިރު، އުތުރު ކޮރެއާއެކޭ ރާއްޖެއެކޭ އދގެ ކުރިމަތީގައި ތަފާތެއް ނެތެވެ.

ރާއްޖެ ވެފައިމިވަނީ މިހާރު ބައިނަލްއަޤްވާމީ މުޖްތަމައުން އެކަހެރި ވެފައިވާ ޤައުމަކަށެވެ. ފައިސާދޭ ބަޔަކު ބުނާއިރަށް އެބުނާ ޤައުމަކާއި ގުޅުން ކަނޑާލާ ބަޔަކަށެވެެ. އީރާނާއި ޤަތަރާއިއެކު ރާއްޖެއިން ގުޅުން ކަނޑާލީ ކާކަށް ދެރަވާނެކަމަށްތޯއެވެ؟ ޤަތަރާއިއެކު ގުޅުން ކަނޑާލުމުން ޤަތަރަށް ލިބޭނީ ކޮން ގެއްލުމެއްތޯއެވެ؟ ގުޅުން ކަނޑާލިއިރު، ރަނގަޅަށް އެކަން ކުރަން ކެރުނުނަމަވެސް ތަންކޮޅެއް މަންޒަރު ރީތިވީހެވެ. ޤަތަރު އެއަރވޭސްގެ ދަތުރުތައް ހުއްޓުވާކަށް ނުކެރުނެވެ. ޤަތަރުގެ ކުންފުނި އުރީދޫ ރާއްޖެއިން ފޮނުވާލާކަށް ނުކެރުނެވެ. ދެން ކޮން ގުޅުމެއް ކަނޑާކަށްތޯއެވެ؟ ހުރިހާވެސް ގެއްލުމެއް ދިވެހިންނަށެވެ. އެޤައުމުން ލިބުނު އެހީތައް ހުއްޓުން ފިޔަވައި އެހެންކަމެއް ނުވެއެވެ.

ކަން މިހެން އޮތް އިރު، "މަގޭ ޤައުމާއި ނުކުޅޭށޭ" ކިޔައި ނިކުންނަވީ ސަރުކާރުގައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. ޤައުމުގެ އަގު ބޭރު ދުނިޔޭގެ ކުރިމަތީގައި ވައްޓާލީ ސަރުކާރުންނެވެ. ދިވެހިންގެ އަގު ވައްޓާލީ، މިސަރުކާރުންނެވެ. ކިތަންމެ ވަރަކަށް ޔޫރަޕާއި ކެނެޑާ އަދި އެމެރިކާގެ ޕީއާރް ފަރމްތަކާއިއެކު މަސައްކަތްކުރިޔަސް، ދިވެހިރާއްޖޭގެ މޫނުމަތީގައި ޖެހިފައިވާ ލަތްގަނޑު ނުފިލުވޭނެއެވެ. މިހާރު މިއުޅޭ އުޅުން ދޫކޮށްނުލާހާ ހިނދަކު އެކަމެއް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު