Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

މިއީ ގައުމީ ހަނގުރާމައެއް، 24 ވަނަ ދުވަހު ރައްޔިތުންނަން ކާމިޔާބް ލިބޭނެ: އަމީތު

7 ޖުލައި 2017 | ހުކުރު 12:59

މަސީޙްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބް ކުރާނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 ޖުލައި 2017 | ހުކުރު 12:59
މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު

މަޑުއްވަރީ ދައިރާގެ މެންބަރު އަމީތު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ކުރަމުންދަނީ ގައުމީ ހަނގުރާމައެއް ކަމަށާއި މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންނަން ކާމިޔާބް ލިބޭނެ ކަމަށް މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ހަވީރު ބޭއްވި އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މަޖިލީސް މެމްބަރުންނާއި ދިވެހި ރައްޔިތުން ހަވާލުކުރި މަސައްކަތަކީ ރައްޔިތުންގެ ޙައްގުތަށް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. މި މަސައްކަތުގެ ފެށުމެއްގެ ގޮތުން މި މަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބް ކުރާނެ ކަމަށް އަމީތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

" އަޅުގަނޑުމެން މި ނުކުންނަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބްދާރި ކުރުމަށް. މި ގައުމުގައި މި ހިނގާ ކޮރަޕްޝަނާއި ފަސާދާއިގެ ކަންކަން އަޅުގަނޑުމެން ހުއްޓުވާލާނަން. 24 ވަނަ ދުވަހު މި ގައުމު މިނިވަންކޮށްދޭނަން." އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ދޫކޮށް އިދިކޮޅު ފަރާތަކާއި ގުޅުނު 10 މަޖިލީސް މެމްބަރުނަން ސަރުކާރުން ތަފާތު ހުށައެޅުންތަށް ހުށައެޅަމުންދާ ކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް ޔާމީން ވެރިކަމަށް ސަނާ ކިޔަން މަޖިލީސް މެމްބަރުން އަނބުރާ ޕީޕީއެމާއި ނުގުޅޭނެ ކަމަށާއި ، މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ނަގާ ވޯޓް ކާމިޔާބް ކުރާނެ އެނާ ވިދާޅުވިއެވެ.

" ތިބޭފުޅުންނަން އިނގިވަޑައިގަންނަވާނެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ދޫކޮށް 10 މެމްބަރުން މި ވަނީ މި ގައުމީ މަސައްކަތާއި ގުޅިވަޑައިގެންފައި. އެ މެމްބަރުންގެ ހިތްވަރަށް އަޅުނގަޑު ސާބަސް ދެން. އަޅުނގަޑުމެންނާ އެކީ ތިބީ ހަމައެކަނި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ގުޅުނު 10 މެމްބަރުންނެން ނޫން. ވޯޓްލާ ދުވަހުގެ އިތުރު މެންބަރުން ގުޅިވަޑައިގަންނަވާނެ" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީންގެ ސަރުކާރުން ބޭއިންސާފުން ޖަލަށް ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފަހުގައެވެ. އަދި ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ރާއްޖޭން ބޭރުގައި ދިރިއުޅުމެންދާ ސިޔާސީ ބޭފުޅުނަން ރާއްޖެ ވަޑައިގެންނެވޭނެ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް