Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ނަމާދު

ވާރޭ ވެހޭ ނަމަ ޢީދު ނަމާދު ކުރުން، އާއްމުކޮށް ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި އޮންނާނެ

މުސައްލަ އާއި ފައިވާން ލުމަށް ކޮތަޅެއް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އެޕްރީލު 2023 | ބުރާސްފަތި 18:57
ކ. ދިއްފުށީގައި ކުރެވުނު ޢީދު ނަމާދު

ކ. ދިއްފުށީގައި ކުރެވުނު ޢީދު ނަމާދު

ވާރޭ ވެހޭ ނަމަ ޢީދު ނަމާދު ކުރުން، އާއްމުކޮށް ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ މަރުކަޒުގެ އިމާމް ނަސްރުﷲ އަލީ ވިދާޅުވީ މޫސުމަށް ބެލުމަށް ފަހު މޫސުން ތަންދޭ ނަމަ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ހަ ސަރަހައްދެއްގައި ޢީދު ނަމާދު ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލޭގައި 13 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރެވޭ ވަރަށް ވުރެ މޫސުން ގޯސްތޯ ނޫންތޯ ބަލާނީ ހެނދުނު 06:00 އާއި ހަމަައަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް-2 ގެ ކްރިކެޓް ސްޓޭޑިއަމް އާއި ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.

Advertisement - newsAdvertisement

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ވަނީ ޢީދު ނަމާދަށް ދާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރީ އަހަރުތަކުގައި ބައެއް މިސްކިތްތަކުގައި އިމާމަށް ވުރެ ކުރީގައި ސަފު ހެދުމުގެ މައްސަލަ ދިމާވި ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ޢީދު ނަމާދަށް ދާއިރު ހިނގާފައި ދިއުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މިސްކިތަށް ދާ ފަރާތްތަަކަށް އިރުޝާދު ދިނުމަށާއި އެހީވުމަށް އެ ސަރައްދުގައި ސްކައުޓް ކުދިންނާއި ކެޑޭޓް ކުދިން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޢީދު ނަމާދަށް ދާއިރު އަމިއްލަ މުސައްލަ އާއި ފައިވާން ލުމަށް ކޮތަޅެއް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޢީދު ނަމާދަށް ދާއިރު ރޯގާ ފަދަ ކަމެއް ހުރި ނަމަ މާސްކް އެޅުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު