Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަންގެ ފްލީޓް އައުކުރުމަށް އިތުރު 5 ބޯޓު ގެންނަނީ

މޯލްޑިވިއަންއިން ވަނީ ޑޭޝް-8 ފްލީޓް އައުކުރުމުގެ މަސައްކަތް ފަށާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 އެޕްރީލު 2023 | ބުރާސްފަތި 06:36
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

މޯލްޑިވިއަންގެ ފްލީޓަށް އިތުރު 5 ބޯޓު އިތުރުކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ.

މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގެ ފްލީޓް އައު ކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު 3 ބޯޓު ގެނެސް އޮޕަރޭޝަނަށް ނެރެފައެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ އޭޓީއާރު 42-600 މަރުކާގެ 5 ބޯޓު ހޯދުމަށް އިއުލާނުކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިއީ އެ އެއާލައިންގެ ޑޭޝް-8 ފްލީޓް އައުކޮށްލުމުގެ މަސައްކަތުގެ ތެރެއިން ހޯދުމަށް އިއުލާނުކޮށްފައިވާ ބޯޓުތަކެއް ކަމަށެވެ.

ޖެނިފާ ވިދާޅުވީ ފްލީޓް އައުކޮށްލެވުމަކީ މިހާރު ދިމާވަމުންދާ ވަރަށް ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެ ކަމެއް ކަމަށެވެ. މިގޮތުން މެއިންޓެނެންސް ޚަރަދުވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ. ޖެނިފާ އިތުރަށް ވިދާޅުވީ އެކުންފުނިން އަމާޒު ހިފާފައިވަނީ 2026 ނިމެންވާއިރަށް ފްލީޓް އެއްކޮށް އައުކޮށްލުމަށް ކަމަށެވެ.

މިހާތަނަށް އައިއިރު 3 ބޯޓު ފްލީޓަށް އިތުރުކޮށްފައިވީނަމަވެސް ކުރީގެ ބޯޓުތައް އަދި ވިއްކާނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ފޭސް އައުޓް މަރުހަލާ ކަަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓް އައުކުރުމަށް 8 ބޯޓު ބޭނުންވާކަމަށް ޖެނިފާ މީގެ ކުރިން ވިދާޅުވިއެވެ. މި ބޯޓުތަކަކީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާނެ ބޯޓުތަކެކެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި

21 މާރިޗު 2017
ޓީއެމްއޭގެ ފްލީޓް ވަރުގަދަކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު