Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

މާޒިޔާއާ ދެކޮޅަށް އިސްކުރަންވީ ވިސްނުންތެރިކަމާއި ހިތްވަރު: ނިޒާމްބެ

އިދިކޮޅު ޓީމާމެދު މާބޮޑު ވިސްނުމެއްނެތް: މާޒިޔާ ކޯޗު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 06:29
ބުރު ސްޕޯޓްސްގެ ކޯޗު ނިޒާމްބެ ޕްރެސްގައި ވާހަކަ ދައްކަނީ

ބުރު ސްޕޯޓްސްގެ ކޯޗު ނިޒާމްބެ ޕްރެސްގައި ވާހަކަ ދައްކަނީ

ޕްރެޒިޑެންޓްސް ކަޕުގައި މާދަމާ ރޭ މާޒިޔާއާ ދެކޮޅަށް ބުރު ސްޕޯޓްސް ކުލަބުން އިސްކުރަންވީ ވިސްނުންތެރިކަމާއި ހިތްވަރު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ފުރަތަމަ ޑިވިޝަނުގައި ބުރު ކުޅުނު ފުރަތަމަ މެޗުގައި ޓީސީއަތުން ބަލިވެފައިވާތީވެ ނިޒާމްބެ ބުނީ މޮޅަކުން އަލުން ފަށަން ޖެހިފައިވާ ކަމަށެވެ. އަދި މާޒިޔާގައި ވަރުގަދަ ސްކޮޑެއް އޮތަސް ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ނެޝަނަލް ޓީމުގެ 12 ކުޅުންތެރިންނާއި ބިދޭސި ހަތަރު ކުޅުންތެރިން ތިބެގެން މީގެ ކުރިން ކުޅުނު ކުލަބުތައް ވެސް ބަލިވެފައިވާ ކަމަށެވެ. މިހެންވެ "މެޗުގެ ކުރިން ޕްރެޝަރު ނަގައިފިއްޔާ، މާބޮޑަށް ޕްރެޝަރު ބޮޑުވެދާނެ،" ކަމަށެވެ.

ނިޒާމްބެ ބުނީ ދެ ޓީމަށް ބަލާއިރު މާޒިޔާއިން މިހާރު ކުޅެމުންދަނީ އެޓީމުގެ ފުލް ސްޓެރެންތުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.

މެޗާ ބެހޭ ގޮތުން މާޒިޔާގެ ކޯޗު އިވާން ކޮލޭވް ބުނީ އަމިއްލަ ޓީމުގެ ފެންވަރު ދެނެގަތުމަށް ވެސް މި މެޗު މުހިންމު ކަމަށެވެ. އަދި އިދިކޮޅު ޓީމަށް ނުވިސްނައި މާޒިޔާ މަސައްކަތް ކުރާނީ އަމިއްލަ ގޭމް ކުޅެން ކަމަށާއި ކުޅުންތެރިންނަށް ދީފައިވާ ޓާސްތައް ފުރިހަމަކުރުމާއި އެކަން ކުރޭތޯ ބެލުމަކީ މިވަގުތު އެންމެ ބޮޑަށް ވިސްނަމުންދާ ކަންތައް ކަމަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު