Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ހާފު މުހިންމު، ސިޓީއާ ދެކޮޅަށް ބަޔާންގެ އުންމީދަކީ ނަސީބު: ޓުޗެލް

ނަސީބުގެ ވާހަކަ ދައްކަމުން ޓުޗެލް ބުނީ ބަޔާނުން ހުރިހާ ކަމަކަށް ވެސް ސަމާލުވެގެން ތިބޭނެ ކަަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އެޕްރީލު 2023 | ބުދަ 03:26
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުވެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ ހާފު ވަރަށް މުހިންމު ކަމަށާއި، ބަޔާން މިއުނިކްގެ އުންމީދަކަށް ވާނީ ނަސީބު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ނުކުންނައިރު، ސެމީ ފައިނަލްގެ ޖާގައެއް ބޭނުންނަމަ އެ ޓީމަށް އޮތީ ތިން ލަނޑުގެ ތަފާތުން ސިޓީ ބަލި ކުރުމެވެ. ޓުޗެލް ބުނީ ބަޔާނަށް މެޗުގައި "ޖާދޫ" ނުހެދޭނެ ކަމަށެވެ. ނަމަވެސް އެ މެޗުގައި ބަޔާނުން މޮޅުވެއްޖެ ނަމަ އެއީ ވަރަށް ބޮޑު "ޖާދޫ" އަކަށް ވާނެ ކަމަށެވެ. އެހެންކަމުން ބަޔާންގެ އުންމީދުތަކަކީ މުޅިން ތަފާތު ކަމެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ނަތީޖާ 1-1 އިން އެއްވަރުވެގެން އެއީ މީހުން ޤަބޫލު ކުރާ ޖާދޫ އަކަށް ނުވާނެ ކަމަށާއި، ނަމަވެސް 3-0 އިން ހަގީގީ ފެންވަރު ދައްކާލެވިދާނެ ކަމަށެވެ. އަދި 4-0 ނުވަތަ 5-0 ގެ ނަތީޖާއަކަށް އަމާޒު ހިފާ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމެއްކަން ނޭންގޭ ކަމަށާއި، ނަމަވެސް އުންމީދުކޮށްގެން ތިބީ މެޗުގައި ސަތޭކަ އިންސައްތަ ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށެވެ.

ޓުޗެލް ބުނީ ބަޔާނުން އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކަމަށާއި، މެޗުގެ ހާފް ޓައިމަށް ދާއިރު ނަތީޖާ އަނބުރާލެވޭ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. ޓުޗެލް ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައިފިނަމަ، އެއީ އެ މެޗަކުން މޮޅުވުމުގެ ފުރަތަމަ ލަނޑުދަނޑި އަށް ވާނެ ކަމަށެވެ. ހަމައެއާއެކު، ދެ ހާފުގައި ވެސް މޮޅަށް ކުޅެފި ނަމަ، ދެން ކޮންމެ ގޮތަކަށް ވެސް އަނބުރާލެވޭނެ ކަމަށެވެ. ނަސީބުގެ ވާހަކަ ދައްކަމުން ޓުޗެލް ބުނީ ބަޔާނުން ހުރިހާ ކަމަކަށް ވެސް ސަމާލުވެގެން ތިބޭނެ ކަަމަށެވެ. އޭނާ ބުނީ ފުރަތަމަ ލެގުގައި ވެސް ބަޔާނަށް ނަސީބު ނެތީ ކަމަށާއި، ފުޓުބޯޅައިގައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށެވެ.

ނަމަވެސް ޓުޗެލް ބުނީ ހަމަ އެއާ ވިދިގެން، ކުޑަ ކުޑަ ވަގުތު ކޮޅަކުން މުޅި މެޗު އަނެއް އަތަށް ވެސް އެނބުރިދާނެ ކަމަށެވެ. އެގޮތުން ޤަބޫލު ކުރުންތަކެއް ވެސް ހުންނަން ޖެހޭނެ ކަމަށާއި، ނަމަވެސް އޭގެ މާނަ އަކީ އަބަދު ހުވަފެން ދެކުން ނޫން ކަމަށެވެ. ޓުޗެލް ބުނީ، މެޗުގައި ބަޔާނަށް ދެއްކެން އޮތް އެންމެ މަތީ ފަންތީގެ ކުޅުމެއް ދެއްކުމުގެ ޒިންމާ މުޅި ޓީމުން ނަގައިގެން ތިބި ކަމަށެވެ. އަދި ބަޔާނުން އެއްވެސް ވަރަަކަށް މާޔޫސްވާން ނުޖެހޭ ކަމަށާއި، އަދިވެސް ޓީމަށް ވަގުތު އޮތް ކަމަށެވެ. އެހެންކަމުން ހިތްވަރާއެކު މަަސައްކަތް ކުރަން ޖެހޭ ކަަމަށާއި، މެޗުގައި ފުރިހަމަ އަށް ފޯކަސް ހުންނަން ވާނީ ދަނޑު މައްޗަށް ކަމަށެވެ. ޓުޗެލް ބުނީ ކުރިން ވެސް ފާހަގަ ކުރި ގޮތަށް އެންމެ ފުރަތަމަ ބަޔާންގެ ވަޒީފާއާ ހަވާލުވީއިރު އޮތް ޕްރެޝަރަށްވުރެ، މިހާރު އޮތް ޕްރެޝަރު ބޮޑު ކަމަށެވެ.

ބަޔާނުން އެ ޓީމުގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސީ ވެސް ނަތީޖާ ނެރުމަށް ބޭނުންވާތީ އެވެ. ނަމަވެސް ޓުޗެލްއާއެކު ވެސް އަދި ބަޔާނަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ޖަރުމަނު ލީގުގައި ބަޔާން އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އޭގެ ފަހުން ޖަރުމަނު ކަޕުން ބަޔާން ވަނީ ކަޓައިފަ އެވެ. ބަޔާންގެ އެންމެ ބޮޑު ޓާގެޓަށްވާ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެވޭނީ ސިޓީގެ މައްޗަށް ހައިރާންވާ ވަރުގެ ނަތީޖާއެއް ނެރިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު