Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގައި ގައިދީން ފޯނު ގެންގުޅުން

މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުން ކުރި 431 ނަމްބަރު ބްލޮކްކޮށް، 10 އައީޕީ އާއި 12 ވެބްސައިޓް ބްލޮކްކޮށްފައިވޭ

18 އެޕްރީލު 2023 | އަންގާރަ 08:21

365 އައިއެމްއީއައިއި ބްލެކްލިސްޓްކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އެޕްރީލު 2023 | އަންގާރަ 08:21
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޮބައިލް ފޯނުގެ ޒަރީއާއިން ކުރާ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކަރެކްޝަންސް ގުޅިގެން ގިނަ މަސައްކަތުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުން ކުރި 431 ނަމްބަރު ބްލޮކްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް ޢިމްރާން ޢަބްދުاللهއާ ކުރައްވާފައިވާ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އެ ޖަވާބު އިއްވަވާދެއްވީ މަޖިލީހުގެ އަމީންއާމެވެ. މެންބަރު އިބްރާހިމް ރަޝީދުގެ އެ ސުވާލުގައި މިދިޔަ އަހަރު ޖަލު ސަރަޙައްދުގައި ވަކިން ޚާއްޞަ އެންޓަނާއެއް ހަރުކުރިތޯ ސުވާލުކުރައްވާފައިވެއެވެ. އަދި އެފަދަ އެންޓަނާގެ ވަސީލަތުން ޖަލުގެ ގޮޅިތަކަށް ސިއްރުން ފޯނު ވައްދައިގެން އެކިއެކި ބޭންކްތަކާއި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެން "ފައިސާ ފޭރޭ ކޯލް ސެންޓަރު" ހިންގަން ބޭނުންކުރާ ކަމަށާއި ބޭނުންކުރާ ފޯނު ނަންބަރުތަކުގެ މަޢުލޫމާތު ނެގޭގޮތަށް ހުރި ނަމަވެސް އެ މަޢުލޫމާތު ތަޙުޤީޤީ އިދާރާތަކާ ހިއްސާނުކުރާކަމުގެ މަޢުލޫމާތު ލިބޭ ކަމަށް އެ ސުވާލުގައި ވަނީ ވިދާޅުވެފައެވެ. އެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހިއްސާ ކުރަން އެދިފައިވާނަމަ އެ މަޢުލޫމާތު ހިއްސާ ނުކުރަނީ ކީއްވެތޯ ސުވާލުކުރައްވާފައިވެއެވެ. އަދި ޖަލުތެރޭގައި ހިންގި ކަމަށް ބުނާ މިފަދަ ކޯލް ސެންޓަރު ހިންގުން ހުއްޓުވަން މިހާތަނަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 365 އައިއެމްއީއައިއީ ބްލެކްލިސްޓްކޮށް 10 އައީޕީ އާއި 12 ވެބްސައިޓް ބްލޮކްކޮށްފައިވާ ކަަމަށެވެ. އަދި އެފަދަ ގައިދީން ގެންގުޅޭ މުވާސަލާތީ ތަކެތި އަތުލުމާއި، އެ ގައިދީން ތިބޭ ގޮޅިތަކަށް ރެއިޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ސިއްރުން މޮބައިލް ފޯން ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް ކަރެކްޝަންސްއާއި ފުލުހުން އަދި ޓެލިކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުން މާފުށީ ޖަލު ސަރަހައްދުގައި މި އަހަރު އެންޓެނާއެއް ހަރުކޮށްފައިވާ ކަމަށެވެ. އަދި މާފުށި ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު އެއްކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތުތައް ޖަމާކުރެވެނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސަރވަރތަކަށް ކަމަށާއި، އެ މައުލޫމާތު ހޯދަން ޖެހެނީ އެ ފަރާތްތައް މެދުވެރިކޮށް ކަަމަށެވެ. އަދި ޖަލުގައި ގައިދީން ބޭނުން ކުރާ ނަމްބަރުތަކާއި އެހެނިހެން ނަމްބަރުތައް ވަކިކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކުރާ ފޯނުތަކާއި އަދި ފޯނު ނަމްބަރާއި ގުޅޭ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ހިއްސާކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ މައުލޫމާތަކަށް ބަދަލެއް އައިސްފިނަމަ އެ ބަދަލެއްގެ މައުލޫމާތު ވެސް ފުލުހުންނާއި ހިއްސާކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް