Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

އިމާރާތްކުރާއިރު ކުނި މެނޭޖުކުރެވޭނެ ގޮތް އަދިވެސް ނުހުރޭ، އެއީ ކަންބޮޑުވުމެއް: ވެމްކޯ

18 އެޕްރީލު 2023 | އަންގާރަ 05:43

ގެ ދޮރުމަތިން ކުނި ނެގުމަކީ ޕްރިމިއަމް ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސަން މަޝްވަރާ ކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އެޕްރީލު 2023 | އަންގާރަ 05:43
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު

މިހާރު އަލަށް އިމާރާތްކުރާ ތަންތަނުގައި ވެސް ކުނި މެނޭޖްކުރެވޭނެ ގޮތް ހަމަޖައްސާފައި ނުހުންނަ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ މާލޭގައި ކުނި ނެގުމުގެ ޚިދުމަތް ދޭ ގޮތަށް ބަލާއިރު އެއީ ދުނިޔޭގެ އެހެން ތަންތަނާއި އަޅާބަލާއިރު ވަރަށް ތަފާތުކޮށް ދޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެންތަންތަނުގައި އިމާރާތްކުރާ އިރު ކުނި ނަގަން ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައި ހުރި ނަމަވެސް ރާއްޖޭގައި ތަންތަން އިމާރާތްކޮށްފައި ހުރި ތަންތަން އިމާރާތްކޮށްފައި ހުރީ އެފަދަ ކަމަކަށް ވިސްނުން ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލަށް އިމާރާތްކުރާ ތަންތަނުގައި ކުނި މެނޭޖް ކުރެވޭނެ ގޮތެއް ހުރުން ލާޒިމް ކުރި ނަމަވެސް އެކަން އެގޮތަށް ނުކުރާ ކަމަށް ސިރާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިރާޖް ވިދާޅުވީ އެކަން އެގޮތަށް ކުރަނީ ކުނި މެނޭޖްކުރުމާއި ކުންޏަށް ޒިންމާވުމަކީ ކުރަން ޖެހޭ ކަމެއްކަން ގިނަ މީހުންނަށް ބަލައި ނުގަނެވޭތީ ކަމަށެވެ. އެހެންނަމަވެސް ކުނީގެ މައްސަލަ އަށް ދުރު ރާސްތާގައި ވެސް ހައްލު ލިބޭނީ އެ ވިސްނުން ބަދަލުވެގެން ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މާލޭގައި މަގުމަތީގައި ކުނި ބަހައްޓާ މައްސަަލަ އަށް ހައްލު ހޯދުމުގެ ގޮތުން ކޮމިއުނަލް ބިންތަކެއް ކަނޑައަޅާ އެތަންތަނަށް ކުނި އެޅުމުގެ އިންތިޒާމް ހަމަޖައްސާދިނުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިރާޖް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިދާރާތަކާއި ގުޅިގެން ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށެވެ. އޭގެ ތެރޭގައި ރެގިއުލޭޓަރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ވެސް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހިނގާ އެޕްރިލް މަހުން ފެށިގެން ކުނި ނަގާނީ، ގޭބީސީތަކުގެ ތިރިންކަމަށް ވެމްކޯ އިން ވަނީ ނިންމާފައެވެ. ކުރިއަށް އޮތްތަނުގައި ގޭގެ ދޮރުމަތިން ކުނި ނެގުމަކީ ޕްރިމިއަމް ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސައި އެކަމަށް ވަކި ރޭޓުތަކެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށާއި އެކަމަށްޓަކައި ނަގާނެ އަގުތަކާމެދު ދަނީ މަޝްވަރާކުރަމުން ކަމަށް ވެމްކޯ އިން ބުނެއެވެ.

އަދި ވެމްކޯގެ ބައެއް ޚިދުމަތްތަކުގެ އަގަށް ބަދަލުގެނެސްފައިވާއިރު އަގުތަކަށް ގެނައި ބަދަލުތަކުގެތެރޭގައި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓަނަކަށް 2560 ރުފިޔާ ނެގުމާއި، ޕްރައިވެޓް ކޮމަރޝަލް ކަލެކްޓަރސްގެ ފަރާތުން ޓަނަކަށް 2660 ރުފިޔާ ނެގުން ހިމެނެއެވެ. ހަމައެހެންމެ އަމިއްލަ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަނަށް ގެންނަ ކުންޏަށް، ޓަނަކަށް 1060 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކުން 1000 ރުފިޔާ ނަގާގޮތަށް ނިންމާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް