Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިސްރާފުކުރުން

އަދިވެސް ހަމަ އެހާ އިސްރާފު ބޮޑު

18 އެޕްރީލު 2023 | އަންގާރަ 02:55

އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަޅައި ދިއުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 އެޕްރީލު 2023 | އަންގާރަ 02:55
ރޯދަމަހު ކުނި އުކާލަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވޭ

ރޯދަމަހު ކުނި އުކާލަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވޭ

ރޯދަމަހާއެކު ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެންމެ ބޮޑު ބަދަލެއް އަންނަނީ ކެއިންބުއުމުގެ އަދާއަށެވެ. ބައެއް މީހުން ވަރަށް ރަނގަޅަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސި ނަމަވެސް އަނެއްބައި މީހުންނަކީ އެއްވެސް ވަރަކަށް ބަލައިނުލާ ކާބޯތަކެތި ތައްޔާރު ކުރާ މީހުންނެވެ. ރޯދަ ވީއްލާ ވަގުތަށް ތައްޔާރު ކުރާ ގިނަ ކާބޯތަކެތި ހުސްނުވެ އުކާލަންޖެހޭ ދުވަސްތައް ގިނައެވެ.

މިއީ ވަރަށް ދެރަކަމެކެވެ. މާތްވެގެންވާ މަހެއްގައި ކުރެވޭ ނުބައި އަމަލެކެވެ. އިންސާނުންނަށް މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާއި އިސްރާފުކުރުން ހިމެނޭއިރު މި މާތް މައްސަރުގައި އާއްމުކޮށް ކުރެވޭ ބައެއް އިސްރާފުތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ގޭގައި ތައްޔާރު ކުރާ ކާބޯތަކެތި ހުސްވާ މިންވަރަށް ތައްޔާރު ކުރުމަކީ މުހިންމު ކަމެކެވެ. އަދި ގެއިން ބޭރަށް ރޯދަ ވީއްލުކަމަށް ދިޔަ ނަމަވެސް ހުސްވާ މިންވަރަށް އޯޑަރު ނެގުމަށް ސަމާލުވާންޖެހެއެވެ.

މާލެސިޓީގެ ރެސްޓޯރެންޓްތަކުގެ ރޯދަ ވީއްލުންތަކަށް ބަލާއިރު، އެންމެ މީހަކަށް 4 ވައްތަރު ނުވަތަ 2 ވައްތަރެއްގެ ފަނި ތަށި ގެނެއެވެ. މިހެން ގެނައުމުން ގިނަ ފަހަރު ވަނީ އިސްރާފަށެވެ. ރޯދަ ވީއްލާ ވަގުތަށްވުމާއެކު، ގިނައިން ކެއުމަށް ހިތް އެދުނު ނަމަވެސް މާއަވަހަށް ބަނޑު ފުރެއެވެ. އެހެންކަމުން ގެންނަ ގިނަ ކާއެއްޗެހިތައް ހުސްނުކުރެވި ޖެހެނީ ދާށެވެ. މިއީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި ވެމްކޯއިން އުކާލުމުގެ މަސައްކަތް ކުރަމުންދާއިރު، ކުނިވާޒާތުގެ ގިނަ އަދަދެއްގެ ކުނި ކޮންމެ ދުވަހަކު ވެސް އުކާލަންޖެހެއެވެ. މި ރޯދަ މަހު މިއަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެހެން މަސްތަކާ އަޅާބަލާއިރު، މި ރޯދަ މަހު ގާތްގަނޑަކަށް 15 އިންސައްތައާއި 25 އިންސައްތައަށް ކުނި އުކާލަންޖެހޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެފައިވަނީ ރޯދަ މަހު އިސްރާފުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ގިނަ ގޭބިސީތަކުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި އުކާލާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަޅައި ދިއުމެވެ. ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި އެއީ ބޮޑުވެގެންވާ ނުބައި ކަމެކެވެ. އިސްރާފުކުރާ މީހުން ދެކެ ﷲ ސުބްހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެއީ ޝައިތާނާގެ އަމަލެކެވެ. އަދި އެއީ އޭގެ ސަބަބުން ސިއްހީ އަދި މާލީ ގެއްލުން މުޖްތަމައަށް ފޯރާނެ ކަމެކެވެ. އަދި ކެއިންބުއިމުގައި އިސްރާފުކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ ކަމެއް ކަމެކެވެ. އެހެންކަމުން އިސްރާފުކުރުމުން ދުރުވާންޖެހެއެވެ.

ނަމަވެސް ވެމްކޯއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމުޖުތަމައުގައި އިސްރާފު އޮތް މިންވަރު ހާމަވެގެންދެއެވެ. މިހާ ތަހުޒީބީ ޒަމާނެއްގައި މިހާ ބޮޑަށް ދިވެހިންގެ ތެރޭގައި އިސްރާފު ކުރުމުގެ އާދަ ހިފުމަކީ ވަރަށް ދެރަކަމެކެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް މިކަމަށް ވިސްނައި މިކަން އިސްލާހު ކުރަންޖެހެއެވެ. ބަނޑުހައިވީ ނަމަވެސް ކާބޯތަކެތި ތައްޔާރު ކުރުމުގައި ލިމިޓެއް ގެންގުޅެން ޖެހެއެވެ. މިހާ އިސްރާފު ބޮޑުވުމަކީ އެއްވެސް ގޮތަކަށް ކަމުދާ ކަމެއް ނޫނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް