Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަމާލެ ބްރިޖްގެ މަޝްރޫޢު

އެފްކޮންސްގެ ހިއްސާ ވިއްކާލުން - "ކުންފުނީގެ ހިންގުމަށް ބަދަލު އައުމަކީ ތިލަމާލެ ބްރިޖުގެ މަޝްރޫޢު އަށް ބުރޫއަރާނެ ކަމެއް ނޫން"

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އެޕްރީލު 2023 | ހޯމަ 07:47
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ

އެފްކޮންސް ނުވަތަ ޗަޕުރްޖީ ޕާލަންޖީ ގްރޫޕްގެ ހިއްސާ ވިއްކާލުމުގެ މުއާމަލާތްތަކެއް ހިނގާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެފްކޮންސްގެ ހިއްސާ ވިއްކާލި ނަމަވެސް ބްރިޖުގެ މަސައްކަތުގެ އޮޕަރޭޝަަނަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުންފުނީގެ ހިންގުމަށް ބަދަލު އައުމަކީ މަޝްރޫޢު އަށް ބުރޫއަރާނެ ކަމެއް ނޫންކަމަށާއި އެކަން ރާއްޖޭގައި ހިންގަމުންދާ އެހެން އޮޕަރޭޝަންތަކުން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ އެފަދަ ކަމެއް ދުނިޔޭގައި ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންގެ މަސައްކަތެވެ. ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުންދާ ކުންފުނީގެ މެނޭޖްމެންޓް ތަކުރާރުކޮށް ބަދަލުވަމުންދިޔަ ނަމަވެސް އެކަމުގެ ސަބަބުން ސީޕްލޭން އޮޕަރޭޝަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންޓްރެކްޓުތަކުގައި ހުންނަ ޤާނޫނުތައް ހިނގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ބްރިޖުގެ މަސައްކަތް ނިންމަން އިތުރު މުއްދަތެއް ދީފައި ނުވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އޭގެ ކޮލިޓީއާ މެދު ބައެއް އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ އެޝުއަރެންސްގެ މަސައްކަތް ކުރިއަށްދާ ކަން ސަރުކާރުން ފާހަގަކުރެއެވެ. އެ މަސައްކަތް ކުރަމުން ދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތްކުރި ކުންފުނިން ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައެވެ. ބްރިޖުގެ ފުރަތަމަ ފޭސްގައި ހިމެނެނީ މާލެއިން ފެށިގެން ގުޅީފަޅާ ހިސާބަށް މަަސައްކަތް ނިންމުން ކަމަށާއި، އެ މަސައްކަތް ނިންމަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށްކަމަށް ސަރުކާރުން ބުނެއެވެ. އޭގެ ފަހުން މެއި 2024ށް ބްރިޖު ތިލަފުއްޓާ ގުޅާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
10 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި

10 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި
26 މާރިޗު 2017

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް
23 މާރިޗު 2017

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު