Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭ

ތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭ - "ޑިޒައިނަށް ބަދަލު ގެނެސް މަޝްރޫޢުގެ އަގު %40 އާ ހަމައަށް ދަށްކުރެވޭނެ ކަމަށް ލަފާކުރެވޭ"

17 އެޕްރީލު 2023 | ހޯމަ 07:22

30 ޖޫންގައި އަމަލީ މަސައްކަތް ނުފެށުނު ނަމަވެސް މި އަހަރުގެ ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އެޕްރީލު 2023 | ހޯމަ 07:22
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެ ބަދަލާއެކު 40 އިންސައްތައާ ހަމައަށް ޕްރޮޖެކްޓުގެ އަގު ދަށް ކުރެވޭނެ ކަމަށް އިންޖިނިއަރުން އަންދާޒާކުރައްވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ކުރައްވާފައިވާ ސުވާލަށް ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދެއްވަމުންނެވެ. ރިޔާޒް ވަނީ ތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢު ފާއިތުވި އެތައް އަހަރަކު ބަޖެޓުކުރެވިފައި ވީ ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް ފެށިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން މިހާރު އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2023ގައި ކަމަށާއި އެހެންކަމުން އެ ތާރީޚުގައި ޢަމަލީ މަސައްކަތް ފެށޭ މިންވަރަށް ކަންތައް ރޭވިފައިވޭތޯ އަދި ޢަމަލީ މަސައްކަތް ރޭވިފައިވާ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފަށާނެ ކަމަށް މެންބަރު ވިދާޅުވި ތާރީހަކީ އައިލްސްގައި މަސައްކަތް ފަށާނެ ކަމަށް ބުނެފައިވާ ތާރީހުކަމަށް ޤަބޫލުކުރައްވާ ކަަމަށެވެ. މި އަހަރު ފެށުނު އިރުވެސް ޓާގެޓްކޮށްފައިވަނީ މި އަހަރު ދެ ވަނަ ކުއާޓާ ނިމުމުގެ ކުރިން އެ މަސައްކަތް ބީލަމަށް ހުޅުވާލުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން 30 ޖޫންގައި އަމަލީ މަސައްކަތް ނުފެށުނު ނަމަވެސް މި އަހަރުގެ ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 500 މިލިއަނަށް ވުރެ ކޯޒްވޭގެ އަގު ބޮޑުވުން ކަމަށާއި، އެ މަސައްކަތް ކުޑަ އަގެއްގައި ކުރެވޭނެ ގޮތް ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ކޯޒްވޭގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވޭމަންޑޫ އާއި އެލާޔާއި ދޭތެރޭގައި އޮންނަ ސަރަހައްދުގައި އެކީގައި ކޯޒްވޭ ހެދުމުގެ ބަދަލުގައި އެ ސަރަހައްދުގައި 150 މީޓަރުގެ ހަތަރު ބްރިޖް ސެކްޝަން އަދި ތިން އައިލެންޑް ސެކްޝަން ލާފައިވާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ތިލަފަޅު މަތިން ދެމޭ އޮޔަށް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ހައިޑްރޯޑައިނެމިކް މޮޑެލިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ކުރަނީ އުދަ އެރުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައެވެ.

މެންބަރު ރިޔާޒް ވަނީ އެ މަސައްކަތް ނުފެށި ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މަޝްރޫޢު އަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއް ކަަމަށާއި އެ މަސައްކަތް ލަސްވުމަކީ އާއްމުން ކަންބޮޑުވާނެ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. މި ކަންބޮޑުވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫޢުއަކީ ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއެއް ކަމުން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އެކަންކަމަށް ބަލަން ޖެހޭ ވަރަށް ނުބަލާ މަސައްކަތްކުރުން ވާނީ މޮޔަކަމަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް