Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޗައިނާ

ރަޝިއާގެ ރައީސް ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

މިދިޔަ މަހު ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ވެސް ބައްދަލު ކުރައްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 އެޕްރީލު 2023 | ހޯމަ 04:01
ރަޝިއާގެ ރައީސް ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ އާދިއްތަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ. މިއީ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ރަޝިއާއަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދެ ޤައުމުގެ ގުޅުން ސިފަ ކޮށްފައިވަނީ "ނޯ ލިމިޓް" ނުވަތަ ލިމިޓެއް ނެތް ޕާޓްނަރޝިޕެއްގެ ގޮތުގައެވެ.

ރަޝިއާގެ ރައީސް އާއި ޗައިނާގެ ޑިފެންސް މިނިސްޓަރުގެ މި ބައްދަލު ކުރެއްވުމުގައި ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރގެއި ޝޮއިގޫ ވެސް ބައިވެރިވަވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ޕުޓިން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރަމުން އަންނަ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އަސްކަރިއްޔާގެ އިތުރުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ތައުލީމީ ދާއިރާއިން ވެސް ގުޅުން ބަދަހި ކުރުމަށް ނިންމާފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން، ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައިވާއިރު މިދިޔަ މަހު އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ވެސް ބައްދަލު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު