Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިޔާ ފްލެޓް

އެއްލާލާ ސިނގިރޭޓު ފިލްޓަރަކުން ނުރައްކަލަށް ހުށަހެޅެނީ އެތައް ހާސް ފުރާނައެއް!

17 އެޕްރީލު 2023 | ހޯމަ 04:06

ނިއްވާނުލައި އެއްލާލާ ސިނގިރޭޓު ފިލްޓަރުގެ ސަބަބުން ހިޔާ ސަރަހައްދުގައި އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 އެޕްރީލު 2023 | ހޯމަ 04:06
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން

ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކަކީ އެތައް ބަޔަކު އެތަނެއްގައި ދިރިއުޅެމުން އަންނަ ތަނެކެވެ. މާލެ ސަރަހައްދުގެ އާބާދީގެ ބޮޑު އިންސައްތައެއް ހިޔާ ސަރަހައްދުގައި ދިރިއުޅެމުން އަންނައިރު އެފަދަ ތަނެއްގައި ކޮންމެ މީހަކު ވެސް އުޅެން ޖެހޭނީ އެހެން މީހުންގެ ސަލަމާތާއި ރައްކާތެރިކަމަށް ބަލައިގެންނެވެ. ނަމަވެސް ބައެއް ފަހަރު ކުރެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން އެބަދެއެވެ.

ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވާން ފެށިފަހުން އެތަނުގައި އެތަކެއް އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ. މީގެ ތެރެއިން ގިނަ ހާދިސާތައް ހިނގާފައިވަނީ ނިއްވާ ނުލައި އެއްލާލާ ސިނގިރޭޓު ފިލްޓަރުތަކުގެ ސަބަބުން ކަމަށް ވަނީ ލަފާ ކޮށްފައެވެ. އެގޮތުން، މަތީ ފްލެޓެއްގައި އުޅޭ މީހަކު ސިނގިރޭޓު ބުއިމަށްފަހު ފިލްޓަރު ނިއްވާނުލައި އެއްލާލުމުން ވަޔާއެކު އެ ފިލްޓަރު ވެއްޓި ރޯވެއެވެ. ގިނައިން މިގޮތަށް ރޯވެފައިވަނީ އެއްކޮށްފައި ބަހައްޓައިފައި ހުންނަ ކުނިތަކެއްގައެވެ. ނަމަވެސް އަލިފާން ރޯވާ ފަދަ ކޮންމެ އެއްޗެއްގައި ވެސް މިފަދަ ސިނގިރޭޓު ފިލްޓަރެއްގެ ސަބަބުން ރޯވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ރޯދަ މަހުގެ ތެރޭގައި ވެސް ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓެއްގައި މިފަދަ ދެ ހާދިސާއެއް ވަނީ ހިނގާފައެވެ. ދެ ހާދިސާގައި ވެސްބެލްކަނީގައި ހުރި ކުނިތަކުގެ މައްޗަށް ނިއްވާނުލާ އެއްލާލި ސިނގިރޭޓު ފިލްޓަރެއް ވެއްޓި ރޯވީ ކަމަށް ބެލެވެއެވެ. މި ދެ ހާދިސާގައި ވެސް ރޯވި ފެލްޓުގެ ހުރިހާ އެޕާޓްމަންޓެއްގެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެން އެތަނުން ނެރުނެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ މިފަދަ ތަނެއްގައި މިއީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކު ވެސް އެތަނުގައި ދިރިއުޅެނީ އާބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުންފުނިން ވަނީ އެތަނުގައި ދިރިއުޅޭ އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފްލެޓުތަކުގެ އެއްބަސްވުމުގެ ދަށުން މިފަދަ އެތައް ކަމެއް މަނާވެސް ކޮށްފައެވެ. އެގޮތުން ހިޔާގެ ފުލެޓުތައް ދޫކޮށްފައިވާ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި ސިނގިރޭޓު ބުއިން އަދި އަޅި ކެނޑުމަކީވެސް އެއްބަސްވުމުގެ ދަށުން މަނާކަމެކެވެ. އެހެންކަމުން އަމިއްލަ ގެއަށްވި ނަމަވެސް ސިނގިރޭޓު ބޯ މީހުންނަށް އެ ކުރެވެނީ އެއްބަސްވުމާ ޚިލާފު، މަނާ ކަމެކެވެ.

އެންމެ ފުރަތަމަ ފަހަރަށް ހިޔާ ސަރަހައްދުގައި، އެއްލާލި ފިލްޓަރަކުން އަލިފާން ރޯވި ދުވަހުން ފެށިގެން އާބަންކޯއިން އަންނަނީ އެކި ފަހަރުމަތިން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރަމުންނެވެ. އަދި މިފަހުން ހިނގި ހާދިސާތަކާއެކު އެ ކުންފުނިން ވަނީ ފިޔަވަޅު އެޅުމަށް ވެސް ނިންމާފައެވެ. އެގޮތުން، އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުމަށް ނިންމައި އެފަދަ ހާދިސާތައް ތަހުގީގުކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން އިންޒާރު ދިންނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިކަން ނަގަނީ ވަރަށް ކުޑަކަމެއްގެ ގޮތުގައެވެ. ސިނގިރޭޓު ބޮނީ އަމިއްލަ ގޭގައި ކަމަށާއި އެކަމާ އެހެން ބަޔަކަށް ނުބެހެވޭނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅޭއިރު އެތަނެއްގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. އެފަދަ ގަވާއިދުތައް ހެދިފައިވަނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައެވެ. ތިމާގެ ވެސް ރައްކަލަކައްޓަކައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
17 އޯގަސްޓު 2025

ސަރުކާރު އިމާރާތަކުން ބައެއް ވެއްޓި އާއްމުން ނުރައްކަލަށް! ޒިންމާ ވާނީ ކާކުބާ؟

17 އޯގަސްޓު 2025
ސަރުކާރު އިމާރާތަކުން ބައެއް ވެއްޓި އާއްމުން ނުރައްކަލަށް! ޒިންމާ ވާނީ ކާކުބާ؟
18 ފެބުރުއަރީ 2025

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

18 ފެބުރުއަރީ 2025
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
26 މާރިޗު 2024

ބާ ފޯނުގަނޑު އެއްލާލާ ހިސާބުން އަދި އެ ނިމުނީ ނޫންކަން އެނގޭތަ؟

26 މާރިޗު 2024
ބާ ފޯނުގަނޑު އެއްލާލާ ހިސާބުން އަދި އެ ނިމުނީ ނޫންކަން އެނގޭތަ؟
25 ސެޕްޓެމްބަރު 2023

ނޫސްވެރިކަމުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ހަދައިގެން، ގައުމު ނުރައްކަލަށް!

25 ސެޕްޓެމްބަރު 2023
ނޫސްވެރިކަމުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ހަދައިގެން، ގައުމު ނުރައްކަލަށް!
23 ޖޫން 2022

ސިނގިރޭޓު ބުއިން ހުއްޓާލާ މީހާއަށް އެންމެ ބޮޑަށް އުނދަގޫވާނީ ހުއްޓާލާތާ ހަފްތާއެއްވުމުން

23 ޖޫން 2022
ސިނގިރޭޓު ބުއިން ހުއްޓާލާ މީހާއަށް އެންމެ ބޮޑަށް އުނދަގޫވާނީ ހުއްޓާލާތާ ހަފްތާއެއްވުމުން
20 މާރިޗު 2020

ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

20 މާރިޗު 2020
ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"
02 މާރިޗު 2018

ކުއްލި ނުރައްކަލުގެ ޙާލަތުން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ނުރައްކަލަށް!

02 މާރިޗު 2018
ކުއްލި ނުރައްކަލުގެ ޙާލަތުން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ނުރައްކަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް