Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަމުގެ މައްސަލަތައް

500 ރުފިޔާއާއި ފޯނެއް ވަގަށް ނެގުމުން، 640 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމާއެކު، 24 ދުވަހުގެ މުއްދަތަށް ޖަލަށް

ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އެޕްރީލު 2023 | އާދީއްތަ 07:04
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

500 ރުފިޔާއާއި ފޯނެއް ވަގަށް ނެގި މީހަކު 640 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމާއެކު، 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ ދައުވާލިބޭ މީހާ 2022 އޮކްޓޯބަރު 19 ވަނަ ދުވަހު މާލޭ ކަލަފާނު ހިނގުމުގައި ހުންނަ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް ވަދެ، އެތަނުގައި ހުރި މޭޒެއްގެ ވަތްގަނޑުގައި އޮތް 500 ރުފިޔާއާއި، ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް ވަގަށް ނަގާފައިވާތީއެވެ.

Advertisement - newsAdvertisement

ދައުލަތުން ދައުވާ އިއްވުމުން އެ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ވުމާއެކު މި މައްސަލައިގައި ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ އަޑުއެހުމެކެވެ.

އަވަސްނިޔާގެ އަޑުއެހުމުގައިވެސް އޭނާ އިއުތިރާފު ދަމަހައްޓާފައިވާތީ އެއީ ސައްޙަ އިއުތިރާފެއްކަމަަށް ކަނޑައަޅުއްވައި، ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

އަދަބު ކަނޑައަޅުއްވަމުން ގާޒީ ވަނީ އެ މީހާ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވައި، އޭނާގެ އިއުތިރާފާއި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން، ޤާނޫނުލްއުޤޫބާތަށް ރިއާޔަތްކޮށް އެ މީހާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ 640 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމާއެކު، 24 ދުވަހުގެ މުއްދަތުގެ ޖަލު ޙުކުމެއްކަމަށް ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު