Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައީމާގެ މަރުގެ މައްސަލަ

އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާގެ މަރާ ގުޅިގެން މަނަދޫ ބައެއް މީހުންގެ ޑީއެންއޭ ނަގައިފި

ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭވެސް ނަގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އެޕްރީލު 2023 | އާދީއްތަ 06:27
ނ މަނަދޫ- އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި

ނ މަނަދޫ- އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި

ނ މަނަދޫގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާގުޅިގެން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފިއެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ރާއްޖެއެމްވީއަށް ވިދާޅުވީ، ނައީމާގެ ގޭ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށާއި، ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލްވެސް ނަގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލައާ ގުޅިގެން މިހާރުވެސް ފުލުހުންގެ ޓީމުން ދަނީ ވަރުގަދަ ތަހުގީގެއް އެ ރަށުގައި ހިންގަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު ނައީމާ މަރުވެފައި އޮއްވާ ފެނިފައިވެއެވެ.

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މިމައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން، ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުން ދެއެވެ.

އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލިޖިސްޓް ނިންމުމުން ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
13 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު