Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓަޔަރު ހަމުގައި ކޯރު ހުރަސްކުރުން

ޓަޔަރު ހަމުގައި، އޮއިބާރު ކޯރު ހުރަސްކުރާ ހިތްވަރުގަދަ ޓީޗަރުންނަށް ސެލިއުޓް ހައްގު!

46 މީޓަރު ފުޅާ، އޮއިވަރު ބާރު ކޯރުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސްކުރުމަށްޓަކައި ޓަޔަރު ހަން ބޭނުންކުރުން ނޫން އެހެން ގޮތެއް އަދި ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 08:30
ޓަޔަރު ހަމުގައި ޓީޗަރުން ކޯރު ހުރަސްކުރުން

ޓަޔަރު ހަމުގައި ޓީޗަރުން ކޯރު ހުރަސްކުރުން

ތިބާ ބޭނުން ކަމެއް ކުރުމަށްޓަކައި ކަނޑުފަތާފައި ނަމަވެސް އެކަމެއް ކުރާނަމޭ އާންމުކޮށް ބުނެއުޅެނީ ގަދަ ބަހެއްގެ ގޮތުގައެވެ. ހާލަތު މަޖުބޫރުކުރުވާ ކަމެއްގެ ސަބަބުން، ކަނޑުފެތުންފަދަ ގޮންޖެހުމަކާ ކޮންމެ ދުވަހަކުވެސް ކުރިމަތިލާ ބަޔަކު އުޅޭކަން ދެނަހުރީ ތިޔައިގެތެރެއިން ކިތައް މީހުންބާއެވެ؟ ދައްކަން މިއުޅެނީ އަފްޣާނިސްތާނުގައި މަސައްކަތްކުރާ، ހިތްވަރުގަދަ ޓީޗަރުންތަކެއްގެ ވާހަކައެވެ. ބިއްލީ ހައިސްކޫލްގެ ޓީޗަރުން ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަނީ ކޯރު ހުރަސްކޮށްފައެވެ. ފަތާފައި ނޫނެއްކަމަކު، ބޯޓެއް ނުވަތަ ފެރީއެއްގައެއްވެސް ނޫނެވެ. އެ ޓީޗަރުންގެ އޮޑިއަކީ ޓަޔަރު ހަމެވެ.

46 މީޓަރު ފުޅާ، އޮއެވަރު ބާރު ކޯރުގެ އެއް ފަރާތުން އަނެއް ފަރާތަށް ހުރަސްކޮށް، ސްކޫލަށް އައިސް ގޮސް ހެދުމަށްޓަކައި ޓަޔަރު ހަން ބޭނުންކުރުން ފިޔަވައި އެހެން ގޮތެއް އޮތްނަމަ، އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން އެ ޓީޗަރުންވެސް އެފަދަ ދަތުރެއް ނުކުރީސްކަން ޔަގީނެވެ.

ކޯރުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސްކުރާނެ ފާލަމެއް ނުވަތަ ބުރިޖެއް ނެތެވެ. ނުވިތާކަށް، ބާ ބޯޓުގަނޑެއްހާ ހިސާބުވެސްނެތެވެ. ޓަޔަރު ހަމުގައި ކޯރު ހުރަސްކުރުމުގެ ބިރުވެރި ދަތުރު ކުރާތާ މިހާރު އެތައް އަހަރެއް ފާއިތުވެއްޖެއެވެ. ގަދަވިއްސާރައާއެކު ބޮޑުވާ ކޯރުގެ ފެންގަނޑާއި އޮޔަށް އަންނަ ބަދަލުތަކަށްވެސް ބެލުމެއްނެތި ދަތުރުކުރަނީއެވެ. ސްކޫލުގައި ތިބި 15 މުވައްޒަފުންގެ ތެރެއިން 12 މީހުންގެ ހާލަކީ އެއީއެވެ.

މި ޓީޗަރުންގެ އެދުރުކަމުގެ ދަށުގައި ބިއްލީ ހައިސްކޫލްގައި 1040 ދަރިވަރަކު ދަނީ ތައުލީމު ހާސިލުކުރަމުންނެވެ. އޭގެ ތެރޭގައި، ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ އަންހެން ދަރިވަރުންވެސް ހިމެނެއެވެ.

ބިއްލީ ހައިސްކޫލް ހުޅުވީ 2004 ވަނަ އަހަރުއެވެ. ނަމަވެސް، ބޭނުންކުރާ ވަރަށް ސްކޫލުގެ އުމްރާނީ ހާލަތު ގޯސްކަމަށް، އަފްޣާނިސްތާނުގެ އޭރުގެ ތައުލީމާބެހޭ ވުޒާރާއިން އަންގަން ނެގީ އެންމެ 3 އަހަރު ދުވަހެވެ. އެ ސްކޫލްގައި މިއަދު ހުރީ އެންމެ 3 ކުލާސްރޫމެވެ. ގިނަ ކުލާސްތައް އޮންނަނީ ހާމަ ބިމުގައެވެ.

ނޫރު ރަހްމާނަކީ ޕަޝްޓޯ ބަސް އުނގަންނައިދިނުމުގެ މަސައްކަތުގައި ބިއްލީ ހައިސްކޫލްގައި 15 އަހަރު ހޭދަކޮށްފައިވާ ޓީޗަރެކެވެ. ނޫރު ވަނީ ސްކޫލު އޮތް ހާލަތު ބަޔާންކޮށްދީފައެވެ.

ނޫރުފަދަ އެހެން ޓީޗަރުންނަށް، ދިރިއުޅުމަށް އާމްދަނީ ހޯދޭނެ އެހެން ގޮތެއް ނެތެވެ. ސްކޫލްގައި ކުރާ މަސައްކަތުން މަހެއްގެ މައްޗަށް ގެއަށް ގެންދަން ލިބެނީ 69 ޑޮލަރާ 92 ޑޮލަރާ ދެމެދު އަދަދަކަށް ވާހާ އަފްޣާން ފައިސާއެވެ. ނޫރު ފާހަގަކުރިގޮތުގައި، ސްކޫލަށް ދިއުމަށް ކުރަންޖެހޭ ދަތުރަށް ޚަރަދެއް ނުހިނގިއެއްކަމަކު، ސްކޫލުން ލިބޭ އާމްދަނީން އާއިލާގެ ކަންކަން ދެކޮޅުޖައްސާލެވެނީ ހަމަ ކިރިޔާއެވެ.

އެތައް އަހަރަކަށް ދިގުލައިދިޔަ ހަނގުރާމައިގެ ސަބަބުން، މިއަދު އަފްޣާނިސްތާނަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފަގީރު ގައުމުތަކުގެތެރޭގައި ގުނާލެވޭ ގައުމެކެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި އޮތް ގައުމެކެވެ. އޯގަސްޓް 2021ގައި، ހަތިޔާރު އެޅި ހަނގުރާމަވެރި ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، ދަތި ދިރިއުޅުން އިތުރަށް ދަތިވިއެވެ.

އަފްޣާނިސްތާނަށް ކުރިން ލިބެމުން ދިޔަ އެހީގެ ދޮރުތައް ބަންދުވެ، ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ހީނަރުކަމުގެ ފުން އަނދަވަޅަކަށް ގައުމު ވެއްޓުނު ގޮތަށް އަދި އޮތީ އެކަމުން އަރައިނުގަނެވިއެވެ. އަފްޣާނިސްތާނަށް މިއަދު ކުރިމަތިވެފައިވާ ނުތަނަވަސްކަމުން ސަލާމަތްވެވޭނެ ދުވަހެއް، މަގެއް، އަދި ގޮތެއްވެސް ފެންނާކަށް ނެތެވެ. އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ތާލިބާނުންގެ ވެރިކަމެއްގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަ ވާހަކަތައް ހުޅަނގުން ހަރު އަޑުން ފަތުރާއިރު، ބިއްލީ ހައިސްކޫލްގެ ހާލަތު އެދަރަޖައަށް ގޯސްވީ، ހަމައެކަނި ތާލިބާނުންގެ ވެރިކަމުގައި ހޭދަވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށްވެސް ގަބޫލުކުރެވޭކަށްނެތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލެޔާއި ކިސަޑުގެ ކޯރު ދެމުންދާ ޣައްޒާގެ މަގުތައް މަތީގައި އެތައް ބަޔަކު ހުސްފަޔާ!

ލެޔާއި ކިސަޑުގެ ކޯރު ދެމުންދާ ޣައްޒާގެ މަގުތައް މަތީގައި އެތައް ބަޔަކު ހުސްފަޔާ!

04 ފެބުރުއަރީ 2024
އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

28 ނޮވެމްބަރު 2023
ނީލަ ކޯރު ސާފު ކުރުމުގެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އެއް ޢާއިލާއެއްގެ 3 ޖީލު

ނީލަ ކޯރު ސާފު ކުރުމުގެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އެއް ޢާއިލާއެއްގެ 3 ޖީލު

27 އޮކްޓޯބަރު 2022
ކޯރުން ފުރި ބަންޑުންވި ފެންގަނޑާއެކު ތައި ނޫޑްލްސްއާއި މަސާޖެއް

ކޯރުން ފުރި ބަންޑުންވި ފެންގަނޑާއެކު ތައި ނޫޑްލްސްއާއި މަސާޖެއް

16 އޮކްޓޯބަރު 2022
ހަ އަހަރު ފަހުން ކިނބުލުގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓާ ކިނބޫ ދޫކޮށްލައިފި

ހަ އަހަރު ފަހުން ކިނބުލުގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓާ ކިނބޫ ދޫކޮށްލައިފި

09 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު