Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ނިޒާމްބެގެ މެސެޖު: ބުރުން ޖެހިލުންވާނެ ޓީމެއް ނޯންނާނެ

ފުރަތަމަ ޑިވިޝަންގައި ހިފެހެއްޓުމަށް ދައްކަންޖެހޭ ކުޅުމަށް ބަލާއިރު، ފުރަތަމަ ކަަމަކީ ރަނގަޅު ޓީމެއް އުފެއްދުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 07:28
ބުރުގެ ކޯޗު، ނިޒާމްބެ

ބުރުގެ ކޯޗު، ނިޒާމްބެ

މިއަހުގެ ޕްރެޒިޑެންޓްސް ކަޕަށް ކުރިމަތިލާއިރު، ބުރު ސްޕޯޓްސް ކުލަބުން ޖެހިލުންވާނެ އެއްވެސް ޓީމެއް ނޯންނާނެކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރުގެ ކޯޗުކަމާ ނިޒާމްގެ ހަވާލުވީ، އެ މުބާރާތަށްފަހުއެވެ. މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕަކީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ބުރުން ނުކުންނާނެ ފުރަތަމަ މުބާރާތެވެ. އަނެއްކޮޅު ނިޒާމްބެ އިރުޝާދުގެ ދަށުން ބުރުން ކުޅޭ ފުރަތަމަ މެޗަކީ، ނިޒާމްބެގެ ކުރީގެ ކުލަބު (ޓީސީ ސްޕޯޓްސް ކުލަބް)އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ، ބުރުން މުބާރާތަށް ނިކުންނަނީ ގާތްގަނޑަކަށް ހަފުތާއެއްގެ ފަރިތަކުރުމަށްފަހު ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ލީގަށް ދާން ބަލާއިރު، މިއީ ޓީމުގެ ހާލަތު ދެނެގަންނަން ރަނގަޅު މުބާރާތެއް ކަމަށެވެ. ޚާއްސަކޮށް ޓީމަށް އިތުރު ބިދޭސީ ކުޅުންތެރިން ގެންނަންޖެހޭއިރު، މެޗުތަކެއް ކުޅުމަށްފަހު ޓީމުގެ އެންމެ މުހިންމު ތަންތަނަށް ކުޅުންތެރިން ގެންނަންވެސް ފަސޭހަވާނެކަމަށެވެ.

މީގެ އިތުރުން ނިޒާމްބެ ބުނީ، ފުރަތަމަ ޑިވިޝަންގައި ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް މިހާރު ބުރުން ކުރަމުން އަންނަކަމަށެވެ. އެއީ މިހާރު ރާއްޖޭގެ ކުލަަބުތައް ގޮސްފައިވާ ހާލަތަށް ނުދާނެ ގޮތަކަށް ކަންތައްކުރުން ކަމަށާއި، އެ ކަންތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު، ފުރަތަމަ ޑިވިޝަންގައި ހިފެހެއްޓުމަށް ދައްކަންޖެހޭ ކުޅުމަށް ބަލާއިރު، ފުރަތަމަ ކަަމަކީ ރަނގަޅު ޓީމެއް އުފެއްދުން ކަމަށްވެސް ނިޒާމްބެ ބުންޏެވެ. ނިޒާމްބެ ބުނީ އޭނާގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި މިހާރު ކުރަންޖެހޭނީ އެ މަސައްކަތް ކަމަށެވެ

ޓީސީ މެޗާ ގުޅޭގޮތުން ނިޒާމްގެ ބުނީ، ގްރޫޕްގައި ކުޅެންޖެހޭ ދެ މެޗަށް ބަލާއިރު، ޓީސީ މެޗުން ތިން ޕޮއިންޓު ވަރަށް މުހިންމު ކަމަށެވެ. އޭނާ ބުނީ މުބާރާތަށް ނުކުތީވެސް ކުރިއަށްދިއުމުގެ އުންމީދުގައި ކަމަށާއި، އެހެންކަމުން ކުރިއަށް ދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށެވެ. ނިޒާމްބެ ފާހަގަކުރިގޮތުގައި، މުބާރާތުގެ ޓީމުތަކަށް ބަލާއިރު މާޒިޔާއާއި އީގަލްސް އެއީ ފޭވަރިޓުންނެވެ. ދެން ބާކީ ހުރި ޓީމުތައް ފެންނަނީ ވަރަށް ގާތްގާތުގައި ކަމަށާއި، ނަމަވެސް އެއްވެސް ޓީމަކީ ބުރަށް "އަތް ނުލެވޭނެ" ޓީމެއް ނޫން ކަމަށެވެ. ނިޒާމްބެ ބުނީ ސީޒަން ފަށަން ކުޅުނު މެޗާއި، މުބާރާތުގެ ފުރަތަމަ މެޗުގައި އެކަން ފެނުނުކަމަށެވެ.

މީގެ އިތުރުން ނިޒާމްބެ ބުނީ، ކުރެވުނު މަސައްކަތާ އަޅައިބަލާއިރު މިއީ ޗެލެންޖަކަށް ވާނެކަމަށެވެ. އޭނާ ބުނީ އެއްވެސް ޓީމެއްގެ ކުޅުމާމެދު އެއްޗެއް ބުނަން ބޭނުންނުވާކަމަށާއި، މި ސީޒަންގައި ނުކުންނަ ޓީމުތަކުގެ ތެރެއިން ބުރު ވާދަނުކުރާނެ ޓީމެއް ނޯންނާނެ ކަމަށެވެ. ބުރުން އެއްވެސް ޓީމަކާމެދު ޖެހިލުންނުވާނެ ކަމަށާއި، ސީޒަނަށް ނުކުންނާނީ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ

މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ

12 ޖޫން 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: މޮރީނިއޯ

ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: މޮރީނިއޯ

04 މެއި 2017
ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

28 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު