Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ފަތުރުވެރިކަން

އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް، ވަރަށް އަވަހަށް ޝަންގްރިއްލާ ހުޅުވާނެ: ޓޫރިޒަމް މިނިސްޓްރީ

ޝަންގްރިއްލާ ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 15 އެޕްރީލު 2023 | ހޮނިހިރު 07:11
ޝަންގްރިއްލާ

ޝަންގްރިއްލާ

މިސަރުކާރުން އައްޑޫސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނާނެކަމަށާއި، ވަރަށް އަވަހަށް އައްޑޫގެ ފުރަތަމަ ރިސޯޓު (ޝަންގްރިއްލާ ވިލިނގިލި ރިސޯޓު) ހުޅުވާނެކަމަށް, ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސާލިހު ވިދާޅުވީ، ޝަންގްރިއްލާ ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ ރިސޯޓު ހުޅުވޭނެކަމަށެވެ. ރިސޯޓު ހުޅުވުމަށްޓަކައި ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ގެސްޓްހައުސްތަކަށް ސަރުކާރުން ބިން ދީފައިވާކަމަށާއި، މިހާތަނަށް އައިއިރު 74 ބިން ދޫކޮށްފައިވާކަމަށެވެ. މިއީވެސް އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ވިޔަފާރިތައް ހިންގުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފައިސާ ނުލިބުމުގެ މައްސަލަކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އެމައްސަލަ ހައްލުކުރުމަށްވެސް ލުއި ލޯނުތައް ސަރުކާރުން ދޫކުރަމުންދާކަމަށެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިމަގެއް ފޯރުކޮށްދެމުންދާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ހަންކެޑެ މަޝްރޫއަށް އިޝާރާތްކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިމަޝްރޫއުވެސް އައްޑޫގައި ހިންގުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް ގިނަ ދިރާސާތައް ހެދުމަށްފަހު، އެކަން ކުރެވޭނެކަމުގެ ޔަގީންކަމާއެކު ކަމަށެވެ.

ވަރަށް އަވަހަށް އައްޑޫގެ ފުރަތަމަ ރިސޯޓު ހުޅުވާނެކަމަށް ވިދާޅުވެފައިވާއިރު، ރިސޯޓު ނުހުޅުވި ގިނަ ދުވަސް ވާތީ، އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19އާ ގުޅިގެން އެ ރިސޯޓު ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މި ރިސޯޓަކީ ގިނަ އަދަދެއް އައްޑޫ ރައްޔިތުން ވަޒީފާ އަދާކުރަމުންދިޔަ ރިސޯޓެކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު