Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

13 އެޕްރީލު 2023 | ބުރާސްފަތި 17:15

ޖޫރިމަނާގެ އަދަދެއް ނުބުނޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 13 އެޕްރީލު 2023 | ބުރާސްފަތި 17:15
ސާދިއޯ މާނޭއާއި ލަރޯއީ ސާނޭ (ކ) މިއަދު ހެނދުނު އޮތް ފަރިތަކުރުންތަކުގައި

ސާދިއޯ މާނޭއާއި ލަރޯއީ ސާނޭ (ކ) މިއަދު ހެނދުނު އޮތް ފަރިތަކުރުންތަކުގައި

ޖަރުމަނުގެ ބަޔާން މިއުނިކްއިން ސާދިއޯ މާނޭ ޖޫރިމަނާކޮށް ކުރިއަށް އޮތް މެޗަށް ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑްކުރީ އިއްޔެ ރޭ މެންޗެސްޓަރ ސިޓީ އަތުން 3-0ން ބަޔާން މިއުނިކް ބަލިވި މެޗާއި، މެޗަށްފަހު ޗޭންޖިންގ ރޫމުގައި ޖަރުމަނުގެ ވިންގާ ލެރޯއީގެ ސާނޭ ގަޔަށް އަތްލުމުންނެވެ.

މިކަމާ ގުޅިގެން ބަޔާންއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާނޭ ވަނީ ކުލަބުގެ އަހުލާގީ އިންތަކާ ހިލާފުވެފައި ކަމަށެވެ. އަދި މިކަމުގެ އަދަބެއްގެ ގޮތުން ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ހޮފެންހެއިމްއާ ދެކޮޅަށް ކުޅެންޖެހޭ މުހިންމު މެޗުގައި މާނޭ ނުހިމަނާނެ ކަމަށެވެ. ނަމަވެސް އޭނާ ޖޫރިމަނާ ކުރި އަދަދެއް ނުބުނެއެވެ. މި ސީޒަނުގައި ލިވަޕޫލުން ބަޔާންއާ ގުޅުނު ސެނަގާލްގެ ފޯވަޑް، މާނޭއަށް އަހަރަކު 17 މިލިއަން ޑޮލަރު ލިބެއެވެ.

ސާނޭއާއި މާނޭގެ ދަނޑުމަތިން ތަޅަން ފަށައި، ޗޭންޖިންގ ރޫމުގައި އަތްއިސްކޮށް ހެދުމުން މި ދެ މީހުން ދުރުކުރީ ކުޅުންތެރިން މެދުވެރިގެންނެވެ. ނަމަވެސް މިއަދު ހެނދުނު އޮތް ޕްރެކްޓިހަށް މި ދެ ކުޅުންތެރިންވެސް ނުކުތެވެ.

ބަޔާންގެ ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރި މައްސަލާގައި ޓީމުތެރެ ވަނީ ބައިބައިވެފައެވެ. މިގޮތުން މާނޭއަކީ ނާގެލްސްމަންއަށް މާބޮޑަށް ތާއީދުކުރި ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް ސާނޭ ހުރީ ކުރީގެ ކޯޗާއެކުގައެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ސާނޭއަކީ ޖަރުމަނު މީހަކަށް ވުމާއެކު ބަޔާންގައި މާނޭގެ ކުރިމަގު މިހާރު ކުރުވާނެކަމަށް ތަޖުރިބާކާރުން ވަނީ ބުނަން ފަށާފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ޗެމްޕިއަންސް ލީގު: މާނޭގެ ހެޓްރިކާ އެކު ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް

15 ފެބުރުއަރީ 2018
ޗެމްޕިއަންސް ލީގު: މާނޭގެ ހެޓްރިކާ އެކު ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް
26 ޑިސެމްބަރު 2017

އޭއެފްސީން އެފްއޭއެމް ޖޫރިމަނާކޮށް، އިންޒާރުދީފި!

26 ޑިސެމްބަރު 2017
އޭއެފްސީން އެފްއޭއެމް ޖޫރިމަނާކޮށް، އިންޒާރުދީފި!
07 ޑިސެމްބަރު 2017

ކޮންޓޭ 8000 ޕައުންޑްއިން ޖޫރިމަނާކޮށްފި

07 ޑިސެމްބަރު 2017
ކޮންޓޭ 8000 ޕައުންޑްއިން ޖޫރިމަނާކޮށްފި
28 ނޮވެމްބަރު 2017

ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ

28 ނޮވެމްބަރު 2017
ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ
18 އޮކްޓޯބަރު 2017

އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި

18 އޮކްޓޯބަރު 2017
އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި
12 އޮކްޓޯބަރު 2017

ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި

12 އޮކްޓޯބަރު 2017
ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި
10 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން މާނޭ ހަ ހަފްތާ އަށް ކުޅުމާ ދުރަށް

10 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން މާނޭ ހަ ހަފްތާ އަށް ކުޅުމާ ދުރަށް
30 އޯގަސްޓު 2017

ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި

30 އޯގަސްޓު 2017
ގްރީން ސްޓްރީޓްގެ ކެޕްޓަން ފަރޭ ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް