Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޫނިއަރ ކޮލެޖުގެ މަސައްކަތް

ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުން ބިނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2023 | ބުރާސްފަތި 12:13
ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖު

ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖު

ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީ ބުނީ ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައިވާ ކަމަށާއި، ޕްރޮޖެކްޓްގެ މިހާހިސާބަށް އައިއިރު ކޮންކްރީޓް މަސައްކަތްތައް މުޅީން ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މިމަޝްރޫއާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ސިނާއީ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމާއި މިފަދަ އިންސްޓިޓިއުޓަކުން ޒުވާނުނުންނަށް އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަނގަޅު މަސައްކަތުގެ ތައުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ ޒުވާން އާބާދީއަށާއި ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން މޮޑެލްތަކުގައި ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.

ދިއްދޫގައި މި އެޅޭ ޖޫނިއަރ ކޮލެޖަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުޙިއްމު އަމާޒެއް ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ. އަދި ދިއްދޫގައި މި ޤާއިމު ކުރެވޭ ޖޫނިއަރ ކޮލެޖުން ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ވީއެންމެ އަވަހަކަށް ފަހިވެގެންދާތަން އެންމެނަށް ފެނިގެން ދިއުމަކީ އެމަނިކްފާނުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!

02 ނޮވެމްބަރު 2017
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

21 ސެޕްޓެމްބަރު 2017
މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

22 ޖުލައި 2017
އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު